މިސްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ މުހައްމަދު ސަލާހް އަށް މަލާމާތް ކުރި އާންމުންގެ މީހަކު ޖަލަށްލާން ހުކުމް ކޮށްފިއެވެ.

އުމުރުން 32 އަހަރުގެ، ގެރީ ހައިލެންޑް ނަމަކަށް ކިޔާ މި މީހާވަނީ ސަލާހު މެޗުގެ ފުރަތަމަ ހާފު ނިންމާލުމަށްފަހު ނަމާދު ކުރަން އިން ފޮޓޯ އެއް ނަގައި އޭނާ އެވަގުތު ވާހަކަ ދައްކަން ހުރި ބަޔަކަށް ފޮނުވައި މަލާމާތުގެ ބަސް ރައްދުކޮށްފައެވެ.

މިކަމާއި ގުޅިގެން އޭނާގެ ކައިރީގައި އެވަގުތު ހުރި މުސްލިމަކު އޭނާ ކައިރިން މުސްލިމުންނާއި ޖެހިފައި އޮތް މައްސަލަ އަކީ ކޮބައިތޯ ސުވާލުކޮށްފައި ވެއެވެ.

އެވަޓަންގެ ސަޕޯޓަރެއް ކަމަށްވާ ހައިލެންޑް ވަނީ ސަލާހްގެ ފޮޓޯއަށް ފަހު އަމިއްލަޔަށް މަރުވެފައިވާ މީހެއްގެ ފޮޓޯ އެ ގްރޫޕަށް ފޮނުވާފައެވެ. އަދި އިތުރު ބައެއް މުސްލިމުން ނަމާދު ކުރަން ތިބި ފޮޓޯ ފޮނުވައި އޭނާ ވަނީ މުސްލިމުންނަށް ވެސް މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ.

މިމަހުގެ ކުރީކޮޅު ހިނގި މި ހާދިސާ އާއި ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަށްފަހު އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ގެއިންނެވެ. އޭނާ ހައްޔަރުކުރުމުން ފުލުހުން ކައިރީގައި، ކުށަށް އިއުތިރާފުވެ އޭނާ ބުނެފައިވަނީ އެކަން ކޮށްފައިވަނީ އޭނާ ކަމަށާއި ހުކުމެއް އަންނާނެ ކަން ކުރިންވެސް އެނގޭ ކަމަށެވެ.

އޭނާވަނީ މަލާމަތް ކުރި ކަމުގެ ދައުވާގައި ކުއްސާބިތުވެ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    އަދުލު އިންސާފަށް ކަންތަށްކުރަނީ ކާފަރުން ﷲ އަޅުކަންކުރާމީހުންނަށް މުސްލިމުންނަށް ކިޔަނީ ކާފަރުން އެންމެ ސަޖިދައެއް ކުރިޔަސް ސުވަރުގެދެ މުސްލިމުން އެތަށްހާސް ސަޖިދަ ކުރާއިރުވެސް ސުވަރުގެ ދިއުމާމެދު ސައްކު ސަބަބަކީ އަދުލު އިންސާފަށް ކަންތަށް ނުކުރާތީ

    19
  2. ޞިރާޠު

    ރަގަޅު މުސްލިމުންނަކީ ތިމާ ކޮންމެ ތަނެއްގައި ކޮންމެ ކަމެއްގައި ހުއްޓަސް ތިމާގެ ރައްބުގެ މަތިން ހަނދާންކުރާމީހުންނެވެ. އެކަމަށްއޮތް އެންމެ ޚާއްޞަކަމަކީ ފަރުޟު ފަސްނަމާދަށް ސަމާލުކަން ދިނުމެވެ. ތިމާ އެވަގުތަކު ހުރި ކޮންމެ ތަނެއްވެސް އެކަމަށް ފުދެއެވެ. ދެން ދުޢާކޮށްއުޅުމެވެ. ފައްޅިތަކުގެ އަހުލުވެރިން އެމީހުންގެ ކޫސަނީ އަޅުކަމަށް ދާންޖެހޭނީ ހަމަ ފައްޅިއަށެވެ. މިކަން އެ މަލާމަތްކުރި ސޮރަށް ކިޔައިދިނުމުން އެސޮރުވެސް ރަގަޅުވެދާނެއެވެ.

    20