ވޯލްޑް ކަޕް އަދި އޭޝިއަންކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މާދަމާ ރޭ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގު (ދަނގަޑޭ) އަށް ޓީމުން ފުރުސަތު ދިނީ މާފަށް އެދުމުން ކަމަށް ސެގާޓް ބުނެފި އެވެ.

ސެގާޓް މިހެން ބުނީ، މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދޮޅު އަހަރަށްފަހު ގައުމީ ޓީމުން އިތުބާރު ފޯވަޑް އަލީ އަޝްފާގަށް ފުރުސަތު ދިނީ މާފަށް އެދުމުން ކަމަށާއި މިހާތަނަށް ދަގަނޑޭ ޓީމަށް ނުނަގާ ހުރި ހަމައެކަނި ސަބަބަކީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި މައާފަށް ނޭދި އޮތުމުން ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

'' ގުއާމް މެޗު ނިމުނުތަނާހެން ދަނގަޑޭ އަހަރެންނަށް ގުޅާފަ މާފަށް އެދުނު. އެ ފޯނު ކޯލުގެ އިންތިޒާރުގައި އަހަރެން ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. ދަނގަޑޭ މާފަށް އެދުމުން ކުރިން އުފެދިފައިވާ ހުރިހާ މައްސަތަކެއް މި ހައްލުވީ. އޭނާ އަށް އެންމެ ފަހުންގޮސް ވިސްނުނު ކަމަށްޓަކައި އަހަރެން އުފާކުރަން، '' ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ ދަގަނޑޭ އަކީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަށް ވިޔަސް ދަނގަޑޭ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅުނުފަހުން ހާލަތު ވަރަށް ބޮޑަށް ތަފާތު ވެއްޖެ ކަމަށާއި އެހެންވެ ދަގަނޑޭ ޓީމުގައި ހިމަނާނީ ލަސްލަހުން، ވަގުތު ނަގައިގެން ކަމަށެވެ.

"ދަނގަޑޭ ނެތި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ. އަހަރެމެން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރީ އޭނާ ނެތި. ބޫޓާން އަތުން 7-0 އިން ވެސް މޮޅުވީ އޭނާ ނެތި. އެންމެފަހުން ގައުމުން ބޭރުގައި ގުއާމް އަތުން މޮޅުވީވެސް ދަނގަޑޭއާ ނުލާ. އެހެންވީމާ ޓީމުގެ ތެރެއަށް މަޑުމަޑުން އަންނަން އޭނާ ފުރުސަތު ދޭން ޖެހޭ. އަޝްފާގް އެންމެ ފަހުން ގައުމީ ޖާޒީގައި ކުޅުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު. އޭގެ ފަހުން ހާލަތު މާބޮޑަށްވެސް ތަފާތު ވެއްޖެ، " ކޯޗު ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަގަނޑޭ ޓީމުން ބޭރު ކުރެވުނު އިރު އޭގެ ފަހުން ސާފް ސުޒުކީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ގުއާމާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ވެސް އޭނާ ނުހިމަނަ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30ގަ އެވެ. އެފްއޭއެމް އިން އިއްޔެ ގައުމީ ޓީމުގެ މެޗުގެ ޓިކެޓުތައް ވިއްކަން ފެށިތާ ފަސް ގަޑިއިރު ނުވަނީސް ހުރިހާ ޓިކެޓެއްހެން ހުސްވިއިރު މިފަހަރުގެ މެޗަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ ދަނގަޑޭ ޓީމުގައި ހިމެނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަފުރަތު

    ބޭގަނޑަކަށް ނުފެނޭތަ ދަގޭ ޓީމަށް ނެގި ހިސާބުން ދިވެހިންގެ ރޫހަށް އައި ބަދަލު..؟! ކަލޭ ކިތަންމެ ވަރަކަށް ކުޅެން އުޅުނަސް ދިވެހިންގެ ލެޔަކާ ނުކުޅެވޭނެ...! އަވަހަށް މިކަލޭގެ ބޭރު ކުރަންވީ ރާއްޖެއިންވެސް..! ނޫހުން ފޮޓޯ ފެނުނަށް ލޭކެކޭ..! ހުވާ މިބުނީ..! ..!

    12
    4
  2. ރައްޔިތު

    ދަގޭއާ ޖައްސާލައިގެން އުޅުނީ.. ދިވެހި ފުޓުބޯޅަ ހަލާކުކުރުން ކަލޭގެ މަގުސަދަކީ.. ހުއް

    12
    4
  3. އަހަރެން

    މުސްކުޅި އޯ ފިޓެއް ނޫނޯ.. ހަމަ އެކަމާ ރުޅި ހަދައިގެން ދޯ..

    8
    3
  4. ހޫނނނނނ ދެން

    އެއްކަމަކަަށް ކިތައް ފަހަރު މާފަށް އެދެން ޖެހޭނީ؟ ކުރިންވެސް ދަގަނޑޭ މާފަށް އެދުނު ވާހަކަ ކޯޗު އަމިއްލައަށް މީޑިއާގަ ބުނީ. ހަތަރުމަސް ފަހުން މާފަށް އެދުނީމަ މާލަސްވީއޭ ނުބުނަންތަ؟ މީހަކާ ޖައްސާލިއަސް ތީ ފުކެއް ބޮޑުވަރު.

    7
    1
  5. ޒާހިރު

    މީ ހަމައިގަ ހުންނަ މީހެއްނޫން ކާންދޭބޭސް ބޯތީ މީނަގެ މައްސަލައަކީ ބަލަ ދަނގަޑޭ އަކީ މުސްކުޅިއެއް ( ދިވެހިރާއްޖޭގެ ނިމިދިޔަ ސީސަންގެ ބެސްޓް) ދުނިޔޭގެ އެތައް ރެކޯޑުތަކަކާ އަރާ ހަމަކުރަމުންދާ ރާއްޖޭގެ ފަޚުރު، މި ކުޑަކުޑަ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިއެއް( އަދި މުސްލިމުން) ދުނިޔޭގެ ރެކޯޑުތަކެއް ހެދުމަކީ އެއްވެސް ( މީނަ ކަހަލަ ބޮޑު ޔަހޫދީއެއް) ބޭނުންވާނެ ކަމެއްނޫން. މިފަދަ މީހަކަށް އެފް.އޭ.އެމުން. ބައިއަތު ހިފައިގެން ތިބުމަކީ ލަދުވެތި ކަމެއް .

  6. ދަގޭ ގެ ފޭނެއް

    ގައުމީ ޓީމުގެ ކޯޗް ބަދަލު ކުރަން ވަރަށް މުހިންމު..!! ދަގޭ އާ ޖައްސާލިޔަސް ބޮޑު ވަރު...!! ދިވެހިންގެ ހިތުން އަލީ އަޝްފާގު ފޮހެނުލެވޭނެ ދޮން ކަލޯ... 3>

    1
    1