ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޗައިނާ އަތުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވިޔަސް ގައުމީ ޓީމު އެނބުރި އަންނާނީ މާވަރުގަދަކޮށް ކަމަށް ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.
މެޗަށްފަހު ވާހަކަދައްކަމުން އުމުރުން 31 އަހަރުގެ ކުޅުންތެރިއާ ބުނީ ގިނަ ލަނޑުތަކެއް ޓީމު ކޮޅަށް ވަނަސް ރޭގެ މެޗުގައި ކުޅުންތެރިން ވަރަށް މަސަތްކަތްކުރި ކަމަށާއި ޗައިނާ އަތުން ބަލިވިޔަސް އެއީ އަދި ނިމުން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
"ފުރަތަމަ ހާފްގައި އޮފްސައިޑް ގޯލެެއް ކަމަށް ނިންމައިގެން އެޕީލްކުރުމުގެ ގޮތުން ކުޅުންތެރިންތައް އެޔަށް މި އެނބުރުނީ. ދެވަނަ ހާފް ފެށިގެން ގޮސް ދެ ޕެނަލްޓީ ރެފްރީ ދިން. ކުޅުންތެރިން އެހިސާބަށް އައިއިރު ވަރަށް މަސައްކަތް ކުރި. އެކަމަކު އެ ޕެނަލްޓީތަކާއެކު ކުޅުންތެރިން ކޮންމެވެސް ވަރަަކަށް ޑައުން ވެފައި ތިބީ. އޭގެ ފަހުން ވެސް ވަރަށް މަސައްކަތްކުރި އޭގެން އަރައިގަނެގެން ލަނޑެއް ޖަހަން. 5-0 އިން ބަލިވިޔަސް އަދި ނިމުނީއެއް ނޫން. އިރާދަކުރެއްވިއްޔާ ގައުމީ ޓީމް ކުރިއަށްއޮތްތާގައި މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރޭނެ" ފައިސަލް ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިސަލް އެވެ. ފައިސަލް އަންނަނީ ކުރީގެ ގޯލްކީޕަރު އަދި ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑު އިމްރާން މުހައްމަދު ރިޓަޔާކުރި ފަހުން ގައުމީ ގޯލު ގަވާއިދުން ބަލަހައްޓަމުންނެވެ. ރޭގެ މެޗުގައި ޗައިނާ އަތުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވިކަމުގައިވިޔަސް ފައިސަލް ވަނީ އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.
ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޓީމާ ގުޅި ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެ އެވެ. ގައުމީ ޓީމާ އެކު އެންމެ ދެ ދުވަހު ފަރިތަކުރުމަށްފަހު ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދަގަނޑޭގެ އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވިއިރު، ފުރަތަމަ ހާފަށް ފަހު އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ކޯޗު ސެގާޓް ބުނީ ދަގަނޑޭ ހާފް ޓައިމްގައި ބަދަލުކުރީ މާބޮޑަށް ވަރުބަލިވެފައި ހުރުމުން ކަމަށާއި އޭނާ ބެލީ ފްރެޝް ކުޅުންތެރިއެއް އަރުވައިގެން ކުރިއަށް ޕްރެސް ކޮށްލެވޭތޯކަމަށެވެ.
ކީޕަރު ފައިސަލް ބުނީ ދަގަނޑޭއާއެކު ކުރިއަށް ހުރި މެޗުތަކުގައި ޓީމު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި މި ސަރަހައްދުގައިވެސް ހުރި އެންމެ ތަޖުރިބާކާރު ފޯވަޑް ޓީމުގައި ހުރުމަކީ ގައުމީ ޓީމްގެ ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.
މީގެ އިތުރުން ގަލޮޅު ދަނޑުގައި ކުޅޭއިރު ނަތީޖާ ނެރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ބަޔަކީ ދިވެހި ސަޕޯޓަރުން ކަމަށާއި ކުރިއަށްހުރި މެޗުތަކުގައި ވެސް ގައުމީ ޓީމްގެ ފަހަތުގައި ޓީމަށް ހިތްވަރުދިނުމުގައި ދެމިތިބުމަށް ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ.
