ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ 1-4 އިން ރޯމާ ބަލިކޮށް މުބާރާތުގެ ސެމީފައިނަލާއި ގާތަށް ބާސެލޯނާ އިން ޖެހިލައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރޯމާ އިން ވަރަށް ޑިފެންސިވް ގޭމެއް ކުޅުނު ނަމަވެސް މެޗުގެ 38 ވަނަ މިނެޓްގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލަކީ ރޯމާގެ މިޑްފީލްޑަރު ޑި ރޮސީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ބާސާ އިން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލަކީ ވެސް ރޯމާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓްގައި މި ގޯލު ވަނީ ރޯމާގެ ޑިފެންޑަރު ކޮސްޓަސް މަނޯލަސް އަތުންނެވެ.

އަދި މެޗުގެ 59 ވަނަ މިނެޓްގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. މި ގޯލަށްފަހު ބާސާ އިން ވަރަށް ހަމަޖެހިލައިގެން ކުޅެމުންދަނިކޮށް މެޗުގެ 80 ވަނަ މިނެޓްގައި ރޯމާ އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު ރޯމާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެޑިން ޒެކޯއެވެ.

މި ގޯލަށްފަހު ރޯމާ އިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 87 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ސުއަރޭޒްގެ މި ގޯލަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލާ ގާތަށް ބާސާ ޖެހިލާފައިވާއިރު މުބާރާތުގެ ސެމީ އަށް ބާސާ އެންމެފަހުން ދަތުރުކުރީ 2015 ވަނަ އަހަރުއެވެ. އެފަހަރު ބާސާ އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

ބާސާ އާއި ރޯމާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެވިއްޔާއިން ބައިކޮޅައްޖެހި ދެލަނޑުގެ ވާހަކަ ނުދައްކާ ގައިމަކު، އޯކޭ އަހަރެމެންނައް ރޯމާއިން ބައިކޮޅައްވަން ދެގޯލްނުލާވެސް އޮންނާނީ ތިން ޕޮއިންޓް ނަގާފަ، މެޑްރިޑް ފޭނުން ހަސަދަވެރިވިޔަސް ބޮޑުވަރުމީ..