2020 ވަނަ އަހަރު އޮންނަ އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް ރާއްޖޭގައި ބާއްވަން ބިޑް ކާމިޔާބުކޮށްފިއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތް ބޭއްވުމަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބު ވެފައިވާ ކަމަށެވެ.

ނޭޕާލުގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯނުގެ އާންމު ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވަމުންދާއިރު، ފިރިހެން މުބާރާތްވެސް ރާއްޖޭގައި ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ އޭވީސީ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވާއިރު، ސެމީގައި ރާއްޖެ ބަލިވީ އުޒުބަކިސްތާނާ ވާދަކޮށް ބަލިވެގެންނެވެ. އެހެންނަމަވެސް އަދި ރާއްޖެއަށް ތިންވަނަ ހޮވާ މެޗު އޮންނާނެއެވެ.

މީގެ ދެއަހަރު ކުރިން ރާއްޖޭގައި އޭވީސީ ފިރިހެން ސެންޓްރަލް ޒޯން މުބާރާތް ބާއްވާފައިވާއިރު، އެއަހަރު އަންހެން ވޯލްޑް ޗެމްޕިއަންޝިޕްގެ އޭވީސީ ސެންޓްރަލް ޒޯންގެ ކޮލިފިކޭޝަންވެސް ރާއްޖޭގައި ކުޅެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިސްކަންދަރު

    ނަމަ ނަމަ ބާސްކެޓް ނުބާއްވާތި ، ލަދުން ބޯހަލާކުވާނެ ،

  2. ނިޒާމު

    ޓތިއުޅެނީވެސް ސްޓިކާޖަހައިގެން ނަގާލާރިއައްވާގޮތައް އަނެއްކާ ބަޔަކަު ތިފައިސާ ކާލަން ސާބަސް ތިޔޮތީވާ އިންސާފު ލިބިފަ