ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފެށުމުން ކްލަބްތަކަށާއި ދިވެހި ފުޓްބޯޅަ އަށް ކުރި އެއްވެސް ފައިދާއެއް އެއް ނެތް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު ސުޒޭން ބުނީ، މީގެ ކުރިން ޖޫންގައި ސީޒަން ފަށަން އުޅޭތީ އެކަމާ ދެކޮޅަށް އޭނާ އާއި ބައެއް މީހުން ވާހަކަ ދެއްކުމުން، ކުލަބުތަކުން އެކަން ބަލައިނުގަތީ ޖޫންގައި ސީޒަން ފެށުމުން ކުލަބުތަކުގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުވެ ރާއްޖޭގެ ފުޓްބޯޅައަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ބުނެ ކަމަށެވެ.

"އަޅުގަނޑު ކޮށްލަން ބޭނުންވޭ އެ ސުވާލު. ކޮބައިތޯ ލިބުނު ރަނގަޅު ފައިދާ އަކީ؟ މިހާރު މިއޮތް ގޮތަށް ބަދަލު އައީމާ ފައިދާ ވާނެޔޭ ބުނި މީހުން ކޮބައިތޯ؟ ޖޫން މަސް ނިމިގެން ހިނގައްޖެ. މިހާރު ތިން މަސް މިވީ. އެކަމަކު މިފެންނަ މަންޒަރަކީ ކުލަބުތަކުގެ ކޯޗުންތައް އިސްތިއުފާ ދެމުން މުސާރަތައް ފުނިޖެހި ޕެންޑިން ވަމުން ދާތަން." ސުޒޭން ބުންޏެވެ.

ޕްރީ މެޗު ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ވަނީ ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން އެއްކޮޅަށް ވާހަކަދެއްކި މީހުންނަށް ސުވާލުތަކެއް ރައްދުކޮށްފަ އެވެ. އަދި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ނެރުނުއިރު ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗުތައް އޮންނަ ތާރީހު އެންމެނަށްވެސް އެނގޭ ކަމަށާއި އެމެޗުތަކުގެ ސަބަބުން ދިވެހި ލީގަށް ތާށިނުވާނެހެން ވިސްނައި ދުރާލައި ސީޒަންގެ ކަލަންޑަރު ނުނެރުނީ ކީއްވެގެންތޯ ސުޒޭން ސުވާލު އުފެއްދި އެވެ.

ސުޒޭން އިތުރަށް ބުނީ ދިވެހި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ތެރެއިން މާޒިޔާ ފިޔަވައި ދެންތިބި ހުރިހާ ޓީމެއްގެ މާލީ ހާލަތު އޮތީ ދަށުގައި ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް ގްރީން ސްޓްރީޓްސްގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ސުޒޭން ބުންޏެވެ.

މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާއިރު މީގެ ދެދުވަހެއް ވަރު ކުރިން ފުރަތަމަ ޑިވިޝަންގެ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީގެ ކޯޗުން ވަނީ މަގާމުތަކުން އިސްތިޢުފާ ދެއްވާފަ އެވެ.

ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު އާދަމް އިސްތިޢުފާ ދިން ސަބަބާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ ކްލަބުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށާއި ވިކްޓްރީގެ ސްކޮޑުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެޓީމަށް ބިދޭސީ ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ދިވެހި ދެތިން ކުޅުންތެރިއެއް ގެންނާނެ ކަމަށް ކްލަބުގެ މެނޭޖުމެންޓުން އޭނާގެ ގާތުގައި ބުނެފައިވީ ނަމަވެސް ސީޒަން ފެށިގެން ކުރިއަށްދާއިރުވެސް ކްލަބަށް ކުޅުންތެރިން ގަނެވޭ ވަރެއް ނުވި ކަމަށެވެ.

