ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި މިރޭ ގަަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ޕެނަލްޓީތައް ޗައިނާ އަށް ނުލިބުނު ނަމަ މެޗު އަނބުރާލުމުގެ ފުރުސަތު ދިވެހި ޓީމަށް އޮތްކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

މިރޭ ބޮޑު ތަފާތަކުން ރާއްޖެ ޗައިނާ އަތުން ބަލިވެފައިވާއިރު މިއީ ރަޝިއާ ވޯލްޑް ކަޕް ކޮލިފައިންގައިވެސް ރާއްޖެ ޓީމު ޗައިނާ އާއި ވާދަކޮށް ބަލިވި މެޗުތަކަށްވުރެ ދަށް ނަތީޖާއެކެވެ. ދެވަނަ ހާފުގައި ދިވެހި ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޢަނީ ކުރި ފައުލަކާއެކު އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު ޗައިނާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީތަކުން ކާމިޔާބުކުރި ލަނޑުތަކެވެ.

މެޗައްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ދިވެހި ޓީމުގެ ކޯޗު ސެގާޓް ބުނީ ރާއްޖޭން ދެވަނަ ހާފަށް ނުކުތީ ޗައިނާ ޓީމު ކުރިއަށް ޖެހިލާ ވަގުތު ކައުންޓާ އެޓޭކުގައި އެޓީމުގެ ގޯލަށް ނުރައްކާކުރަން ކަމަށެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ރާއްޖެ ޓީމަށް ރަނގަޅަށް އެޓޭކް ކުރެވުނު ވަގުތު ކޮޅެއްދިޔަ ކަމަށާއި މެޗު އެނބުރިގެން ދިޔައީ އިދިކޮޅު ޓީމަށް ލިބިގެންދިޔަ ފުރަތަމަ ޕެނަލްޓީއާ އެކު ކަމަށެވެ.

"ދެ ވަނަ ހާފު ފަށައިގެން ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ޕްރެސްކޮށްގެން ކުޅުނު. ހަމަލާތަކެއް ވެސް ޓީމުން އުފެއްދި. އޭގެން ފުރުސަތެއްގައި ލަނޑެއް ޖެހުނު ނަމަ ނަތީޖާ 2-1 އަށް ބަދަލުވެ ޗައިނާ އަށް ކޮންމެވެސް ވަރަކަށް އަސަރުކުރީސް. އަހަރެމެން ދެ ވަނަ ހާފަށް ނުކުތީ ވެސް އެ ވިސްނުމުގައި. އެކަމަކު އިދިކޮޅަށް ލިބުނު ޕެނަލްޓީއާ އެކު މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ،" ސެގާޓް ބުންޏެވެ.

މިރޭގެ މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓު ރާއްޖޭން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް ޓީމުގެ ފޯވަޑް ލައިން ލީޑުކުރަމުންދިޔަ އަލީ އަޝްފާގް (ދަގަނޑޭ) އަށް އެއްވެސް ވަރަކަށް ބޯޅަ ދެވޭގޮތެއް ނުވި އެވެ. ރާއްޖޭގެ ޓީމަށް ޗައިނާ ހިފަހައްޓާލެވުނީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓާ ހަމަ އަށެވެ. އެއަށްފަހު ޗައިނާ އިން މެޗު ތެރެއަށް ވަދެ ގިނަ އަދަދެއްގެ ހުރަސްތަކެއް ނަގަން ފަށައި ރާއްޖެ ގޯލަށް ބާރުބޮޑުކުރަން ފެށި އެވެ. ޓީމުގެ ޑިފެންސްން އިން ރިކަވާކުރި ބޯޅަތައް ފޯވަޑް ލައިންގައި ހުރި ދަގަނޑޭ އަށް ފޯރުކޮށްދިނުމުގައި ކާމިޔާބެއް ނުލިބި އުޅެނިކޮށް ޗައިނާ އިން ކައިރިކައިރީގައި ދެ ލަނޑުގެ ލީޑެއް ހޯދިއެވެ.

ދެ ވަނަ ހާފަށް ނުކުމެ ރާއްޖެ އިން ވަރަށް ޕްރެސްކޮށްގެން ކުޅެ ދެތިން ހަމަލާ އުފެއްދި އެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި އޮއްވާ ޗައިނާ އަށް ޕެނަލްޓީއެއް ލިބި ލީޑު ތިން ލަނޑަށް ބޮޑުކުރި އެވެ. އޭގެ ފަހުން ދިވެހި ކުޅުންތެރިން މާބޮޑަށް ވަރުބަލިވެ ޗައިނާ ހިފެހެއްޓުމުގައި ނުކުޅަދާނަވި އެވެ.

