ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ.

މިރޭ އޮންނަ ފައިނަލްގައި ވާދަކުރާނީ އޯކޭ ބޯއީޒްއާއި ވައިޕާސްއެވެ.

މުބާރާތުގެ ފައިނަލަށް ވައިޕާސް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުގައި 3-0ގެ ނަތީޖާއަކުން ނިއު ޔަންގް ސްޕޯޓްސް ބަލިކޮށްފައެވެ. ރޭ ކުޅުނު ފޯރިގަދަ މެޗުގައި ގައިޝާން އަބޫބަކުރު (ވީއައިޕީ) މޮޅު ކުޅުމެއް ދައްކާ ފައިނަލަށް ގެންގޮސްދިންއިރު، ސެމީގެ އަނެއް މެޗުގައި އޯކޭ ބޯއީޒްއިން ވަނީ ޕްރިޑޭޓާސް ބަލިކޮށްފައެވެ.

އޯކޭ ބޯއީޒްއިން 4-0ގެ ނަތީޖާއަކުން ޕްރިޑޭޓާސް ބަލިކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު އައްޒާމްއެވެ. އައްޒާމްއަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެއްގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބުގައި އައްޒާމް މޮޅު ކުޅުމެއް ދައްކަމުންދާއިރު، ދޭތެރެއަކުން ގައުމީ ޓީމަށްވެސް އޭނާ ކުޅެފައިވެއެވެ.

މިރޭ 9:00 ޖަހާއިރު، އޮންނަ ފުޓްސަލް ފައިނަލް ޔެސް ޓީވީން ލައިވް ކުރާއިރު، ގާފަރު ކޮމިއުނިޓީ ޕޭޖުންވެސް އެ މެޗު ލައިވް ކުރާނެއެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަސްލަމް

    ހއ ދިއްދޫ ގަ ބޭވި މުބާރާތް ނަމޫނާއަކަށް ބަލައިގެން ފައިނަލްމެޗް ކުޅެންވާނީ