ރާޒުވާ ކުޅުންތެރިނަށް ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލަ އަށް ހައްލެއް ގެނެސް، ރާޒުވާ ކުޅުމަށް ހާއްސަ ޗެސް އާކޭޑްއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު ހުޅުމާލޭގެ މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

މިއަދު ޗެސް އާކޭޑް ހުޅުވިއިރު، މިއަދު ވަނީ ރާޒުވާ މުބާރަތެއް ފަށާފައެވެ. އެ މުބާރާތް ޝަރަފް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ރައީސް އަދި މިނިސްޓަރ މަހުލޫފް ވަނީ މި މުބާރަތް ފެށުމުގެ ރަސްމިޔާތުގައި ތުއްތު ކުދިންނާއެކު ރާޒުވާ ކުޅުއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މިއަދަކީ ކުޅިވަރާއި ޗެސް އަަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"ރާޒުވާ ރާއްޖޭގައި ކުޅެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ, މިއަދު މިވަނީ ރާޒުވާ ކުޅޭ ތަނެއް މިހާރު ރާޒުވާ ކުޅޭ ކުދިންނަށް މިހާރު ހަމަޖެހިފައި" މަހުލޫފް ވިދާޅުވިއެވެ.

"ކުރިން ޖޫނިއާ މުބާރަތް އޮތް ދުވަހު އަޅުގަނޑު ބުނިން ކުދިންނާއި ބައްދަލުކޮށްފައި ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވާނަމޭ މިއަދު އަޅުގަނޑު އުފާ ވަނީ ރައީސް އާއި ވާހަކަ ދައްކަވައިގެން މިމައްސަލަ އަށް ހައްލު ހޯދުމަށް ހުޅުމާލެއިން އިމާރާތެއް ހަމަޖެހުމުން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ކުރިން ރާޒުވާ ކުޅޭ ކުދިން ޖެހެނީ ތަންތަން ކުއްޔަށް ނަގަން ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ކުޅިވަރު ކުޅޭ ކުޅިވަރަކަށް ނަހަދައި ސީރިއަަސް ކޮށް ނަގަން ޖެހޭ ކަމަށާއި މިހާރު ރާއްޖޭގައި ވެސް ޒުވާން ރާޒުވާ ކުޅުންތެރިން އުފެދެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ރާޒުވާގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން ދާދިފަހުން ވަނީ ޖޫނިއާ ގައުމީ ސްކޮޑުތައް އެކުލަވާލާފަ އެވެ. އެގޮތުން ޖުމްލަ ހަ އުމުރުފުރައަކަށް ގައުމީ ޓީމު ވަނީ އެކުލަވާލާފަ އެވެ. މީގެއިތުރުން ރާއްޖޭގައި ރާޒުވާގެ ހަރަކާތްތައް ފުޅާކޮށް ކުރިއެރުވުމުގެ އެއްބަސްވުމެއްގައި އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއި ރާއްޖޭގެ ޗެސް އެސޯސިއޭޝަނާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިއަދު ފެށުނު ގައުމީ ރާޒުވާ މުބާރާތުގައި ގިނަ އަދަދެއްގެ ރާޒުވާ އަށް ފަރިތަ ދަރިވަރުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަނާނާ ސަރުކާރު

  މަހުލުފޫ ހުޅުމާލެ މިނީ ސްޕޯޓްސް ކޮމެޕްލެކްސަކީ ކޮން ވެރިކަމެއްގަ އެޅިތަނެއްތަ؟ފޮނިކަޑަނީ.. ތިތަން ހުޅުވިމީހުން އިންޑޯ ކުޅިވަރަށް ހާއްސަކޮއްގެން އެޅިތަނެެއް ހުރިކަން ޔޫތު މިނިސްޓަރަށް އެގުމުން މެޑެލްޖަހަން ފޯރިއެއް އެބަހުއްޓެނުން.. ކަލެޔާ އިބުރާހީމާ ދެމީހުން ކިތައްމެ ފޮންޏެބުޔަސް ހަގީގަތެ އޮޅުވައެނުލެވޭނެ..

  27
 2. ޝާހް، ރ.ވާދޫ

  ކަލޭމެނަށް ހިންގޭނެ މެގަ ޕްރިޖެކްޓްތައް ތި ހިންގެނީ. ކުލަލުން، ރާޒުވާ ބޯޑު ބެހެއްޓުން، މަގުމަތީ ދެފަށްދެމުން، ހުސްކޮށްފަ އޮތް ބިމެއްގަ ޕާކިން ލައިން ދަމާލުން، މަގުމަތީހުރި ގަސްތަށްކޮށުން، އެއްކޮޅަށް ދުއްވާމަގެއް ދެކޮޅަށް ބަދަލުކޮށްލުން، ޓީވީއަށްއަރާ ދެދަޅަޔަށް ކޮނިކަނޑާ ކަމެއް ނުވުން. މިހިރީ މިސަރުކާރުގެ މެގަ ޕްރޮޖެކްޓްތައް. ބާރަށް އަތާ ފަޔާ ޖަހާ.

  11
 3. ކާޅުސޮރު

  މިމީހުން މިކުރާކަމަކީ ކާޅު ހާލިހެދީމައި ކޮވެލި ގޮސް ބިސްއަޅަނީ ބަށްތިރީސް ބިލިޔަން ރުފިޔާގެ ބަޖެޓު މުރުމުރުގޮށްވާ ކާލީ ހާދަމީރޭ ހާދަމީރޭ ހާދަމީރޭ...