ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލަކުގައި ދަނޑުތައް ތަރައްގީ ކުރެވިގެން ދާނެއެވެ.

މިއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތަކަށްވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެމްޓީސީސީގެ ސީއީއޯ ޝާހު ވާހަކަ ދައްކަވަމުން ވިދާޅުވީ މިމުއްދަތަށް ވުރެ އަވަހަށް މި މަސައްކަތް ނިމޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، ރަށްތަކުގައި ހެދިގެންދާ ސަބް ބޭސްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ދަނޑުތަކުގައި ޓާފް އެޅުމާއި ލައިޓް ޖެހުމުގެ ކަންކަން ފެށިގެންދާނެ ކަމަށެވެ.

"މި މަސައްކަތުގެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގައި ފުޓްބޯޅަ ދިރުވާ އާ އުސްމިންތަކަކަށް ފުޓްބޯޅާ ގެންދިޔުން. ޒުވާނުންގެ ހިތްތަކުގައި ފުޓްބޯޅައަށް ލޯބިޖެއްސުން" މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، މި ސަރުކާރުގެ ސިޔާދަތެއް ކަމުގައިވާ ދުޅަހެޔޮކަމުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުވެ ބަޑައިގަނެފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ދަނޑުތަކެއް ހެދުމުގެ މަޝްރޫއުގެ ތެރެއިން 17 ރަށެއްގެ ދަނޑު ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

މި މަސައްކަތަކީ ބޮޑު މަޝްރޫއެއް ކަމުން، ކޮންމެ ރަށަކަށް 8 މިލިއަން ރުފިޔާ ހޭދަވެގެން ދާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވި އެވެ. މީގެ އިތުރުން އެރަށްރަށުގެ ކައުންސިލަރުންވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތު މީހާ

    ދެން ތިހަތް ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރަން އެމްޓީސީސީއިން ހަވާލުކުރާނީ ސަބް ކޮންޓުރެކްޓްކޮއް ކޮންމެވެސް އާންމު ރައްޔިތުމީހަކާ، ޕޭމަންޓް ދޭންޖެހޭހިސާބުން އެމްޓީސީސީ ހޯދަންޖެހޭނީ ފުޓްބޯޅަ ދަނޑުތައް ކޮނެގެންއަޑިން.. އެކަމަށްވެސް 5 އަހަރުވަރު ވާނެހެން ހީވަނީ..

  2. ޢަހައިބު

    ރަށަކަށް އެއްމިލިއަން

  3. ރެކިފުތާ

    މަހުލޫފަށް އިނގޭތޯ ރާއްޖޭގެ ފުޓުބޯޅައިގެ ހަލާކުވެގެންދިޔައީ ފުޓްސަލް ގެ ސަބަބުންކަން. ޒުވާނުން މިހާރު ގިނައިން ކުޅެނީ ފުޓްސަލް.

  4. ޙަފްޞާ / މާލެ

    ރައްޔިތުން ސަމާލުވެލައްވާށެވެ! މިފެންނަނީ ލޯކަލްކައުންސިލް އިންތިޚާބުގައި ވޯޓު ހޯދުމަށް ޖަހާ މަޅިއެވެ. އިންތިޚާބު ކައިރިވީމަ ފަހަރުގައި ހާވާގެންފާނެއެވެ. އެކަމަކު ތިޔައިން އެއްވެސް ތަނެއް އިންސާނެއްގެ ލޮލަށް ފެންނަ ދުވަހެއް ނާންނާނެއެވެ. މިހާރު އަބަދުހެން އިވެނީ މިވެނި ކަމެއް މިވެނިތަނެއް ބަޔަކާ ހަވާލުކުރަން ނިންމައިފި ، މިވެނިކަމެއް ދިރާސާހަދަން ހަވާލުކޮށްފި ، މިވެނިކަމެއް ކުރަން ނިންމައިފި ......... މި އަޑުތަކެވެ. އެކަމަކު މިއިންކަމެއް ކުރާތަނެއް ނުފެނެއެވެ. ހައްތާހަވެސް ފެންނަނީ ރައީސް ޔާމީން ފައްޓަވާފައި މިސަރުކާރުން ހުއްޓުވަފަހުރި ކަމެއް އަލުން ކުރަން އުޅޭތަނެވެ.

    7
    1
  5. ނަސޭހަތް

    ޓެކްސްގެގޮތުގައި އަހަރެންގެއަތުންނަގާފައިސާ ބޭނުމެއްނުވޭ ކުޅިވަރަށް ކަރަދުކުރާކަށް ބޭނުމީ ހާލުގައިޖެހިފައިވާ މާލީ ތަނަވަސްކަމެއްނެތް ފަރާތްތަކަށް ޚަރަދުކުރަން ވަގުތުނޫހުން ގެނެސް
    ދެއްވާ އެކިއެކިބަލިބަލީގައި ޚަރަދުނުކުރެވި ހާލުގައިޖެހިފައިވާފަރާތަްތަކުގެ ލިޔުންވުއްތަށް ކިޔާލުމުންއަހަރެންގެލޮލުން ކަރުނައާދޭނަމަވެސްކުރެވޭނެކަމެއްނެތް އެހީވުމަށް ކިތަންމެބޭނުންވިއަސްއެހީވާނެ މިންވަރެއް އަތުގަނުހުރޭ މިހާ ދަތިހާލުގައިއުޅޭއިރުވެސް ޓެކްސްގެގޮތުގައި ފައިސާދައްކަންޖެހޭ އެފައިސާރަގަޅުގޮތުގައި ބޭނުންކުަރައްވާނަމަ މައްސަލައެއްނެތް ނަމަވެސްއެކިއެކިނަންނަމުގައިފެންނަނީ މިނިސްޓަރަކު ބޮޑެތިއަދުތައް ކަނޑައަޅުއްވާތަން މިނިސްޓަރަކު ޚަރަދުކުރެއްވުމަކީ މައްސަލައަކަށްވާންވީކަމެއްނޫން މައްސަލައަކީ އެބޭފުޅާ ބޮޑެތި އަދަދުތައް އިޢުލާންކުރައްވަނީ އެބޭފުޅަގެ ފައިސާއަކުންނޫން

    2
    1
  6. ވިސްނޭ

    މުޅިންވެސް ބޮޑެތި ރަށްތަކައް..ވޯޓު ހޯދަންވެގެން..