އއ. މަތިވެރީގައި ކުރިއަށް ގެންދާ ރައުޗް ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގެ ފައިނަލް މެޗު ވަގުތު ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މަތިވެރީ ފުޓްސަލް އެރީނާގައި މިރޭ ކުރިއަށްދާ ފައިނަލް މެޗުގައި ވާދަކުރާނީ އެފްޓީ ވޭލިއަންޓާއި އާރްބީޖީއެވެ.

މިރޭ 9:00 ގައި ފައިނަލް މެޗު ފެށިގެންދާއިރު، މެޗުގެ ލައިވް ވަގުތު ޕޭޖު މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެއެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މިފަހަރުގެ މުބާރާތްވެސް ފޯރިގަދަކޮށް ފާހަގަކޮށްލެވޭއިރު، މިރޭގެ ފައިނަލްވެސް ތަފާތު ވެގެންދާނެއެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިން މިރޭގެ މެޗުގައި ފެނިގެންދާނެއެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. އެ މުބާރާތަކީ މަތިވެރީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.