މިރޭ ރާއްޖެ ގަޑިން 20:00 ގައި ވޯލްޑްކަޕް އަދި އޭޝިއަން ކޮލިފިކޭޝަންގެ މެޗެއްގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗަކީ ގިނަ ބައެއްގެ ލޯ އަމާޒުވެފައިވާ މެޗެކެވެ. އަމިއްލަ ފަސްގަނޑުގައި ރާއްޖެ ޓީމުން މީގެ ކުރިން އޭޝިއާގެ ބޮޑެތި ބާރުތަކާއި ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު މިރޭގެ މެޗުގައި ވެސް ދިވެހިން އުއްމީދު ކުރަނީ އެފަދަ ނަތީޖާ އަކަށެވެ.

ދުނިޔޭގެ ތާރީޚުވެސް ދުށް އެންމެ މޮޅު އެއް ކޯޗު ކަމަށްވާ މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ދޮންވެ ފައްކާވެފައި އޮތް ޗައިނާގެ ވަރުގަދަ ޓީމާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު އެ ޓީމުގެ ފަރާތުން ރާއްޖެ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ދުއްތުރާ އަކަށްވާނީ ސްޕެއިންގެ އެސްޕާންޔޮލް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު އަދި އެހާމެ ހުނަރުވެރި ފޯވަޑް ވޫ ލީ އެވެ.

ޗައިނާ ގައުމީ ޓީމުގައި ހިމެނޭ އެއް ކުޅުންތެރިޔަކު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަކީ ވެސް ޗައިނީސް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ގައުމުން ބޭރު ލީގެއްގައި ކުޅޭ ހަމައެކަނި ކުޅުންތެރިޔަކީ ފޯވާޑް ވޫ ލީއެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 63 މެޗު ކުޅެދީ 15 ގޯލު ޖަހާފައެވެ.

އުމުރުން 27 އަހަރުގެ ލީ އަކީ 2005 ވަނަ އަހަރު ޖެންބާއޮ ފުޓްބޯޅަ އެކަޑަމީން ތަމްރީން ލިބިގެން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ނޭވާލި ކުޅުންތެރިއެކެވެ. ޖެހިގެން އައި އަހަރު ޗައިނީސް ސުޕާ ލީގުގެ ޝަންގްހާއީ އެސްއައިޕީޖީ އަށް ކުޅެން ފެށި ލީ ވަނީ އެޓީމްގައި 13 އަހަރު ހޭދަކޮށްފަ އެވެ. 250 އަށްވުރެ މެޗު ކުޅެދީ 169 ލަނޑު ޖަހައި ކްލަބުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަކީ މުޅި ޗައިނީސް ލީގުންވެސް ފާހަގަކޮށްލެވުނު އެންމެ މޮޅު އެއް ކުޅުންތެރިއާ އެވެ. އޭނާ އަކީ އެ ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއާކަންވެސް ފާހަގަކޮށްލެވެ އެވެ.

ޝަންގްހާއީ ޓީމާއެކު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލީ ސްޕެއިން އަށް ބަދަލުވި އެވެ. ތިން އަހަރުގެ ކޮންޓްރެކްޓް އެއްގެ ދަށުން ލީ ކްލަބް އެސްޕާންޔޮލް އަށް ބަދަލުވީ ދެ މިލިއަން ޕައުންޑްގެ ފީއެއްގަ އެވެ.

ލީ ފާހަގަކުރެވިފައިވަނީ ކޮއްޓަން މޮޅު، ގޯލާއި ރައްޓެހި އަދި ދަނޑުމަތީގެ މޫވްމެންޓް ވަރަށް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޔޫރަަޕްގަ އާއި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނާއި ކުރިމަތިލައި ތަޖުރިބާ ހޯދާފައިވާ ލީ ކޮންޓްރޯލް ކުރުމަކީ މިރޭ ދިވެހި ޑިފެންޑަރުންނަށް ކުރިމަތިވާނެ އުނދަގުލަކަށްވާނެ އެވެ. އޭނާ އަކީ ހަލުވި އަދި ''އޮފްދަ ބޯލް'' ގައި ޗައިނާ ޓީމްގައި އެފަދަ ދެވަނަ އެއް ނެތް ތޫނުފިލި ފޯވަޑް އެކެވެ.

ރާއްޖެ އާއި ޗައިނާގެ މެޗު މިރޭ ފަށާއިރު މި މެޗަކީ ކޮލިފައިންގައި ކުރިއަށް ދިއުމަށް ދެޓީމަށްވެސް މުހިއްމު މެޗެކެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ޗައިނާ ނުކުންނާނީ ސީދާ މޮޅަކަށް ކަމަށް އެޓީމުގެ ތަޖުރިބާކާރު ކޯޗު ލިއްޕީ ވަނީ ބުނެފަ އެވެ. ކޮންމެ ގޮތެއްވިޔަސް ރާއްޖެ މި ނުކުންނަނީ ގަލޮޅު ދަނޑުގައި ފެންނާނެ އެންމެ މޮޅު ކޯޗުގެ އިރުޝާދާއެކު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާއި ދެކޮޅަށެވެ. އުނދަގޫ ވާނެކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަޅުގަނޑު ވަރައް އުފާވާނެ ޗައިނާ ތަފޯބޮކޮން ރާްްޢްޖެކޮޅައް 14 ވަރައް ގޯލުޖަހާ މެޗެއް ކުޅެން ދެން ނުކެރޭވަރައް ލަދުގަންނަވާލައިފިޔާ! ދިވެހިންނައް މިހާރުދެއް ނުވެއޮތް ކަމަކީ ވޯލްކަފައް އޮލިފައިވުންތޯ؟ ފުޓުބޯލަޔަކީ މިގައުމުގަ ދައުލަތައް އެއްވެސްޗެއްލިބޭ ކަމަކައް ނުވާއިރު، ބޮޑުހަދެއްކޮގެން ތިފަދަ މުބާރާތް ތަކުގަ ބައިވެރި ވުމަކީ އިސްރާފުކުރުން ކަމުގަދެކެން! އަހަރެމެނަކީ މުސްލިމުނައް ވާއިރު ތިފަދަ އިސްރާފުތަކާ ދުރުވުން ބުއްދިވެރި!

    6
    7
  2. އަލީ

    އަޅުގަނޑު ވަރައް އުފާވާނެ ޗައިނާ ތަފޯބޮކޮން ރާްްޢްޖެކޮޅައް 14 ވަރައް ގޯލުޖަހާ މެޗެއް ކުޅެން ދެން ނުކެރޭވަރައް ލަދުގަންނަވާލައިފިޔާ! ދިވެހިންނައް މިހާރުދެއް ނުވެއޮތް ކަމަކީ ވޯލްކަފައް އޮލިފައިވުންތޯ؟ ފުޓުބޯލަޔަކީ މިގައުމުގަ ދައުލަތައް އެއްވެސްޗެއްލިބޭ ކަމަކައް ނުވާއިރު، ބޮޑުހަދެއްކޮގެން ތިފަދަ މުބާރާތް ތަކުގަ ބައިވެރި ވުމަކީ އިސްރާފުކުރުން ކަމުގަދެކެން! އަހަރެމެނަކީ މުސްލިމުނައް ވާއިރު ތިފަދަ އިސްރާފުތަކާ ދުރުވުން ބުއްދިވެރި!

    5
    5
  3. ޒ.ހ

    ބޯހަލާކު..

  4. ހަަަވަރު

    ބޯހަލާކު