"ދަގަނޑޭ ހުރުމަކީ މުޅި ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި ދަގަނޑޭ ހުރެގެން މި ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކާ ދިމާލަށް ދާނީ. ސަޕޯޓަރުންނަށް ބުނަލެން އޮތީ ކުރިއަށް ހުރި މެޗުތަކުގައި ވެސް ދިވެހި ޓީމަށް ސަޕޯޓްކޮށްދޭށޭ، " ފައިސަލް ބުންޏެވެ.
ރޭގެ މޮޅާ އެކު ޗައިނާ ވަނީ ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ރާއްޖެ މެޗަކީ އެޓީމު ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗު ކަމުގައިވިޔަސް ފައިދާ ލަނޑުގެ ތަފާތުން ޗައިނާ އަށް ކުރިލިބޭއިރު ދެ ވަނައިގައި އޮތީ ސީރިއާ އެވެ. ތިން ވަނައިގައި އޮތީ އިއްޔެ ގުއާމް ދަނޑުގައި އެޓީމު އަތުން މޮޅުވި ފިލިޕީންސް އެވެ. ރާއްޖެ ހަތަރު ވަނައިގަ އޮތްއިރު ފަސް ވަނައިގައި އޮތީ ގުއާމް އެވެ.
ރާއްޖޭން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނައިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބުނީ ގައުމީ ޓީމުގެ ޓާގެޓަކީ މަދުވެގެން ބާރަ ޕޮއިންޓް ހޯދުން ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗުތަކުން ރަނގަޅު ނަތީޖާތައް ނެރުން މުހިއްމު ކަމަށެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ބައްދަލުކުރާނީ ސީރިއާއާ އެވެ.
ޚޮކޮބާ އަދި އަބުޖީ އާ ދޮންބިލެއްވެސް ރަނގަޅުވާނެ..
ކަލޭމެންނަށް ދެއްކޭނީ ތިކަހަލަ މޮޅުވާހަކަ!
ކަލޭމެން ގެ މޮޅުވާހަކަތައް ދޭ އެހެން މީހެއް ގާތުބުނަން
ދުވަހަކުވެސް ދިވެހީން ވޯރލްޑްކަޕް އަކަށް ނާރާނެ. ޕޯޗްގީޒުން ފައްސާލީތީވެސް
މިމަހު 17ގައި އިންޓަނޭސަނަލަ ބެޑްނިނޓަން މުބާރާތެއްވެސް ރާއްޖޭގަ އެބަފަށާ އައިއޯއައިޖީ ނިންމާފަ ބެޑްމިންޓަންޓީމް މާލެއައިފަހުން ރަންގަޅު ޕރެކްޓިސް އެއްނުކުރޭ ޓިމުގަ ކޯޗެއްނެއް މިހާރު ކުރާޕރެކްޓިހެއް ކުރަނީ ޖެނެރަލް ސެކެޓްރީގެ ބެލުމުގެދަށުން އެއީ ކޯޗިންކޯހުންފާސްވެސް ނުވާ ފަރާތެއް ދެން މުބާރާތުން ރަންގަޅުހިސާބަކައް ނުދެވުނީމަ ހުރިހާ ހަޅޭކެއް ޕްލޭޔަރުންމައްގޮވަންވީ ކޮބާތޯ މިކަންކަން ވިލަރެސްކުރާ ފަރާތްތައް.
ކަލޯ ތިކަމެއް ފެށޭނީ ކޮން އިރަކުން؟ ޖީލެއް ގޮސްފި މިހާރު ތި އަންބާއެއް ކިޔަކިޔާ ތިއްބާ ކަލޭމެން.
ރާއްޖެ އަބަދުވެސް ބަލިވެފައި???????
ރާއްޖެ އަބަދުވެސް ބަލިވެފަ