ވޯލްޑް ކަޕް އަދި އޭޝިއަންކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފިއެވެ.

ވަރުގަދަ ޗައިނާ އާއި ދެކޮޅަށް ކޯޗު ސެގާޓް ނެގި ފުރަތަމަ އެގާރަ ކުޅުންތެރިންގެ ތެރޭގައި ދަނގަޑޭ ހިމެނިފައިވާއިރު އާއިލާ އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ގުއާމް މެޗުން ރިލީޒް ދިން ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) މެޗު ފަށާނީ ބެންޗުންނެވެ.

ޓީމުގެ ޑިފެންސް ލައިނުގައި ހުސެއިން ޝިފާއު ޔޫސުފް އާއި، ނޫމާންގެ އިތުރުން ދެން ހިމެނެނީ ހައިޝަމް ހަސަން އާއި ކެޕްޓަން އަކުރަމް އަބްދުލްޢަނީ އެވެ. މިޑްފީލްޑުގައި ހުސެއިން ނިހާން އާއި އައިސަމް އިބްރާހިމް އާއި ހަމްޒާ މުހައްމަދު އާއި އިބްރާހިމް މަހުދީގެ އިތުރުން މުހައްމަދު ނާއިމް ހިމެނޭއިރު ގޯލް ކީޕަރު ފައިސަލް ވެސް ފުރަތަމަ އެގާރައިގައި މެޗު ފަށާނެ އެވެ.

ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ނުކުންނަ ޗައިނާއާއި ދެކޮޅަށް ރާއްޖެ އިން ނެރެފައިވާ ފުރަތަމަ އެގާރައިގައި ދަނގަޑޭ ހިމަނާފައިވާއިރު މިއީ ހަމަ ގައިމުވެސް ޗައިނާ ފަދަ ބޮޑު ޓީމަކާއި ދެކޮޅަށް ލިބޭއިރު ރާއްޖެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުކެވެ. ސަރަހައްދީ އެތައް މުބާރާތެއްގައި މޮޅަށް ކުޅެ ތަޖުރިބާހޯދާފައިވާ ދަނގަޑޭ އަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއެކެވެ.

މީގެ ތިން ވަރަކަށް ދުވަސްކުރިން ދަނގަޑޭ ގައުމީ ޓީމަށް ނެގީ ގުއާމް މެޗަށްފަހު ކޯޗު ކައިިރިން މާފަށް އެދުމުން ކަމަށް ސެގާޓް ވަނީ ހާމަކޮށްދީފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުގެ ސަބަބަބުން ދޮޅު އަހަރަށްވުރެ ގިނަ ދުވަހު ޓީމުން ބޭރުގައި ހުރުމަށްފަހު ކުޅޭ ފުރަތަމަ މެޗުގައި ދަނގަޑޭ މިރޭ ޗައިނާ އާއި ކުރިމަތިލާއިރު ދިވެހި ގިނަ ސަޕޯޓަރުންގެ އުއްމީދާއި ގުޅިފައިވާ ކުޅުންތެރިއަކީވެސް އޭނަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ??????

    11
    5
  2. ދިވެހި ރައްޔިތެއް

    އަލްޙަމްދުލިﷲ

    9
    2
  3. ދަންސޫރަ

    މޮޅުވުމަށް މިއެދެނީ 3 ޕޮއިންޓް ދޭނާމެ ޗައިނާއަށް ވަރަށް ރީތިކޮން

    4
    2
  4. ހަމަ

    ދަނގަޑޭއަކީ ދިވެހި ފުތުބޯޅައިގެ މާޒީ މުސްތޣުބަލެއްނޫން

    7
    1
  5. ޙުޅުލޭ ބޮޑުމީހާ

    ދިވެހިން ހީވީ ދަގަނޑޭ އެރުވީމަ ކާމިޔާބު ވާނެކަމަށް.
    ކާމިޔާބުވީ ސަޕޯޓަރުންނާ ދަގަނޑޭއަށް..ރައްޔިތުން ލައްވާ ބޮޑާ ޖައްސުވައިގެން ޥެސް ޓީމުވީ ބަލި