ޓީސީގެ ކޯޗުކަމުން އާތީ އިސްތިއުފާދިން ސަބަބުތަކުގެ ތެރޭގައި ޓީސީއާއި އޭނާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އޭނާއަށް ދޭން ޖެހޭ ފާއިތުވި 3 މަސް ދުވަހުގެ މުސާރަ ކްލަބުން އޭނާ އަށް ދީފައިނުވުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯހަލާކު

    ދިވެހި ކްލަބުތަކުގެ މާލީ ހާލަތު ދަށްވެގެން ބަގުރޫޓުވެގެން މުސާރަ ނުދެވިގެން އުޅެނީ މުބާރާތްތައް ނުބާއްވާތީއެއް ނޫން. ކްލަބުތަކުގެ މެނެޖްމަންޓުން އެ ކްލަބުތައް ހިންގާގޮތުން. އެއީ ބައެއްގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫން. ކްލަބުތައް ހިންގަންވާނީ ކްލަބްތަކަށް ލިބޭ އާމްދަނީއަށް ބަލައިގެން. އާމްދަނީ ލިބޭނޭގޮތްތައް ހޯދުމަށް އިންވެސްޓް ކުރުމަކީ ކްލަބްތަކަށްވެސް އެކްލަބުތައް ހިންގާ މީހުންނަށްވެސް އޮތް ޒިންމާއެއް. އަބަދާއަބަދު ދައުލަތުގެ ކުންފުނިތަކުންނާއި ސަރުކާރުން ޚަރަދުދީގެން ކްލަބުތައް ހިންގަން އުޅުމަކީ ނާތަހުޒީބު ގޮތެއް ފޮތެއް ނެތް އަމަލެއް. އިންވެސްޓް ކުރާނެ ގޮތްތައް ކުރިން ނެތް ނަމަވެސް މިހާރު އެދޮރު މިވަނީ ހުޅުވިފައި. އެތައް ކުންފުންޏަކުން ހިއްސާގެ ބާޒާރުވެސް މިއޮތީ ހުޅުވާލާފައި. ކްލަބުތަކާއި ކްލަބުތައް ހިންގާ މީހުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވޭ ހާލު އެހެން މީހުންނާ ދިމާއަށް އެއްޗެހި ގޮވުމަކީ ގޮތެއް ފޮތެއް ތިމާމެންގެ ކިބައިގެން ނެތްކަން އަދި ވަކިންބޮޑަށް ހާމަވާކަމެއް.

    5
    2
  2. ާައަސްލަމް

    މީނަދެން ދަޢްކާވާހަކައިން މީނަވަރުގެމީހަކުނެތް ކަމަށްމިވަނީ ދިވެހި ފުޓްބޯޅައަށް ފައިދާވާގޮތަކީ ކޮބާކަންވެސް މީނައަކަށް ނޭންގެ.އަހަރުމެންނަށް އެނގެނީ ދިވެހި ފުޓްބައަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭކަމެ

    3
    1
  3. ހިސޯރު އަލީ

    މިމީހުން ކޯޗުންނަށް އައިފަހުން ފުޓްބޯޅައިގެ ރޫޙު މުޅިން ކެނޑިއްޖެ... މުޅިންވެސް އަނެކާ ކުއްވެރި ކުރުމާއި މޮޅު ގޮތް ކިޔާދިނުން އޮންނަނީ.. ޓީމުތަކާއި، އެފްއޭއެމްގެ މެނޭޖް މެންޓާ ބެހުން އޮންނަނީ.. އާނ ފަހެ ކުޅުންތެރިންގެ ހުނަރުވެރިކަން އިތުރުކުރަން ކުރެވޭ މަސައްކަތް ހަމަ ސުމަކުން ސުމެއް.. މެޗަކުން ބަލިވެއްޖެއްޔާ ރެފްރީ ގޯސްވީ... އެހިސާބުން އެ "ނިމުނީ"

    2
    1
  4. އަލީ

    އަނެއްކާވެސް ނޫސްވެރިންނަށް މައުލޫމާތުދޭން އެ އެރީ ތެޔޮފުޅި އެކީ އުނގުޅައިގެން...

    1
    1