ގައުމީ ޓީމް މިރޭ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބަލި ނުވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވާކަން އިއުލާނުކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއެވެ.

މިރޭ ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހޮޓެލް ޖެންގައި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ، މިރޭގެ މެޗުން މޮޅުވެއްޖެނަމަ، ނުވަތަ އެއްވަރުވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ ބޯނަސްއެއް ސަރުކާރުން ދޭނެ ކަމަށެވެ.

ޔޫތް މިނިސްޓަރ ގައުމީ ޓީމާއި ބައްދަލުކުރައްވަނީ - ފޮޓޯ:އެފްއޭއެމް

މީގެ އިތުރުން ގައުމީ ޓީމާއި ބައްދަލު ކުރައްވާ ކުޅުންތެރިންނަށް ހިތްވަރުދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިރޭގެ މެޗުން މޮޅުވެއްޖެނަމަ އެފްއޭއެމުންވެސް ކުޅުންތެރިންނަށް ބޯނަސް ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއާއި ޗައިނާ ބައްދަލު ކުރާ މެޗު މިރޭ ގަލޮޅު ދަނޑުގައި ފަށާނީ 8:00 ޖަހާއިރުއެވެ. މިހާތަނަށް މިދެޓީމް ހަތަރުފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު ރާއްޖެ އަކަށް މޮޅެއް ލިބިފައެއް ނެތެވެ. ރަޝިއާ ވޯލްޑް ކަޕްގެ ކޮލިފައިންގް މެޗުގައި ރާއްޖެ ޗައިނާ އަތުން ބަލިވީ 3-0 އަދި 4-0ގެ ނަތީޖާތަކުންނެވެ.

މިރޭގެ މެޗަށް ދިވެހި ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނައިރު މިފަހަރު އެފްއޭއެމް އިން ދޫކޮށްފައިވަނީ 3400 ޓިކެޓެވެ. އޭގެތެރެއިން ޗައިނާ ސަޕޯޓަރުންނަށް 1000 ޓިކެޓް ދޫކޮށްފައިވާއިރު ރާއްޖެ ސަޕޯޓަރުންނަށް ލިބުނީ 2400 އެއްހާ ޓިކެޓެވެ. އެފްއޭއެމް އިން ޓިކެޓް ދޫކުރަން ފެށިތާ ފަސް ގަޑިއިރު ނުވަނީސް ހުރިހާ ޓިކެޓެއް ވަނީ ހުސްވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ފސ

    ޢަހަރެމެން އަތުން ޓެކްސް ނަގާގެން ތި ކަހަލަ ބޭކާރު ކަންކަމަށް ހޭދަކުރުމަކީ ގޯހެއް

    96
    4
  2. ހަހަ

    އެގޭ ބަލިވާނެ ކަން

    48
    3
  3. ބޮކަރ

    މަހޭ ކަލޭ ގައުމީޓީމަށް ރިސްވަތު ދޭންތަ ތިއުޅެނީ.

    51
    2
    • ާއަހުމަދު

      ދެލައްކަ ދިނަސް ވާނެތަ ނުވާނެކަން ޔަގީވާތީ ދޭނަމޭ ބުނީ

      14
  4. ހުޅުޅޭ ބޮޑުމީހާ

    މަހުލޫފުގެ އަމިއްލަ ފައިސާއިން ދީ، އަހަރުމެންގެ ޓެކްސް ފައިސާ އިން ދީގެން ނުވާނެ

    79
    1
  5. ހަހަ

    އެގޭދޯ ބަލިވާނެކަން ދެ ތިކި ޕީ

    37
    2
  6. ގައުމު

    އިރާދަ ކުރެއްވިއްޔާ ބަލިވާނެ

    36
    8
  7. އަހުމަދު ފިރާގު

    ތިހެން ވިއްޔާ އިރާދަ ކުރެއްވީއާ ބަލިވާނެ

    30
    8
  8. ނަގުލު ރޯޅި

    އައީ ކޮނތަަކުން ދޭފައިސާ އެއްތޯ!!!!!!!!!!!!!!!!!!!!!!!!!! ބާކޯތިބި ރައްޔަތުން މިޖެހެނީ ހާލުގަ. ގައުމުގަ ކުރާ ހަމައެއްކަމެއްވެސ ނެތް.. މީބޮޑުވަރެއްދޯ :ސޯލިހޯޯޯޯޯޯޯޯޯ

