ރޭ ކުޅުނު ސުޕަ ކަޕް ފައިނަލް މެޗުގައި ޕެނަލްޓީ އިން ޗެލްސީ ބަލިކޮށް، ލިވަޕޫލް އިން ޗެމްޕިއަންކަން ހޯދި މެޗުން ގިނަ ބައެއްގެ ލޯތަކުގައި އަޅައިގެންފައި ވަނީ މެޗުގެ ރެފްރީއެވެ. އެއީ މިފަދަ ފައިނަލް މެޗުތަކުގައި އާއްމުކޮށް ފިރިހެން ރެފްރީ އިން ތިބޭ އިރު، ރޭގެ މެޗުގައި އަންހެން ރެފްރީ އެއް ހުރުމުގެ ސަބަބުންނެވެ.

ރޭގެ މެޗަކީ ހާއްސަ ރެއެއް ކަމުގައި ވާއިރު، ޔޫރަޕްގެ މަތީ ފަންތައިގެ ފިރިހެން މުބާރާތެއްގައި ސްޓެފަނީ ފްރެޕާޓް ރެފްރީކަން ކަން ކުރުމުން މެޗު ވަނީ އިތުރަށް ހާއްސަ ވެގެން ގޮސްފައެވެ. އެއީ މީގެ ކުރިން އެއްވެސް އަންހެން ރެފްރީ އަކު މިފަދަ މުބާރާތެއްގެ ރެފްރީކަން ކޮށްފައި ނުވާތީއެވެ.

ސްޓެފަނީ އަކީ އަންހެން ފުޓްބޯޅާގައި ނަން މަޝްހޫރު ރެފްރީ އެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ މަސް ތެރޭ އެމެރިކާ އިން ނެދަލޭންޑްސް ބަލިކޮށް ފީފާ ވޯލްޑް ކަޕް އުފުލައިލި ފައިނަލް މެޗުގައި ރެފްރީކަން ކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ސްޓެފަނީ

އެންމެ ފުރަތަމަ 2009 ވަނަ އަހަރު ފްރާންސްގެ ލީގު 3ގެ ފިރިހެން މެޗުތަކުގެ ރެފްރީކަން ކުރަން ފެށި ސްޓެފަނީ ވަނީ 2014 ވަނަ އަހަރު ލީގު 2 އަކަށް އަރައި، މި އަހަރުގެ ތެރޭގައި ލީގު 1ގެ މެޗުތަކު ގައިވެސް ރެފްރީކަން ކުރަން ފަށާފައެވެ.

ފްރާންސް އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ސްޓެފަނީ މިރޭގެ ރެފްރީކަން ކުރުން އެއީ ފެށުމެއް ކަމަށް ބަލައި، ކުރިއަށް ހުރި ޔޫރޮޕްގެ ބޮޑެތި މުބާރާތް ތަކުގެ ފައިނަލް މެޗުގައިވެސް އަންހެން ރެފްރީއިން ބޭނުން ކުރާނޭ ކަމަށް ބެލެވެއެވެ.