ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅުމަށްޓަކައި މެންޗެސްޓަރ ސިޓީ ލިވަޕޫލް ދަނޑަށް ދިޔަ މަގުމަތީ ލިވަޕޫލް ސަޕޯޓަރުން ވަނީ ސިޓީގެ ބަހަށް ހަމަލާތަކެއް ދީފައެވެ.

ފުޅި އަދި ދަޅު ބަށް އުކުމުން ގެއްލުންތަކެއް ވުމާއެކު ސިޓީ އިން ވަނީ އެންބުރި މެންޗެސްޓަރ އަށް ދިއުމަސް އެހެން އުޅަނދެއް ހަމަޖައްސާފައެވެ. މެޗު ފެށުމުގެ ކުރިން ލިވަޕޫލް އިން ވަނީ މަޢާފަށް އެދި ދަނޑުގެ ބޭރުން ހިނގި މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.

މިހާދިސާގައި ދެ ފުލުހަކަށް ވަނީ އަނިޔާ ތަކެއް ލިބިފައެވެ. ލިވަޕޫލް އިން ވަނީ މި ހަފްތާގެ ކުރީ ކޮޅުގައި ސަޕޯޓަރުން ދަނޑުގެ ބޭރުގައި ކުލަ ބޮން އަދި ބަޑި ބޭސް ގެންގުޅެފި ނަމަ ކުއްވެރި ވާނެ އަންގާފައެވެ. ނަމަވެސް ސިޓީގެ ބަސް ދަނޑައް އައުމުގެ އިރުކޮޅެއްކުރިން މުޅި ހިސާބުވަނީ ރަތް ކުލައިންނެވެ.

މާސީސައިޑް ފުލުހުން ބުނެފައިވަނީ މިމައްސަލަ ތަހުގީގު ކުރާނެ ކަމަސެވެ.

ލިވަޕޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާއާއި ގުޅިގެން ލިވަޕޫލް ގެ ފަރާތުން ޕެޕް ގާޑީއޯލާ އަށާއި ކުޅުންތެރިން އަދި ޓީމުގެ އޮފިޝަލުންނަށް ނިހާޔަތައް މާފައް އެދޭ ކަމަށާއި ބައެއް ސަޕޯޓަރުން ގެ އަހުލާގަކީ އެއްގޮތަކައް ވެސ ބަލައިގަނެވޭ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި އެއީ ކޮން ބައެއްތޯ ހޯދުމުގައި ކަމާއި ބެހޭ ފަރާތްތަކާ އެކީ މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިހާދިސާގައި ބަހުގެ ތެރޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބަހުގެ ބައެއް ކުޑަ ދޮރުފަތްތަކައް ވަނީ ގެއްލުންތަކެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންގިރޭސީންނަކީ މާރާމާރީ ހިންގުމުގައި ދުނިޔެއިން 1 ވަނަ

  2. އިންގިރޭސީންނަކީ ތިޔަކަހަލަ ގޮތްކުޑައަމަލު ކުރުމުގެ ސަގާފަތެއް އޮތްބަޔެއް! އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭގަވެސް ދަަނޑެއްގާ ތަޅައިގެން އެތައް ހާސް ބަޔަކަށް އަނިޔާވެ ގިނަ އަދަދެއްގެ މީހުން މަރުވި