ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ލޯބީގެ ގޮތުން މީހުންނާއި ގުޅިގެން އުޅޭނެކަމީ އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް، މިއީ ފުޓްބޯޅައިގެ ތެރެއިން ހިނގި ލޯބީގެ ހާދިޘާ އަކަށް އިޓަލީގެ މާފިއާ ވެސް ވަންނަން އުޅުމުން އިތުރަށް މަޝްހޫރު ވެގެން ގޮސްފައިވާ ވާހަކަ އެކެވެ.

މެކްސީ ލޯޕޭޒް އޭ ބުނުމުން ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް، މައުރޯ އިކާޑީ އޭ ބުނުމުން އެއީ ކާކު ކަން ފުޓްބޯޅަ ބަލާ ހުރިހާ ފަރާތްތަކަށް ވެސް އެނގޭނެއެވެ. ނަމަވެސް، އިންޓަ މިލާން އަށް ކުޅެމުން އަންނަ، އަދި އެ ކްލަބުގެ ކެޕްޓަން ބޭންޑުވެސް އަޅަމުން އަންނަ އިކާޑީގެ ލޯބީގެ ވާހަކަ އެނގޭ ހެއްޔެވެ؟

އިކާޑީ އާއި ލޯޕޭޒް

މެކްސީ ލޯޕޭޒް އާއި މައުރޯ އިކާޑީ އަކީ ވެސް އާޖެންޓީނާއަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. 2012 ވަނަ އަހަރު އިޓަލީގެ ކްލަބެއް ކަމުގައިވާ ސަމްޕްޑޯރިއާއަށް ކުޅުމުގެ ތެރޭގައި މި ދެ ކުޅުންތެރިން ވަނީ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށް ވެފައެވެ. ނަމަވެސް، މައުރޯ އިކާޑީ ވަނީ އޭނާގެ ރަހުމަތްތެރިޔާ އަދި ޓީމް މޭޓް މެކްސީ ލޯޕޭޒްގެ ބޮލަށް ފައިން އެރުމަށް ފަހު އޭނާގެ އަނބި މީހާ އާއި ކައިވެނި ކޮށްފައެވެ.

މިކަން ހިނގަން މެދުވެރިވީ މެކްސީ ލޯޕޭޒްގެ އަންހެނުން ކަމުގައިވާ، ވަންޑާ ނާރާގެވެސް ސަބަބުންނެވެ. 2008ވަނަ އަހަރު ވަންޑާ އާއި މެކްސީ ލޯޕޭޒް ކައިވެނި ކުރުމަށް ފަހު ލޯބި 3 ކުދިންވެސް ލިބިފައި ވާއިރު، 2012 ވަނަ އަހަރު މައުރޯ އިކާޑީއައި ފަހުން އޭގެ އަނެއް އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ.

އިކާޑީ ކިޔައިދިން ގޮތުގައި އެކަން ހިނގަން މެދުވެރިވީ އޭނާ އެމެރިކާއަށް ޕްރީ ސީޒަން ޓުއާއެއްގައި ޓީމާއެކު ފުރަން އުޅެނިކޮށް އިކާޑީގެ އެންމެ ގާތް ރަހުމަތްތެރިޔާ މެކްސީ ލޯޕޭޒްގެ އަންހެނުން، ވަންޑާ މެސެޖު ކުރުމުންނެވެ. ވަންޑާ މެސެޖު ކޮށްފައި އިކާޑީ ގާތު އެދުނީ އެމެރިކާއިން އަންނަ އިރު އޭނާ އަށް އެޕަލް އައިޕެޑެއް ގެނެސްދިނުމަށެވެ. މިހެން ބުނުމުން އިކާޑީގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެއީ އޭގެ ކުރިން އެ ދެމީހުން މެސެޖު ކޮށްގެން ވާހަކަވެސް ދައްކާފައި ނުވާއިރު، އެ ދަތުރުގައި ވަންޑާގެ ފިރިމީހާވެސް އިކާޑީ އާއި އެކު ދާއިރު، އިކާޑީ ގާތު އެކަން ކޮށްދޭން ބުނުމުންނެވެ.

ކޮންމެއަކަސް، އިކާޑީ މިކަމުގެ މާނަ ނެގީ އެހެން ގޮތަކަށެވެ. އޭނާ ގަބޫލު ކުރި ގޮތުގައި ލޯޕޭޒްގެ އަންހެނުން އިކާޑީ ބޭނުންވީއެވެ. އެމެރިކާއިން ތަމްރީންތަކަށް ފަހު އެނބުރި އިޓަލީއަށް އައިސް އިކާޑީ އަވަސްވެގަތީ އައިޕެޑް ހަވާލު ކުރުމުގެ އުޒުރުގައި ވަންޑާއާއި ދިމާ ކުރާށެވެ. އޭރު އިކާޑީ ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަށް ބޭވަފާތެރިވާން ތައްޔާރަށެވެ.

