ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގުމުގެ ކަންތައްތަކާ ހަވާލުވެ ތިބި ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ އެއްވެސް ހަރަކާތަކީ ވީއޭއެމްގެ ރަސްމީ ހައިސިއްޔަތު ލިބިދެވޭނެ ހަރަކާތެއް ނޫން ކަމަށް އެ އެސޯސިއޭޝަން އިން ބުނެފި އެވެ.

ވީއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން އެ އެސޯސިއޭޝަންގެ ނަމުގައި ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ އެއްވެސް ހަރަކާތަކީ އެފްއައިވީބީ އަދި ވީއޭއެމް އާއި ގުޅިފައިވާ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ހަރަކާތެއް ނޫން ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީގެ ޒިންމާ އަކީ ލަތީފުގެ އެކްސްކޯއާ މެދު ޔޫތު މިނިސްޓްރީން، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅި މައްސަލަތައް ތިން މަސްދުވަހުގެ ތެރޭގައި ހައްލު ކުރުމަށް ފަހު އަލުން އިންތިހާބެއް ބޭއްވުމެވެ.

އަހުމަދު ސަލީމުގެ އިސްނެންގެވުމުގެ މަތިން ފަސް މެންބަރުންގެ ކޮމިޓީއެއް އެއިރު އެކުލަވާލެއްވި އެވެ. އެ ކޮމިޓީގެ ޗެއާމަން އަކީ ބާސްކެޓްބޯލް އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި އަބްދުﷲ އާމިރު އެވެ. ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އެންގި ނަމަވެސް އެފްއައިވީބީ އިން އާމިރު އަށް މި މަހުގެ 4 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވީއޭއެއެމްއަށް އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީ އެ އިދާރާ އިން ބަލައި ނުގަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެ ސިޓީގައިވާ ގޮތުން އެފްއައިވީބީން ގަބޫލުކުރަނީ އިންތިހާބަކާ އެކީ އައިސްފައިވާ ވީއޭއެމްގެ ލީޑަޝިޕް އެވެ. އެއީ އެންމެ ފަހުން އޮތް ލަތީފްގެ ލީޑަޝިޕް އެވެ.

އެފްއައިވީބީގެ ޖެނަރަލް ޑައިރެކްޓާ ފަބިއޯ އެޒެވޭޑޯ ސޮއިކޮށް، ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެފްއައިވީބީގެ އަސާސީ ގަވާއިދުގެ 1.6.4 ގެ މާއްދާގެ ދަށުން ދައުރުގެ މެދުތެރެއިން އެއްވެސް މެންބަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ބަދަލު ކުރުމުގެ ބާރު ލިބިފައި ވަނީ ހަމައެކަނި އެ މެންބަރު އެސޯސިއޭޝަންގެ އިތުރުން އެފްއައިވީބީ އަށް ކަމަށެވެ.

އަދި މީގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީން ކުރަމުން އަންނަ ވީއޭއެމްގެ މަސައްކަތް އެފްއައިވީބީ ގަބޫލުކުރާ ލަތީފްގެ ކުރީގެ ލީޑަޝިޕާ ހަވާލުކުރުމަށާއި އެގޮތަށް ކަންތައްތައް ފުރިހަމަނުވެއްޖެ ނަމަ ރާއްޖެ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެފްއަައިވީބީގެ ސިޓީގައި ބުނެފައިވެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި އެފްއައިވީބީގެ ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތަށް ވީއޭއެމްގެ ހިންގުން، އިންތިޚާބީ ކޮމިޓީ އާއި ހަވާލުކޮށްދެެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަށް ސިޓީ އަކުން މި މަހުގެ އަށްވަނަ ދުވަހު ދަންނަވާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލޮޅު ދުއްޕާން

    ކަލޯ މިނިސްޓަރު އަތަށް ނުގޮވަނީ ކޮންކަމެއް. ސިޔާސީ މީހުން އަދި ރިލޯޑްްކުރާމީހުން މިފަދަ މިނިސްޓްރީތަކަށް ގެނައިމަ ހަތަރެސްކަން ހަމަވަނީ މިޔޮއްގެން.

  2. ގަސަމް

    ނުކުރާނެ ތިޔަ ރައީސް އެއްލޯ އާމިރު އަކީ ވޮލީ ބޯޅައެއް ހުވަފެނުން ވެސް ފެނުނު މީހެއް ނޫން،. ދެން ހުރި ބޯގަންވިލާ ރޯނުއެދުރު އަހުމަދު އިސްމާލު ބާސްކެޓް އަދި ހޭންޑް ބޯޅަ ހަލާކު ކޮއްފަ މިހާރު ވޮލީގެ ދުވަސް ދުއްވާލަނީ ދެބަހެއްބުނާ އިރަށް ލޭމައްޗައް ދާ ވަރައް ރުންކުރު މީހެއް މިބައިގަންޑު ކިބައިން ކުޅިވަރުތައް ސަލާމަތް ކޮއްދެއްވުމަށް އެދި ދުވާ ކުރަން