" މިރޭގެ މެޗުގެ ނަތީޖާ އަހަރެމެން ގަބޫލުކުރަން ޖެހޭ. މިއީ ޗައިނާ އަށް ހައްގު މޮޅެއް. 5-0 އަކީ ތަފާތު ބޮޑު ނަތީޖާއެއް. އެކަމަކު ކުޅުންތެރިންގެ މަސައްކަތް ވެސް ފާހަގަކުރަން ޖެހޭ.،" މެޗައްފަހު ސެގާޓް ބުންޏެވެ.

މިރޭގެ މެޗަކީ ކޮލިފައިންގައި ޗައިނާ ކުޅުނު ފުރަތަމަ މެޗެވެ. ރާއްޖެ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގައުމުން ބޭރުގައި ގުއާމް އާއި ކުޅެ 1-0 އިން އެޓީމު ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޝިރްޕް

  ކަލޭ ތިއީ ބޮޑު އަނގައެއް

  17
  6
  • ޙައްގުބަސް

   މުޅި ޓީމުގެ ހަމަ ފެންވަރުނެތީ! ހުނަރު ނެތީ! ބުންވަރުނެތީ! އެބައެއްގެ ހަށިގަނޑުގައި ހުރި އެއްޗެއް ނެރެވޭނީ!! ކޮން ވާހަކައެއް ދައްކާކަށް!! އަނގަތަޅާ މީހުން ކޮންމެ މިކަހަލަ މެޗަކަށްފަހު އަނގަތަޅާނެ! މިއީ އާކަމެއްނޫން!!

   13
 2. ނަފުރަތު

  ކަލޭގެ ކިބުރުވެރިކަމާ ސުންޕާކަން ހުރިހާވެސް މައްސަލައަކީ މުސްކުޅި ބޭގަނޑާ..!

  15
  5
  • ބައްސާމް

   ދެން އިސްތިއުފާ ވަރައް ޒާތީ ކޯޗެއް

   8
   2
 3. ޓިނު ވަގު

  1 ލައްކަ ރުފިޔާ ދޭން ބުނެ ފޮނި ކެނޑީމަ ކުޅުން ތެރިން ތިބީ ފައިސާގެ ދަލުގައި ޖެހި ތާށި ވެފަ... ޓަޓާސް ޓަސް.....

  9
  2
 4. އިބްރާހީމް ދީދީ

  މިބުނީނުން ތިއުޅޭ މަހުލޫފުގެ ސުންޕައި ވިހަ އަގައިގެ ސަބަބުން ތިހެންވީ

  9
  2
 5. އަހްމަދު

  ރޭކުޅުނުމެޗްގެ އޮއިވަރު ރާއްޖޭ ކޮޅަށްއޮތީ ކޮންއިރަކު؟ ފުރަތަމަ ހާފްގައިވެސް 2 ލަނޑު. ދެންކޮން އޮއިވަރެއްގެ ވާހަކަ މިދައްކަނީ. ދިވެހި ގައުމީޓީމު މިފަހު އެންމެހިތްދަތި ބައްޔަކުން މިބަލިވީ ސެގާޓްގެ ކޯޗްކަމުގައި. އަމިއްލަ ދަނޑުގައި ސުމަކުން. މޮޅުވާހަކަދައްކަން ރަނގަޅު.

  12
 6. ދަންސޫރަ

  ކޯޗް ބަރާބަރު ކުޅުންތެރިންގެ ފެންވަރު ދަށް ބޯޅަލިބުނީމަ އެއްވެސް ކުޅުންތެރިއެއް ހުަނަރުވެރިއެއްނޫން ތެޅިފޮޅުނީ ސީރިޔާ އާއި ޕިލިޕީސް އަތުންވާނީބަލި

  5
  4
 7. ދަަފަ

  ނޫން.. ހަމަ މޮޅުކޯޗެއްމީ... މީނަ ވިއްޔާ ފަހަކަށް އައިސް ތަށިގަނޑެއްވެސް ގެނައީ---- ކޮންމެ މީހަކުވެސް މުސްކުޅި ވާނެ ވިސްނާ ސިކުޑިން------

  6
  7
 8. ކުޑަބަޖަރާ

  ކުރީދުވަހު ބުނީ ސަޕްރައިޒް ނަތީޖާއެއް ނެރެވިދާނެ. މިއޮތީ ހަމަރަނގަޅު ސަޕްރައިޒް ނަތީޖާ އެއްނެރެފާ.

