އާޖެންޓީނާގެ ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަހުސަކީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބަހުސެވެ. އެންމެ ޒަމާންވީ ބަހުސްވެސް މެއެވެ. ބާސެލޯނާގެ ކެޕްޓަން މެސީއާއި ރޮނާލްޑޯގެ ތަފާތުތައް ބޮޑު ނަމަވެސް، ނަތީޖާ ދައްކައެވެ. މެސީއަކީ ގުދުރަތީ ހުނަރެއް ލިބިފައިވާ ކުޅުންތެރިޔަކަށްވާއިރު، ރޮނާލްޑޯއަކީ އެންމެ ބޮޑަށް މަސައްކަތް ކުރާ ކުޅުންތެރިޔާއެވެ.
ދެ ކުޅުންތެރިންވެސް ފަސް ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާއިރު، އަމިއްލައަށް ކަންކަމަށް ރިއާޔަތްކޮށް އެ ދެކުޅުންތެރިންގެ ތެރެއިން މޮޮޅީ ކޮން ކުޅުންތެރިއެއްކަން ބުނަން އުނދަގޫވާނެއެވެ. އެހެން ނަމަވެސް ބެލްޖިއަމްގެ ސައިންސްވެރިންތަކެއް އެކުވެ، އެ ދެކުުޅުންތެރިންގެ އިތުރުން މުޅި ދުނިޔޭގެ ހުރިހާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއެއް ކަނޑައަޅާނެ ފޯމިއުލާއެއް ވަނީ ތައާރަފް ކޮށްފައެވެ.
ޕާ ސްޕޯޒާގެ ޕްރޮފެސާ ކޭޔޫ ލިއުވޭން ޔުނިވާސިޓީންގެ ސައިސްޕޯޓްސް ފޯމިއުލާއަކީ ވަލުއިން އެކްޝަންސް ބައި އެސްޓިމޭޓިން ޕްރޮބެބްލިޓީސް، (ވީއޭއީޕީ)އެވެ. ފޯމައުލާއިން ކުޅުންތެރިންގެ އުމުރާ، މެޗުތަކުގެ ހުރިހާ ކަމަކަށް ބަލައެވެ. އެޓޭކާއި ޑިފެންސިވްލީ ކުރާ މަސައްކަތްވެސް ބަލައެވެ.
ޕްރޮފެސާ ޖެސީ ޑޭވިސް ބުނެފައި ވަނީ ގޯލް ޖެހުމާ އެސިސްޓް ކުރުމަކީވެސް ހަމައެކަނި މެޗެއްގައި ހިނގާނެ ކަންތައް ނޫން ކަމަށާއި، އެއް ކުޅުންތެރިއެއްގެ ފަރާތުން މެޗެއްގައި ގާތްގަނޑަކަށް 16000 ކަންތައް ހިނގާނެ ކަމަށެވެ. އަދި ޔުނިވާސިޓީގެ ފޯމިއުލާއިން ޕާސްތަކާ، ނެއްޓުންތަކާ، ޓެކްތަކާ ހުރިހާ އެއްޗެއް ރޭޓްކޮށް ކަލްކިއުލޭޓް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަތީޖާއަށް ބަލަމާ ހިނގާށެވެ. 2013-14 ވަނަ އަހަރުން ރޮނާލްޑޯ މެޑްރިޑް ދޫކޮށްލަން ދެން އެއްކޮށްފައިވާ ޑޭޓާއަށް ބަލާ ކުރީގައި އުޅެނީ މެސީއެވެ. ރޮނާލްޑޯއަށް މެސީއާ ގާތްވެސް ނުކޮށްލެވެއެވެ. މެސީއަށް ވީއޭއީޕީ 1.21ގެ ސްކޯއެއް ކޮންމެ މެޗަކުން ލިބިފައިވާއިރު، ރޮނާލްޑޯއަށް ލިބިފައި ވަނީ 0.61ގެ ސްކޯއެކެވެ. ރޮނާލްޑޯ މެޑްރިޑްގައި ހޭދަކުރި ފުރަތަމަ ދުވަސް ކޮޅުގައި ދާދި ހަމަހަަމަކޮށް ދެކުޅުންތެރިންގެ ސްކޯ ދިޔަ ނަމަވެސް، 2016 ހިސާބުން މެސީ ވަނީ އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ބޮޑުތަނުން ކުރިއަށް ޖެހިފައެވެ.
ކުޅުންތެރިންގެ ލީޑާޝިޕަށްވެސް، ދަނޑުމަތީގެ އިމްޕެކްޓަށްވެސް ޑާޓާއިން ބަލާއިރު، މެސީ އުޅެނީ ހާސް ބައި ކުރީގައެވެ.
ތީ ދޮގެއް! ރޮނާލްޑޯ އެންމެ މޮޅު ވާނީ!
ތީ ދޮގެއް
މެސީގެ ފޭން އެއް ލިޔެފައިން ހަބަރަކާ ވައްތަރީ
ރޮނާލްޑޯއަށް މޮޅުވާގޮތަށްތަ ދެން ލިޔަންވީ.. އޭރުން އޯކޭދޯ އެޔާ ދިމާނުވިޔަސް.. ކޮންމެ އެއްޗެއް ކިޔަސްް މަ މޮޅުވާނެ..
މިސްޓޭކްސް ?
މެސީ މޮޅުވާނީ