ދިވެހި ފުޓުބޯޅަ ތާރީހު ދުތް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަކީ މި ސަރަހައްދުގެ ފުޓުބޯޅައިގައި ރަސްކަން ކުރި ފޯވަޑެކެވެ. އޭނާގެ ނަމަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ނަމެއް ނޫނެވެ. ދުނިޔޭގެ ލެވެލްގައިވެސް ފާހަގަކޮށްލެވު ދަގަނޑޭއަކީ ދިވެހި ރާއްޖޭގެ ނަން، ރަން އަކުރުން ފަވާލަދިން ބަތޮލެކެވެ.

ރާއްޖެއިން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅުމަށް ތައްޔާރުވަމުންދާއިރު، އެންމެ ގިނައެއްގެ ޝަކުވާއަކީ ދަގަނޑޭ ސްކޮޑުގައި ނުހިމެނުމުގެ ޝަކުވާއެވެ. ރާއްޖޭ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީވެސް ދަގަނޑޭ ކަމަށްވާއިރު، އޭނާ ޓީމަށް ނުނެގީ ކޮން ސަބަބަކާ ހުރެތޯ ކޯޗު ސެގަޓާ އެތައް ބަޔަކު ސުވާލުކުރަމުންދެއެވެ.

ގައުމީ ޓީމުގެ ކޯޗު، ޕީޓާ ސެގަޓާއި ދަގަނޑޭއާ ދެމެދު ނުތަވަސްކަން އުފެދުނީ މިދިޔަ އަހަރު ތެރޭގައެވެ. އެވާހަކަތައް އެތައް ގޮތަކުން ދެއްކިއްޖެއެވެ. ދަގަނޑޭއަށް ސާފް ޗެމްޕިއަންޝިޕެއް ގެއްލި، މާފަށްވެސް އެދުނުއިރު، އެ މައްސަލަތައް ހައްލުވީ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގެ މުހިއްމު ދެ މެޗަކަށް އެކުލަވާލި ސްކޮޑުގައިވެސް ދަގަނޑޭ ހިމަނާފައެއް ނުވެއެވެ. ކޯޗު ބުނެފައި ވަނީ ދަގަނޑޭ ނުހިމެނީ އުމުރުން މާ ދޮށިވުމުން ކަމަށެވެ.

ދަގަނޑޭއާއި މުހައްމަދު އާރިފް (ބަކާ)އަށް އިޝާރާތްކޮށް ކޯޗު ބުނީ، ވޯލްޑް ކަޕް ކޮލިފިކޭޝަން ނިމޭއިރު، އެދެކުޅުންތެރިންވެސް ތިބޭނީ އުމުރުން 38 އަހަރު ވެފައި ކަމަށެވެ. އެކަމުގެ ތެރެއިން ކޯޗު ބުނީ ސްކޮޑަށް ނުނެގުމުން ބަކާ ގުޅިކަމަށެވެ. އެކަމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، ބަކާ ވަނީ އެކަން ދޮގުކޮށްފައެވެ. ކޯޗަށް ބަކާ ކުރި ކޯލެއްގެ ވާހަކަވެސް ފުޓުބޯޅަ އާއިލާގެ ތެރޭގައި ދެކެވެމުންދިޔަ ދަނޑިވަޅެއްގައި ދަގަނޑޭގެ ފޭން ބޭސްއަށް މީސް މީޑިއާ މެދުވެރިކޮށް ދައްކާލީ ފޮޓޯގައި ދަގަނޑޭ ފެންނަނީ ފޯނެއްގައި ހުންނަ ތަނެވެ.

އޭގެ ފަހުން ދެންވެސް ދަގަނޑޭ އަޕްލޯޑު ކުރަމުންދާ ފޮޓޯތައް ކުރިއާ ތަފާތެވެ. އޭނާގެ ރަން ދުވަސްތައް، ގައުމަށް ހޯދައިދިން ރަން ފަހުރުތަކުގެ ހަނދާން އާކޮށްދޭ ކަހަލައެވެ. ރާއްޖޭގައި އުފެދުނު އެންމެ ލެޖެންޑަރީ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދާއި، މުހައްމަދު އުމައިރު ދައްކައިދިން ފޮޓޯއެއްވެސް މި ދޭތެރެއަކުން ލާފައިވާއިރު، އެ ފޮޓޯގައިވާ އުމައިރަކީވެސް ސެގަޓް ޓީމަށް ނަގާފައިނުވާ ކުޅުންތެރިއެކެވެ.

