ޖަޕާންގެ މިޔަޒާކީ ގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިންގް ގޭމްސްގައި ރާއްޖޭގެ ގައުމީ ސާފިންގް ޓީމްގައި ހިމެނޭ ސާފަރަކު ރަން މެޑަލް ހޯދައިފިނަމަ އެސާފަރަކަށް 1.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.

މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ވޯލްޑް ސާވިސް ގޭމްސްގައި ރަން މެޑަލް ހޯދާ ސާފަރަކަށް ދޭނީ އެއްލައްކަ ރުފިޔާ ނޫން ކަމަށާއި ރަން މެޑަލް ހޯދާ ކުޅުންތެރިޔަކަށް 1.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެއީ އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ލިބޭނެ ފައިސާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ސާފިންގް ޓީމްގައި ހިމެނޭ ހުސައިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ ވޯލްޑް ސާފިންގް ގޭމްސްގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސާފަރު އަދި ގައުމީ ޓީމްގެ ކެޕްޓަން އިބޫ ވަނީ އޭނާގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދާފަ އެވެ. ހަތަރު ސާފަރުންނާއި ވާދަކޮށް އިބޫ ހީޓުގެ އެއްވަނަ ހޯދީ 9.3 ޕޮއިންޓާއެކު އެވެ. ދިވެހި ޓީމުގައި ހިމެނޭ އިސްމާއިލް ރަޝީދު (ސްމައިލީ) ދެވަނަ ބުރުން ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސްމައިލީ ދެވަނަ ހޯދީ ހަތަރު ސާފަރުންނާއި ވާދަކޮށް 9.07 ޕޮއިންޓާއެކު އެވެ.

ދިވެހި ޓީމުގެ ކުޅުންތެރިން ދެވަނަ ބުރަށް ދަތުރުކުރުމާއި ގުޅިގެން މިނިސްޓަރު މަހްލޫފު ވަނީ މިއަދު އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާފަ އެވެ. ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އިބޫ އާއި ސްމައިލީ ދުނިޔޭގެ ސާފިންގް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރަށް ދަތުރުކުރުމަކީ ރާއްޖޭގެ ސާފިންގް އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ދެވަނަ ރައުންޑްގައި އެ ދެ ސާފަރުންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.

އިންޓަނޭޝަނަލް ސާފިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް ސާފިންގް ޗެމްޕިއަންޝިޕުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން މަޝްހޫރު އެތަކެއް ސާފަރުން ވާދަކުރެ އެވެ. މި މުބާރާތުގައި ކާމިޔާބީ ހޯދާ ރާޅާ އެޅުންތެރިންނަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޑޮލަރ

    ހާދަ ލާރި ގިނަވެގެންނޭ ދޯ މިއުޅެނީ؛ މޫދުން މަހެއް ފެނުނަސް 1 ލައްކަ ރުފިޔާ؛

    61
    11
  2. ތުނިޔަ

    މުބާރާތުން ފެއިލްވޭތޯ ދުއާ ކުރާނަން! ދައުލަތުގެ ޚަޒާނާ ބަހާ ހުސްކުރުމާ އަހަރެން ދެކޮޅު.

    86
    45
    • ޢަލިއާ

      ގައުމަށް ... ރީތި ނަމެއް .. ހޯދާފިނަމަ.... އަގުވަޒަންކޮށް... ހަދިޔާވެސް...ދެވިދާނެ...އެކަމު މިދެން..ތަންކޮޅެއް ...ބޮޑުވަރު.. ހީވަނި އަމިއްލަ..މިޙާގެ..ލާރިގަނޑުހެން..

      36
      2
  3. ގަންޖާފެކްޝަން

    އޭއި ބަލަ ވަގުންނޭ އަހަރުމެންގެ ރައީސް ޔާމީން ތިގޮތަށް ފައިސާ ދެއްވީ ފައިސާ ހުރީމައޭ. ލާރި ނެތް ލާރި ނެތް ލާރި ނެތް ގޮވާ ބަޔަކު ކޮންތާކުން ކޮނެގެން އުޅޭ ލާރި ވަޅަކުންތަ މިލިއަންމިލިއަން ދޭން ތިއުޅެނީ؟ .

    18
  4. ފަހުދު

    ނޮޓް ފެއަރ
    ދީމާ އަށް މާ މަދު ދޭން ހަމަ ޖެއްސި އަދަދު.

    9
    7
  5. ހިތާމަހުރި

    ތިބަހަން ގެންގުޅޭ މިލިޔަން ރުފިޔާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގަތިބި ފަޤީރުން ފުދުންތެރި ބަޔަކަށް ހެދުމަށް ހޭދަކުރުމަށް ގޮވާލަން

    27
  6. ރުޅި

    ރަތްޔިތުންގެ މުދަލުން ޓެކުސް ނަގައިގެން ކުރާނެ ނުކުރާނެ ކަމެއް ނޭގިގެންތަ ތިއުޅެނީ. ސަޕްލިމެންޓަރީ ބަޖެޓް ބޭނުންވަނީ ކުޅިކުޅިވަރަށް ވަޔާ ބުރުއްސަންތަ؟ އަމިއްލަ ޖީބުން ނަގާފަ ދީބަލަ. 😠😠😠

    24
  7. އަލީ

    ކޮން ގާނޫނެއްގެ ދަށުން ލިބޭ ބާރެއްތޯ މިއީ ޓެކްސް ޕޭޔަރުންގެ ލާރި ޙަރަދު ކުރަން މިގޮތަށް؟

    20
  8. Alibe

    ރައްޔިތުންގެ ފައިސާއަކަށް ކަލޭމެންނަށް ބޭނުންހާ ގޮތެއް ނުހެދޭނެ. ޖަވާބުދާރީވާންޖެހޭ ދުވަސް އަންނާނެކަން ހަނދާން ބަހައްޓާތި.

