ގައުމީ ފުޓުބޯޅަ ޓީމުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް، ސްރީލަންކާގައި ކޭމްޕް ކޮށްފައިވާއިރު، ޓީމަށް ނެގި ކްލަބު އީގަލްސްގެ ދެކުޅުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން އާއި އަލީ ފާސިރު (ސެންޓޭ) ޓީމާއެކު ދަތުރުކޮށްފައެއް ނުވެއެވެ.

ޓީމަށް މުހިއްމު ދެކުޅުންތެރިންވެސް ތަމްރީނު ކޭމްޕަށް ގޮސްފައިނުވާއިރު، އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޓީމުން ގުއާމްއާ ދެކޮޅަށް އެގައުމުގައި ކުޅެން ޖެހޭ މެޗަށް ވިސާ ޖެހުމަށް ލަންކާއަށް ދިޔައިރު، މެލޭޝިއާގައި ކުރަން އޮތް ކޭމްޕް ލަންކާއަށް ބަދަލުކުރީވެސް ވިސާ ޖެހުމަށެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް ރިޒޭއާއި ސެންޓޭ ނުދިޔަ ސަބަބާ ގުޅިގެން އެފްއޭއެމްއިން ބުނީ، ދެކުޅުންތެރިންވެސް ދިޔައީ "އަމިއްލަ ސަބަބުތަކަކާ" ހުރެގެން ކަމަށެވެ.

" ދެކުޅުންތެރިންވެސް ޓީމަށް ނަގާފައި ކޯޗު އޮތީ. އެކަމަކު އަމިއްލަ ސަބަބުތަކެއް ދިމާވެގެން ނުދެވޭނެ ކަމެއް އަންގާފައި އޮތީ. އަނިޔާގެ އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ފާހަގެވެފައެއް ނެތް،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "ވަގުތަށް" ވިދާޅުވިއެވެ.

ސެންޓޭ އަމިއްލަ ރަށުގައި ބޭއްވި ލެވިއެސްޓާ ކަޕުންވެސް ފެނިފައިވާއިރު، ޔަގީނުންވެސް ހުރީ އަނިޔާގައި ނޫންކަން އެނގެއެވެ.

ގައުމީ ޓީމުގެ ސްކޮޑުގެ މައްސަލަ ހޫނުވެފައިވާއިރު، އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑަށް ނުނެގުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޓީމާއެކު ދެކުޅުންތެރިންވެސް ދަތުރުކުރި ސަބަބު ހޯދާލުމަށް ދެކުޅުންތެރިންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޜ

  ރަނގަޅަށް ތިހަދަނީ. ނުޖިހޭ ދާކަށް ދަގަނޑޭ ބަހައަޓާފަ.

  17
  3
 2. ސދފ

  ބަރާބަރު.
  ގައުމުގައި ހުރި އެއްމެ މޮޅު ކުޅުންތެރިޔާއަށް ކޯޗް ނުކުރި އިހްތިރާމެއް ތިއިން އެއްވެސް ކުޅުންތެރިޔަކަށް ނުކުރާނެ. ވީމާ އޭނާގެ ފަހަތުން އުޅުމުގެ ބޭނުމެއް ނެތް.
  އަދި ތިޓީމްގެ މޯޓިވޭޝަން ގެއްލިފައި އޮތް އޮތުން ބޫސްޓް ކުރަން ދަނގޭ ނަގަންޖެހުނު ފަހަރު އެކަން ނުކުރީމާ ކުޅުންތެރިންވެސް މާޔޫސްވެ ތިބެ ކުރެވޭނެ ކަމެއް ނޯންނާނެ

  15
  2
 3. ދުބާއީ

  ޓީމާއެކު ދެކުޅުންތެރިންވެސް ދަތުރުކުރި ސަބަބު ހޯދާލުމަށް ދެކުޅުންތެރިންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ

  9
  1