ރައީސް ޔާމީން އަށް ތާއިދުކޮށް ޒުވާނުންތަކެއް ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން – ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން އަށް ތާއިދުކޮށް ޒުވާނުންތަކެއް ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން – ފޮޓޯ: ރައީސް އޮފީސް

ކުލަބް ޖަމިއްޔާތަކާއި ކުޅިވަރުގައި ހަރަކާތްތެރިވާ ކުޅުންތެރިންގެ ކުރިއެރުމަށާއި އަމިއްލަ ފައިމައްޗައް ތެދުވުމަށް ސަރުކާރުން މިދިޔަ 4 އަހަރު ތެރޭ 268 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮއްފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ ބޮޑުކޮށް ޒުވާނުންނަށް ކުޅިވަރުގެ ރޮގުން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މާޗް މަހުގައި ނެރެފައިވާ ރިޕޯޓްގައި ވާގޮތުން 2014 ވަނަ އަހަރު 29 ކުލަބް ޖަމިއްޔާއަކަށް 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު 44 ކުލަބް ޖަމިއްޔާތަކަށް ކައުންސިލްތަށް މެދުވެރިކޮށް 2015 ވަނަ އަހަރުވަނީ 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި 2016 ވަނަ އަހަރު 1.4 މިލިއަން ރުފިޔާ ވަނީ 30 ކުލަބް ޖަމިއްޔާއަކަށް ޚަރަދުކޮށްފައެވެ.

ޔޫތް މިނިސްޓްރީގެ ދަފްތަރުގައި 2015 ވަނަ އަހަރު އަންހެން ފިރިހެން ހިމެނޭ ގޮތަށް 207 ކުޅުންތެރިން ހިމެނިފައިވާއިރު އެ ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި އެއަހަރު 7.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެކުޅުންތެރިންނަށް ދީފައެވެ. 2016 ވަނަ އަހަރުގައި ކުޅުންތެރިންގެ އަދަދު 231 އަށް އިތުރުވެފައިވާއިރު އެއަހަރު 8.4 މިލިއަން ރުފިޔާ ވަނީ ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ހަރަދުކޮށްފައެވެ. އަދި 2017 ވަނަ އަހަރު 9.5 މިލިޔަން ރުފިޔާ މުސާރައިގެ ގޮތުގައި 243 ކުޅުންތެރިންގެ މައްޗަށް ވަނީ ޚަރަދުކޮށްފައެވެ.

އެކި އެކި ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް ބަޖެޓް ދެނީ ޔޫތު މިނިސްޓްރީއިން ކަމަށްވާއިރު 2014 ވަނަ އަހަރު 15 ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ޔޫތު މިނިސްޓްރީއިންވަނީ 21 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2015 ވަނަ އަހަރު 29 މިލިއަނަށްވުރެ ގިނަ ރުފިޔާ 17 ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ޚަރަދުކޮށްފައިވާއިރު 2016 ވަނަ އަހަރު 19 ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް 34 މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ޚަރަދުކޮށްފައެވެ. އަދި 2017 ވަނަ އަހަރު 4 މިލިޔަނަށްވުރެ ގިނަ ފައިސާ ތަފާތު 19 ކުޅިވަރު އެސޯސިއޭޝަނަކަށްވަނީ ދޫކޮށްފައެވެ.

ކުޅިވަރު ކުރިއެރުވަމަށާއި ކުޅިވަރު ހަރަކާތްތަށް ބެއްވުމަށް 2014 ވަނަ އަހަރު 674،325.72 (ހަލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ދެލާރި) 33 ކައުންސިލަކަށް ދީފައިވާއިރު 2015 ވަނަ އަހަރު 56 ކައުންސިލަކަށް 1 މިލއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ. 2016 ވަނަ އަހަރު އެކި ކައުންސިލްތަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު 2017 ވަނަ އަހަރުގައި 17 ރަށެއްގެ ފުޓްބޯޅަ ދަނޑު މަރާމާތުކުރުމަށް 680،613.90 (ހަލައްކަ އައްޑިހަހާސް ހަސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ލާރި) ޚަރަދުކޮއްފައިވެއެވެ.

2017ވަނަ އަހަރު 2ވަނަ ޑިވިޜަން ފުޓްބޯޅަ 8 ކްލަބަށް 165،600.00ރ ( އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަސަތޭކަ ރުފިޔާ) ދޫކުރެވިފައިވާއިރު ހަމަ އަހަރު 1 ވަނަ ޑިވިޜަން ފުޓްބޯޅަ 8 ކްލަބަށް 1,980,000.00ރ (އެއްމިލިޔަން ނުވަލައްކަ އަށްޑިހަހާސް ރުފިޔާ) ދޫކުރެވިފައިވެއެވެ. އަދި 1 ވަނަ ޑިވިޜަން 8 ކްލަބްގެ ކޯޗުންނާއި އެސިސްޓެންޓް ކޯޗުންނަށް 867،000.00ރ (އަށްލައްކަ ފަސްދޮޅަސް ހަތްހާސް ރުފިޔާ) ވަނީ ޚަރަދުކުރެވިފައެވެ.

މީގެ އިތުރުންވެސް ޔޫތު މިނިސްޓްރީއިން ވަނީ ތަފާތު އެކު ކުޅިވަރުތަކަށާއި އެކިއެކި ގައުމީ ފެންވަރުގެ ވަނަތަށް ހޯދި ކުޅުންތެރިންނަށް އިނާމްދިނުމަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކަމު އަޅުގަޑު ދެކޭ ގޮތުގައި ރައީސް ޔާމީންގެ ކެބިނެޓް ރި ސްޓަރަކްޗަރ ކުރައްވަންޖެހޭ ފަން އިސްތަށި ކޮޅެއް ރަގަޅު ނުވެގެން އުޅޭ މިނސްޓަރުންނާއި ފާޑަކަށް ހެވިފަ ލަދުން ބިރުން ހުނަނަ ކުދަކުދިން ރަގަޅުވާނީ ކުރިންވެސް ތިބިގޮތަށް އެން.ޖީ.އޯ ކަން ކުރައްވަން ތިބުން

  2. ސުކޫލު ގައި އުޅޭ ދަރިވަރުންގެ އަޚްލާޤް ރަނގަޅު ކުރުމަށް ކޮންކަމެއް ކުރެވުނީ. ގަދަކމުން ތައުލީމު ދެނީ ތަރުބިއްޔަތެއް ނުދެވޭ.