މިކަމަށް ފަހު އެ ދެމީހުން މެކްސީ ލޯޕޭޒްއަށް ވަގަށް ގަވައިދުން މެސެޖު ކުރަމުން ގެންދިޔައެވެ. އަދި މެކްސީގެ އެކުވެރިން ދިޔަ ދަތުރަކަށް ވަންޑާ ވަނީ އިކާޑީއަށް ދައުވަތުވެސް ދީފައެވެ. އެ ދަތުރުގައި އެމީހުން ގުޅުން ބަދަހިކޮށްފައި ވާއިރު، އޭގެ ދުވަސްކޮޅެއް ފަހުން ވަންޑާވަނީ މެކްސީ ލޯޕޭޒް ކައިރިން ވަރިވެ، ވަގުތުން އިކާޑީ އާއި ލޯބީގެ ގޮތުން ގުޅުނުކަން ހާމަ ކޮށްފައެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އެ ދެމީހުންގެ ކައިވެނިވެސް ކުރެވިގެން ދިޔައެވެ.

އިކާޑީ ކަނާތް ފަޅިން. މެކްސީ އަދި ވަންޑާ ވާތް ފަޅިން. މިއީ މި ގުޅުން ބަދަހި ކުރި ދަތުރު

އެ ހިސާބުން މައުރޯ އާއި ވަންޑާގެ ވާހަކަ ނިމުނީ އެއް ނޫނެވެ. އިކާޑީ ވަނީ ނޫސްވެރިންގެ ކުރިމަތީގައި ލޯޕޭޒްގެ ދޮގު ވާހަކަތައް ފަތުރައި، ލޯޕޭޒް ވަންޑާއާއެކު ހޯދި 3 ކުދިންގެ ޓެޓޫވެސް އޭނާގެ އަތަށް ޖަހައި، އެއީ އޭނާގެ އަމިއްލަ ދަރިންގެ ގޮތުގައި ކަނޑަ އަޅާފައެވެ.

މެކްސީ ލޯޕޭޒްއަށް އޭނާގެ އަމިއްލަ ދަރިން ފެންނަނީ އަހަރަކު އެންމެ 2 ފަހަރު ކަމުގައި ވާއިރު، ފޯނުން ވާހަކަ ވެސް ދައްކާލެވެނީ މަދު ފަހަރަކުއެވެ. އެ ކުދިންގެ ބައްޕަ ނުފެންނަ ކަމުން ކުދިން އެ ސުވާލު ކުރި ނަމަވެސް، ވާނުވާ އެނގޭ ވަރަށް ވުރެން އެ ކުދިން އަދި މާ ކުޑައެވެ.

މި ހާދިޘާ ތަކަށްފަހު އިޓަލީގެ ގޭންގެއް ކަމުގައިވާ ސިސިލިއަން މާފިއާއިން ވަނީ އިކާޑީގެ ކިބައިން ބަދަލު ހިފަން ނިންމައި، އޭނާގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެނައުމަށް ނިންމާފައެވެ. ނަމަވެސް، މެކްސީ ލޯޕޭޒް ވަނީ އެކަން ނުކުރުމަށް އެދިފައެވެ. މެކްސީ ލޯޕޭޒް އަތުގައި އިޓަލީގެ ޕާސްޕޯޓްވެސް އޮންނަ އިރު، އިޓަލީގެ މާފިއާ އަކީ މީހުން މެރުމާއި، ޑްރަގްސް އާއި އެފަދަ ކުށްތައް ކުރުމައި ވަރަށް މަތީގައި އުޅޭ ބައެކެވެ.

އިކާޑީ އޭނާގެ އަތަށް ލޯޕޭޒްގެ ދަރިންގެ ޓެޓޫ ޖަހާފައި

މެކްސީ ލޯޕޭޒް އާއި އިކާޑީ އާއި ދެމެދު ހިނގި މި ހާދިޘާ އަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު އެއް ބޭފަވާތެރިވުމުގެ ހާދިޘާ ކަމުގައި ވާއިރު، އިކާޑީގެ ގިނަ ސަޕޯޓަރުންނަށް އޭނާގެ ހަގީގަތެއް ނޭނގެއެވެ. ނަމަވެސް، މިކަމުގެ ހަގީގަތް އެނގޭ މީހުން އިކާޑީއަށް އެއްވެސް ހެވެއް ނޭދޭކަން ފާހަގަކޮށްލެވެއެވެ. އަދި މިކަން ހިނގުމުގައި މެކްސީ ލޯޕޭޒްގެ އަންހެނުންގެ ކުށްވެސް އިކާޑީ އެކޭ އެއްވަރަށް އެބައޮތެވެ. އިކާޑީ އާއި ވަންޑާ އުފަލުގައި އުޅެމުން އަންނަ އިރު މެކްސީ އަށް ވަނީ ކަރުނަ އަޅައި ރޯން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ށިމާ

    ގޯލްޑް ޑިގަރ

    26
  2. މީމު

    މީތާ މެސީ މީ ނަދެކެ ރުޅިއަ ންނ ނަސަބަބަކީ

    13
  3. ތިއޭ އެއްކަލަ

    ހުރިހާ ކަމެއްގެ ނުބައި މި އަންހެނުން

    17
    4
  4. ހުސޭނުބޭ

    މެކްސީ ލޯޕޭޒްގެ ބޮލަށް ފައިން އެރުމަށް ފަހު އޭނާގެ އަނބި މީހާ އާއި ކައިވެނި ކޮށްފައެވެ.......... ހާދަ މާނަ ފުން އިބާރާތެކެވެ. ހާދަހާ ވޭނެއް އަޅާނެތާއެވެ.

    8
    1
  5. ޑެލް ޕިއޭރޯ

    ތިއީ ރަހުމަތްތެރިއެއްނޫން. ކެހިވެރި ވަގެއް.

    10
    1