ފުރަތަމަ 11 ގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަަނާނަން ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓަށް ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރ ކުރިން ދެއްކެވި ވާހަކައިގެ ރާގު ބަދަލުކުރައްވާ، ދަނގަނޑޭގެ ދިފާޢުގައި ހުންނަން ކެރިވަޑައިނުގެން މިނިސްޓަރ މަހްލޫފް "ހަތިޔާރު ބަހައްޓައިފިއެވެ."
ރޭ މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަގަނޑޭ އަކީ ގައުމީ ޓީމްގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގަބޫލު ކުރާކަމަށާއި ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމް އާއި ރަސްމީކޮށް ހިއްސާކުރާނަން ކަމަށެވެ.
މިނިސްޓަރ މަހްލޫފްގެ އެޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ގައުމީ ޓީމް ނަގަން ކޯޗަށް އޮންނަ އިހްތިޔާރަށް ނުފޫޒު ފޯރުވަން މިނިސްޓަރ މަހްލޫފް މަސައްކަތް ކުރައްވަނީ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އެފާޑުކިޔުންތަކާއި ގުޅިގެން ކުރިން ދެއްކެވި ވާހަކަފުޅުގެ ރާގު ބަދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ ވަކި މީހަކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަގަން އެފްއޭއެމް އަށް އަދި ގައުމީ ކޯޗު ޕީޓާ ސެގާޓް އަށް މަޖުބޫރު ނުކުރާނެ ކަމަށެވެ.
"ޓީމު އެކުލަވާލުމުގެ ޒިންމާ އޮންނާނީ އެފްއޭއެމް އަދި ކޯޗު އަތުގައި" މަހުލޫފް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން މީގެ ކުރިން ފީފާ އިން ވެސް ވަނީ ސަރުކާރަށް އިންޒާރު ދީފައެވެ. އެއިންޒާރާއި ގުޅިގެން މިނިސްޓަރ މަހްލޫފް ވަނީ ކުރިން އެފްއޭއެމް އާއި ދެކޮޅަށް ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ދެއްކެވުން ހުއްޓާލާފައެވެ.
ފުޓްބޯޅަ އިދާރާތަކަށް ތިންވަނަ ފަރާތަކެއް ނުފޫޒެއް ވަންނަނަމަ ފީފާ އިން ވަރަށް ހަރުކަށި އަދަބު ދެއެވެ.
އޭ މަހްލޫފު، ކަލޭތަތީ ގައުމީ ޓީމު ކޯޗަކީ.... ކަލޭމެން ގައުމީޓީމުވެއް ހިންގަން ތިއުޅެނީ އެމްޑީޕީގެ ގައުމީ މަޖިލިސް ހިންގާ ފާޑައް. މިހާރުހުރި ގައުމީ ކޯޗު ކަމުނުދަންޏާ އެމްޑީޕީގެ ގައުމީ މަޖިލިހުން ގައުމީ ޓީމައް ކޯޗުކަން ކޮއްދޭންވީނު....