މިއަދުގެ ވަގުތެއްގައި ދަގަނޑޭ ލާފައިވާ ފޮޓޯއަކީ، ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބު، މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކުޅުނު ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންއާއި އެ ކްލަބުގެ ފްރާންސް ގޯލްކީޕަރު، އަދި ފްރާންސް ގައުމީ ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެވެ. އެ ފޮޓޮއަކީ ޕްރި ސީޒަން ކޭމްޕެއްގައި ޓޮޓެންހަމް މެލޭޝިއާއަށް ދިޔަ ދަތުރުގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.

މެލޭޝިއާ ލީގުގައި ދަގަނޑޭ ވިދާލިއިރު، އޭނާއަކީ މެލޭޝިއާ ލީގުން ހޮވާލެވުނު ގަދަ 11ގެ ފޯވަޑެވެ. އެ މެޗުގައި ޓޮޓެންހަމްއާ ދެކޮޅަށް އެންމެ ވަރުގަދަ ކުޅުމެއް ދެއްކީވެސް މި ކުޑަކުޑަ ރާއްޖެއަށް ނިސްބަތްވާ ދަގަނޑޭއެވެ.

ކުރީގެ ހަނދާންތައް އާކޮށްދިނުމަށް ދަގަނޑޭ ލަމުންދާ ފޮޓޯތަކަށް ކުރިއަށްވުރެ ބޮޑު ސަމާލުކަމެއް ހުއްޓެމުންދާއިރު، ކޯޗާ ދެކޮޅަށް ގިނަ ދިވެހީން ދަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހްމަދު

    ދަނގަޑޭގެވާހަކަދެންދައްކާނެކަމެއްނެތް ކޯޗުގެނިންމުންބަދަލުކުރާގޮތސކަށްނޫން ކޯޗްއެހެރީކީ ބައްސާމަކަށްނުކެރޭނެކޯޗައްނުފޫޒުފޯރުވާކަށް އެހެންވީމަ ތިޔަވާހަކަދެއްކުމުގެބޭނުމެއްނެތް ސަޕޯޓަރުންކިތަންމެބޭނުންވިނަމަވެސް ކުރެވޭނެކަމެއްނޯންނާނެ

    21
    4
  2. ޕޮގުބާ

    ސައުގުވެރި ކަމެއްނެތް

    8
    14
  3. ކައްޑޭ

    ދަގަނޑޭ ނެއްދުވަހަކުން ގައުމީ ޓީމް ކުަޅޭނީ ކިހިނަކުންތޯ؟

    26
    3
  4. އަލީ

    ކޯޗު ބަދަލް ކުރުމަށް މުޒާހަރާއަކައް ނުކުންނަންވީ!! މުޒާހަރާ ކުރުމުން ސަރުކާރައް ލިބެންޖެހޭ މެސެޖް ފޯރާނީ. މިކަން ކުރުމައް ވަގުތައް ގޮވާލަން.

    34
    13
  5. ަާރި

    އަހަރެން ބޭނުން ވަނީ މިހާރުން މިހާރަށް ދަގަނޑޭ މި ޓީމަށް ނަގަން.ދަގަނޑޭ ނުލާ ކުޅޭ ކޮންމެ މެޗަކުން ބަލިވާ ކޮންމެ ފަހަރަކު އެފްއޭއެމް އިން އެ ކަމުގެ ޒިންމާ ނަގަން ޖެހޭނެ.ނިއުރޭޑިއެންޓް ހަލާކު ކުރި ގޮތަށް އެފްއޭއެމްއަށް ގައުމީ ޓީމު ހަލާކު ކުރުމަށް އަހަރެން ފުރުސަތެއް ނުދޭނަން.ދިވެހިންގެ ލެޔާ ނުކުޅެއްޗޭ!މީ އެފްއެމްއަށް ދޭ އިންޒާރެއް!!!!

    29
    10
  6. ކެއްނުވެގެން

    ދަގަނޑޭ ގައުމީ ނެގުމަށްޓަކާއި މުޒާހަރާ ކުރަން ފެނޭ .

    30
    7
  7. ދޮންބެ

    ދަގަނޑޭ އަކީ އަހަރެން ވެސް ވަރަށް ސަޕޯޓް ކުރާ ކުޅުންތެރިއެއް، ނަމަވެސް ކޯޗް މޮޑުނު މަސްހުނި ގަނޑު ވަރަށް ކަމުދޭ??

    3
    17
  8. މީހާ

    ދަގަނޑޭ މޮޅީމަ ކޯޗް ހަސަދަވަނީ..... އަފްޣާން ކޮޅަށް މާގިނަގޯލް ޖެހީމާ އެކަމާ ކަޑަވަނީ

  9. ާައަސްލަމް

    މީހޭބަލިވެގެން އުޅޭމީހެއް

    1
    2