  11
 9. ާއެޖެންޑާ19

  ކަލޭ ދޮގުނުހަދާ ކަލޭގެ ފަރުވާކުޑަކަން.މަހުލޫފްގެ ކަންޖޫސް ކަމުން ވާގޮތް.ރައްކާވޭ.

 10. މިއަދު

  ރެގެމެޗުން ބޮޑުތަފަތަކުން ރާއްޖެބަލިވުމުގެ ޒިންމާނަގަންޖެހޭނީ ކޯޗް ގަބޫލުކުރެވެނީ ކޯޗްހުރީ ޗައިނާއަށްވިކިގެންކަމަށް ފުރަތަމަދުވަހުންފެށިގެންވެސް ކޯޗްމަސައްކަތްކުރީ ޓީމުގެ މޮޅެތި ކުޅުންތެރިންތަކެއްބާކީކޮށް މިހާލަތާއިނުގުޅޭ ސްކޮޓެއް އެކުލަވާލައިގެން ބޭނުންވެފައިއޮތީވެސް ރާއްޖެމިހާލަތުގައި ޖެއްސުން ރަޢިއްޔަތުންގެ ނުރުހުންބޮޑުވެގެން ދެންގޮތްހުސްވާހިސާބުން ޓީމަށްނެގީ ދަގަނޑޭ ދަގަނޑޭއަކީވެސް ތިޓީމުގެ ޕްރެކުޓިސްގައި ބައިވެރިނުކޮށް ބާކީކޮށްފައިހުރި މޮޅުކުޅުންތެރިއެއް ކޯޗްބޭނުންވީ ދަގަނޑޭ ޓީމުގައި ހިމެނިނަމަވެސް ޓީމު ބަލިވެއްޖެކަން ދައްކާ ދަގަނޑޭއަކީމިހާރު ރާއްޖެއަށް އެހާމުހިއްމުކުޅުންތެރިއެއް ނޫންކަން ދިވެހިންނަށް ދައްކަދިނުމަށް ދަގނަދޭއައި ބަކާފަދަ މުހިއްމު ކުޅުނެތެރިން ދޫކޮށް ޓީމު އެކުލަވާލިމައްސަލާގައި އެފްއޭއެމާއި ޔޫތުމިނިސްޓްރީގެ އިހުމާލުވެސް އެބައޮތް

  9
  1
 11. ފޭން

  ޓީމުގެ ފިޓްނަސް ރަނގަޅެއް ނޫން. އެތިބަ ޅަފުރައިގެ ޒުވާން ކުދިންތައް ދުއްވައިގަންނަ އިރަށް އަކުނިވަޔަށް ދަމައިގެންފަ. އަކުރަމް ބޭލި ހިސާބުން ޑިފެންސް އޮތީ ހާއަށް. ފައުލް އެހާގިނަ. ޗައިނާ މޮޅު ވަރަށްވުރެ ދިވެހި ޓީމް ވަނދުވީމަ ބަލިވީ. އަނެއްކާ އެންމެ ފަހުވަގުތު އެއްލައްކަ ރުފިޔާގެ ހުވަފެން.

 12. ާަޕޮގުބާ

  މަހުލޫފް އިބޫމެ މެޗުބަލަންދިޔައީމަ ބަލިވީ

 13. ާަޕޮގުބާ

  އޮއިވަރު ބަދަލުވީ ނުކުޅެ ވުނީމަ ފެނަލްޓީއަކުން ނޫން 2ގޯލް ހަހާފައޮއްވަ ފަހަތުންއަރާ 3ގޯލް ޖެހޭނީވެސް ބޯޅަގޯލަޔަށް ވަށްދައިގެން

 14. ފުންއަސަރު

  މިކަލޭގެ މިގޮތަށް ވާހަކަ ނުދައްކާނީ މަކުނު ފިނދުން ވާހުސްވާ ދުވަހަކުން.

  5
  1
 15. ސައްދާމް

  ބައްސާމް އާއި އަލީއުމަރު ތިޔަތަނުން ނެރެބަލަ. ބޮޑުވެއްޖެ ވަބާއެއްނުންމީ މިހާރު.

  2
  1
 16. ސުވާލު

  މެޗުގެ އޮއިވަރު ރަނގަޅު އިރެއް ބުނެދީފާނަންތަ؟

 17. ވަގުތު

  އަދިވެސް މާ ވަރުގަދަ މީހެއްކަމަށް ދެކިގެން ދަގަނޑާ އެކަތަށް ޗާންސް ނުދެވިގެން ދިވެހިން އެނބުރޭތި