ތިގޮތަކަށް ބިރެއް ނުދެއްކޭނެ. ކުރެވިދާނެކަމަކީ ސްޕަރ މެޖޯރިޓީ މަޖްލހުން ފާސްކުޜޭ ގައުމީޓީމަށް ކުޅުންތެރިން ސްޕޯޓްސް މިނިސްޓަރު ނަގާގޮތަށް. ކޯޗުގެ މަތިން އަމުރުކުރަން ނަޝީދު (އަންނި) ހުންނަގޮތަށް. ދެން އިބޫ ލައްވާ ކޮމިޓީއެއްހަދާނީ ވާނުވާ ބަލަން. މުބާރާތް ނިމުނީމަ އާޒިމް ލައްވާ މިލިޔަނުން ބަދަލުހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާނީ. މިއީ ކުރެވިދާނެ ގޮތެއް. މަހލޫފް ބޭނުން ގޮތެއް ނުހެދޭނެ. މިއީ އެންމެންގެވެސް ގައުމު. މޮޔަނުވޭ
މިކަން ސިޔާސީކުރަންނޫޅޭ! ޙަޤީޤަތަށް ބަލާ! ޒުވާންކުއްޖެއްގެ ހިތްވަރާއި ފަންވަރާއި ބުންވަރު ދަގަނޑޭގެ ހުރިކަމުގައިވާނަމަ، 34 އަހަރުވުމަކީ ބަލަންވީއެއްޗެއްނޫން. ހަމަގައިމުވެސް ދަގަނޑޭކިބައިގާހުރި ތަޖުރިބާއެއް ފަހަތުންއަރާ ޒުވާނެއްގެކިބައިގަ ނުހުންނާނެ. ކޮންމެކަމެއްގައިވެސް ތަޖުރިބާއަކީ ކާމިޔާބީއަށް މުހިންމުއެއްޗަކަށްވޭ!
ޙަޤީޤަތަށް ވިސްނާފަ ނިންމުމެއްނިންމާ!
ބޮޑު ވަގަކު އިޚުލާސްތެރި މީހެއްގެ ދިފާޢުގައި ނުނުކުންނާނެ!
ސަލާމަތެއް ނެތެއްނު...
މި ދިވެހިންނަށް ރަނގަޅު ހަމަ އެއްގޮތެއް ވެސް ނޯވޭ
މަހޭ އިސްތިއުފާ ދީގެން ނޫނީ އެފްއޭއެމް ބެލެންސް ކުރަން އުނދަގޫ ވާނެއެވެ މަހޭއަކީ ކުޅިވަރު ކުރިއަރުވަން ކަމުދާ މީހެއްނޫނެވެ ސަރުކާރަށް ވައި ޖަހަން ރަނގަޅު ގޮލައެކެވެ.
އަމިއްލަ ހިޔާލެއް ފާޅުކުރުމާއި އަނެކާއަށް އޮންނަ ހައްގެއް އެމީހަކަށް ދިނުމަކީ ހަތިޔާރު ބެހެއްޓުން ކަމަށް ވަނީ ކޮން ދީނެއްގެ ނުވަތަ ކޮން ގާނޫނެއް ގަވައިދެއްގެ ދަށުންކަން ހިމަނާލިނަމަ ހަބަރު ފުރިހަމަވިސް.
ކުފޫ ހަމަނުވާ ޒާތުގެ މީހުން ބޮޑެތި ފުޅާ މަޤާމުތަކަށް ލީމަ ވާނެ އެ ކަހަލަ ހުރިހާ ކަމެއް! މަހުލޫޓު ރަނގަޅު ވާނެ ރޮޒައިނާއާ ޒުވާބު ކުރަން ބަހައްޓަން!. ބަތްކައްކާ ކުޅެން އުޅޭ ޒާތު ސޮރެއްނުން މަހުލޫޓަކީ! އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކާ މައްސަލަ ޖެހިގެން! މަ ހިތަށް އަރާ ނަޒުރާ އަށް ކެތްވޭ ބާއޭ! އަބަދުވެސް ތުން ބޮޑާ ކޮށްގެން އުޅޭނި! ތަސައްރަފު ނުފުދޭ ޕޯ...... ސްޓާރެެެއް އެއީ
އޭ މޭން ކައެ މެން ކޮންމެސް އެކައްޗެއް ކިޔަން ވީނު
ބައްލަވާ މަޚުލޫފް ޓީމް ނަގާނީ ކޯޗު. ވަޒީރެއްނޫން.
ނަސީބެއް އަސްލު ސައިޒަށް ރުޖޫއަވިކަން.
އަމީރު މަގު ދޯ!
ތި ދަނގަޑޭ އަކާހެދީ ިއިތުރު މީހަކަށް ގައުމީ ޓީމުން ޖާގަ ެއެއް ވެސް ލިބެން ނެތް