ދިރާގާއި އަހްމަދިއްޔާ އިނަޓަރނޭޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ޕްރީ ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލްގެ ފައިނަލް މެޗުގައި މަދަރުސަތުލް އަމީރު އަހުމަދާ ވާދަކޮށް 0-3 އިން ދޮންދޫނި ލިޓްސް ލާނާސް ޕްރިސްކޫލް އިން ކާމިޔަަބު ކޮށްފިއެވެ.

ހެންވޭރު ބޯޅަ ދަނޑުގައި އިއްޔެ ހެނދުނު ފެށުނު މި މުބާރާތުގެ މިއަދުގެ ނިޔަލަށް ކުރިއަށްދިޔައިރު، މިއަދު ހަވީރު އޮތީ ފައިނަލް މެޗެވެ. މި މެޗް ބަލާލުމަށް ގިނަ އަދަދެއްގެ ބެލެނެވެރިނާއި އާންމު ރައްޔިތުން ޖަމާވިއެވެ.

މިއީ ދިރާގާއި އަހްމަދިއްޔާ ސްކޫލް ގުޅިގެން މި މުބާރާތް ވިދިވިދިގެން ބާއްވާ 9 ވަނަ އަހަރެވެ.

މި މެޗްގެ ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ސްޕޯޑްސް ކަމިޝަނަރ ކުޑަހީނާއެވެ.

ފައިނަލް މެޗަށް ފަހު މި ފްޓްބޯޅަ ފެސްޓިވަލުގައި ބައިވެރިވި ކުދިނަށް ވަނީ އިނާމު ދީފައެވެ.

މި އަހަރުގެ މުބާރާތުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ 17 ސްކޫލަކުން ބައިވެރިވެފައިވާއިރު 300 އެއްހާ ކުޑަކުދިން ވާދަކުރިއެވެ.

އަހުމަދިއްޔާ ޕްރީ ސްކޫލުން އިންތިޒާމުކުރި މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެކެވެ.

ކުޑަކުދިން ކުރިއެރުވުމާއި އެކުދިން އެކަކު އަކެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

މި މުބާރާތަކީވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢހަރނ

    ޥ މަރުހަބާ.. ތިޔަތަނަށް އތް ބާނަން ވެސް ލާދީނީ ގުރޫޕު ވ ތެޅޭނެ..

    5
    2
  2. ޟޮޅު

    ހަމަ ސަޖިދަ ޖަހަން ޖެހޭތަ؟ ގޮތް ދެއްކުން ހަމަ.

    2
    6
    • ޖަމީލުބެ

      ލަދީނީންނަށް ކެތެއް ނުވާނެ...

      4
      1