    29
    3
  9. ޣޯލް

    100 ޕަސެންޓް ބަލިވާނެ

    28
    6
  10. ލާދީނީ ސަރުކާރު

    ކަލޯ އިއްޔެ ދުވަހު ނިމުނު ގައުމީ ގުރުއާން މުބާރާތުން އެކި ޖެޓަގަރީތަކުން މުޅި މުބާރާތުން 1 ވަނަލިބުނު ދަރިވަރުންނަން ދިނީ އެންމެ 7000ރ. މީކޯއްޗެއް. މިކުދިން މީ ދައުލަތުގެ އެއްވެސް އެހީތެރިކަމެއް ނެތި އަމިއްލައަށް އެތައްދުވަހަކު ތައްޔާރުވެގެން ގޮސް ބުރަމަސައްކަތުން ހޯދި ކާމިޔާބީ. ނާޗަރަގީ ކުޅޭ މީހުންނަށް ކޮންމެ މީހަކަށް 100000ރ ކޮބާ އިންސާފަކީ؟ މީތަ ސަރުކާރުން އިސްލާމް ދީން ކުރިއަރުވަން ކީރިތި ގުރުއާނަށް ދަރިން ލޯބިޖައްސަން ހިތްވަރު ދިނުނަކީ؟؟ ލާދީނީ ނާޗަރަގީ ސަރުކާރު!!

    69
    4
    • ޜރޖހހ

      ޥ.ރަންގަޅު ވާހަކައެ....

  11. Alibe

    ޚަރަދު ބޮޑުކަމުން ޚަރަދު ކުޑަކުރުމަށްކަމަށްބުނެ ހުޅުމާލޭ ރެހެންދި ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ ލައިވް ނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ ނިންމާފަ. އެކަމަކު ފުޓްބޯޅަ މެޗެއްގެ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ. ތަޢުލީމަކީ މިގައުމުގެ ވެރިންނަށް މިހާރު މުހިން އެއްޗެއްނޫން. މަޖިލިހުގެ މެޖޯރިޓީ ނުކިޔަވާ މީހުން، ސިޔާސީ މަގާމް ތަކުގަ އުޑެއް ބުޑެއް ނުދަންނަ މީހުން.

    38
    2
  12. Ahmed beybe

    މަގޭ ނަންވެސް ޓީމް ލިސްޓުގަ ޖަހާލަ ދީބަލަ

    22
    4
  13. ޔަމީނު

    32 ބިލިޔަން ގެ ބަޖެހުސްވެއްޖެ..... އިތުުރުކުރި އެތިކޮޅު އަނެއްކާ ހުސްކޮށްލަނީ ދޯ.. މި އަހަރުގެ ބަޖެޓުގަ ތިކަމަށް އެއްޗެއް ޖެހިންތަ؟

    12
  14. ދޮންބެ

    މީ ކަންކަމުގަ ހައްދުފަހަނައެޅުމަކީ.

    12
  15. ޙަސީނު

    އެެއީ ކަޑާލި ފޮންޏެއް. ނުވެސްދޭނެ. އަޑެއްއަރުވާލީ. ފަލަސުރުހީއަށް އަރުވާލަން. މޮޅުވެއްޖެނަމަ ބުނާނެ މަށެއް ނުބުނަމޭ

    10
    1
  16. ކޮރަލް

    ހަމައެކަނި މިމެޗުން މޮޅުވުމުން ރާއްޖެއަށް ވާނެ ފައިދާ އެއް ނެތެވެ. އެކަމު ގެއްލުން ވާނެއެވެ. އެތައް ލައްކަ ރުފިޔާ އެއް ގެއްލިގެން ދާނެއެވެ.

    14
  17. ކަޅުސޮރު

    ﷲ އިރާދަ ކުރެއްވިއްޔާ މިއަދު ދިވެހި ގައުމީ ޓީމު ބަލިވާނެ. އަހަރެމެން ޓެކްސް ފައިސާ ދައްކަނީ ތިގޮތަށް ތަޅާ ބޭކާރު ކުރާކަށްނޫން.

    15
  18. ފފ

    މަހޭގެ ސެލަރީންތަ ނޫނީ ރައްޔިތުންގެ ފައިސާއިންތަ ..ރައްޔިތުންގެ ފައިސާއިން ދީގެން ނުވާނެ..

    15
  19. ނަޒިމް

    ކޮބާ ރުފިޔާގަނޑު. ބޯކަން. އިއްޔެ ޤުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެއްމެ ހަތްހާސް ރުފިޔާ. މި ކުޅުންތެރިން ދުނިޔޭގެ ޗެންޕިޔަންކަން ހޯދިޔަސް ކިހިނެއްތޯ އެ ހާފިޒުންނާ އެއްހަމަ ކުރާނީ. މީ ހަގީގީ އަނދިރިކަމަކީ.

  20. ޒަމްޒަމް

    ކަލޭމެން ފުޓު ބޯޅަކުޅުން ހުއްޓާލާ..

  21. މުހައްމަދު

    ޙެއްހެއްހޭ😃😃😃..
    އެއްލައްކަ ރުފިޔާދޭނަމޯ.ހީވާކަހަލަ މީތިމަންނާމެން ފާއިސާހެން. މިމަހުލޫފުމއންކަހަލަ ބާޒާރުމަތީ މީހުންނަށް..

    5
    1