ގިނައިން ސިނގެރޭޓް ބޯ ކޯޗެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީއަށް ނިއުމޯނިއާ ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 60 އަހަރުގެ ސާރީއަކީ ސިނގިރޭޓް ބޯ ކޯޗެއްގެ ގޮތުގައި މަޝްހޫރު ކޯޗެކެވެ. މިދިޔަ ސީޒަންގައި ޗެލްސީއަށް ކޯޗުކަން ކޮށްދިންއިރު، މެޗު ތެރެއިންވެސް އޭނާ ފެންނަނީ ސިނގިރޭޓް ފިލްޓަރު އަނގަޔަށް ލައިގެން ހުންނަތަނެވެ. މިދިޔަ ހޯމަ ދުވަހު ޔުވެންޓަސްއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ސާރީ ފެނިފައިނުޥާއިރު، އޭރު ގިނަ ބަޔަކު ހީކޮށްފައި ވަނީ ސާރީއަށް ރޯގާ ޖެހިގެން ނުފެނުނު ކަމަށެވެ.

އެހެން ނަމަވެސް ރޭޭ ޔުވެންޓަސްއިން ބުނެފައި ވަނީ ސާރީއަށް ނިއުމޯނިއާ ޖެހިގެން ފަރުވާ ދެމުންދާ ކަމަށާއި، އެ ކްލަބުން ސީޒަންގައި ފުރަތަމަ ކުޅޭ މެޗުގައި ސާރީ ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސީޒަންގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ޕާމާއާ ދެކޮޅަށް ނުކުންނައިރު، ސާރީ ވަނީ މިދިޔަ ސީޒަންގައި ޗެލްސީއާއެކު ޔޫރޮޕާ ލީގު އުފުލާލާލަފައެވެ.