    18
  9. ޢަލީކޮއި

    ﷲ އިރާދަފުޅާއެކު ތިޔަ މުބާރާތުން ފެއިލްވާނެ.

    24
  10. ސިއިފު

    ވަރައް މޮޅު ސްޓަންޓު ތަކެއް ..ދިވެހި ރާއްޖެ ބުރެޒިލް ގައުމީޓީމާ ކުޅެންޏާ ބުނާނެ..ރާއްޖެ މޮޅުވެއްޖިޔާ ކޮންމެ ކުޅިބަލަން ދަޑައް ވަންނަ ކޮންމެ ރައްޔި ތަކައް އެއްލައް ރުފިޔާ ދޭނަމޭ..ނުވާނެ ކަން އިގޭ ކޮންމެ ކަމަކައް ބުނާނެ ދޭނަމެ.،، ރޯނު އެދުރެއް މިހިރީ ލިބިފަ

    12
  11. ބޯބުރާންތިން

    ކުރާނެކަމެއް ނެތެއްނު ތަޅުއަޅުވާފަ އެނދަށްއަރާންވީނު

    10
  12. އަލް ނޫރު

    ކަލާކޯ މޮޅު .ނުވިއްޔާ؟

    11
  13. ދޮންބެ

    މިހާރު މިސަރުކާރުން މިކުރާ ކަމަކީ ގައުމު ތަރައްގީ ނުކޮށް ، އާންމު ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ނުކޮށް، ވަކިވަކި ފަރުދުންނަށް ބޮޑު އިނާމެއް ހުށަހަޅައިގެން ޚަބަރުގަ ޖަހާލާނެ ވާހަކައެއް ކްރިއޭޓް ކުރަނީ. މިގޮތް ތައުލަތަށް މާ ޚަރަދުކުޑަވެފައި ބޮލަށް ފަސޭހަ ވެފައި ކަންކަމުގެ ދެކޮޅުނުބަލާ ބައެއް މީހުން ސަޕްރައިޒް ވާނެ.

    12
  14. މަރިއްޔާ

    މަހްލޫފް ހޭބަލިވީތަ. ކަލޭގެ ލާރިތަ ތީ ބޭނުންހާ ގޮތެއް ހަދަން. ރައްޔިތުންގެ ލާރިން ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކޮށްދީބަލަ. ފޮނި ކަނޑަން މަރެއް

    18
    1
  15. އިބޫ

    މީގެ ތިންއަހަރު ކުރިން ފްޓްބޯޅަ ޓީމުތަކަށް ދޭންޖެހޭ ފައިސާވެސް ނުލިބޭ. ޢިހައް އެކަން ނިންމާ. މިދެން ކިހާބޮޑު . ތިޔަ މުބާރާތުން އަވަހަށް ކަޓާނެ ނަމަ ދޯ.

  16. ކަޅުސޮރު

    މަހުލޫފު، ތި ކުރާ ކަމަކުން ދިވެހިންގެ ހެޔޮދުއާ ނުލިބޭނެ އެއްވެސް އެތުލީޓަކަށް. އެންމެން ދުއާ ކުރާނީ ބަލިވޭތޯ. އަހަރެންވެސް ދުއާކުރާނަން އެކަކަށްވެސް އެއްވެސް ވަނައެއް ނުލިބޭތޯ.

  17. ޔަހުޔާ

    މޮޔަ އެއް އަތަށް ކަނޑި ދިނީމަ ވާނެހާ ގޮތެއް ތިޔަ ވަނީ! އެހެން ނޫނަސް އެއީ ގަލޮޅު ސިނާމާލެ ސަރަހައްދުގަ ލާޗާރު ބިޗާރަށް ތެޅެނިކޮށް މައުމޫން ހޮވައިގެން ގެންގޮސް ސަރުކާރު ތެރެއަށް ވެއްދި ސޮރެއް! ކުފޫ ހަމަނުވާ މީހުންނަށް މިނިސްޓަރުކަމާ އެހެނިހެން ބޮޑެތި ވެރިކަން ދިނީމަ ވާނެ އެހެން! ވިސްނުމެއް ފިކުރެއް ނުހުންނާނެ! ހަމަ ތަޅާ ބުރުވީމަ ނިމުނީ ނުން! ހީވަނީ އައްޕަ މުދާ ގަނޑުހެން މިލިޔަނުން ލާރި ބަހަން އުޅޭއިރު! އެހެންނުން ވާނި! ބައި އަޅާގޮތަށް ބަހާ ބޮނޑިވަރުވިއްޔަ!

  18. ކަނޑުކޮސް

    މި ނިކަމެތި ރައްޔިތުންގެ ލާރި, ދައުލަތުގެ ބައިތުލް މާލުން ލާރި ނަގާ މި މަރުދުރަށް ބަހާލެވޭތަ ؟ ހެޔޮނުވާނެ އެއްނުން ރައްޔިތުންގެ ލާރިނ މިކަހަލަ ކަނޑުކޮސް ކަންތައް ކުރަން ، ްްްް

  19. ބާކޮލި

    މަހުލޫފުގެ އަމިއްލަ ލާރިތަ ތީ. ހިތު ހުރިހާ ގޮތަކަށް ބަހާލަން؟ ހިޔާނާތުގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލެން ޖެހޭނެ. ދައުލަތުގެ ހަޒާނާއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާއެއް ހޯދާ ދިނުމަށް ވައްކަން ނޫން ކޯއްޗެއް މި ދެން؟