ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަން އަތުން 9-0 އިން ބަލިވެއްޖެއެވެ.

ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ފްރެންޑްލީ މުބާރާތުގައި ރާއްޖެއިން ވާދަކުރަމުންދާއިރު، އެ މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި އިންޑޮނޭޝިއާ އަދި ރާއްޖެއާއި ޖޯޑަންއެވެ. ރާއްޖެއިން އެ މުބާރާތަށް ގޮސްފައި ވަނީ ސާފް 16 އަހަރުން ދަށުގެ މުބާރާތަށް ދިޔުމުގެ ބަދަލުގައި، އެއަށްވުރެ ރަނގަޅު ތަޖުރިބާއެއް ހޯދުމަށެވެ.

މިދިޔަ މަހު އައްޑޫ ސިޓީގައި ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރިއިރު، އެ މުބާރާތް ރާއްޖެއަށް ނިމުނީ މޮޅެއް ނުލިބިއެވެ. އެ މުބާރާތުގައި ޓީމާ ހަވާލުވެ ހުރި ހަލީމް (ޖަޑާ)ގެ ބަދަލުގައި މިފަހަރު ޓީމާއެކު ގޮސްފައި ވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ. ނިޒާމްބެ ބުނެފައި ވަނީ މިފަދަ ތަޖުރިބާތަކާއެކު ވިސްނުން ހުރީ ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އައިއޯއައިޖީއަށް ވަރުގަދަ ޓީމެއް ނެރުމަށް ކަމަށެވެ.

ރާއްޖެއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މާދަމާ އިންޑޮނޭޝިއާ ދެކޮޅަށް ނުކުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ތީވަރަށްބޮޑްކުރިއެރުމެއް ލަދެއްވެސް ގަންނަބައެއްނޫން

    7
    2
  2. މުހައްމަދު

    އަޅެ އެވެސް އިންޓަނޭޝަނަލް މެޗަކުން 16 އަހަރު ދަށުގެ ޓީމު ކާމިޔާބުކުރި އަޑު އެވެސް މީހެއް އެހިންތަ