ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ޒަމާނުއްސުރެ ކުޅެމުން އަންނަ ބަށި ބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލަން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތުގެ އުސޫލު ބަދަލުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

މިނިސްޓްރީ އިން ބުނެފައިވަނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ޘަގާފީ ކުޅިވަރުތައް ހިންގާ ޖަމުއިއްޔާތަކަށް ކުޅިވަރުގެ ގައުމީ ހައިސިއްޔަތު ދެމުން އަންނަ އުސޫލު ބަދަލުކޮށް، ކުރިއަށް އޮތް ތަނުގައި އެ އެސޯސިއޭޝަންތަކަށް ގައުމީ ހައިސިއްޔަތު ނުދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ނިންމާފައިވަނީ ބަށިބޯޅައަކީ ބައިނައަލްއަގުވާމީ މައިދާނުގައި ވާދަކުރެވޭ ކުޅިވަރަކަށް ނުުވުމާއި އެ ކުޅިވަރަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ސަގާފީ ކުޅިވަރެއްގެ ގޮތުގައި ވަކި ހާއްސަ މުނާސަބަތުތަކާ ގުޅިގެން ކުޅޭ ކުޅިވަރެއް ގޮތުގައި ފާހަގަކުރެވިފައިވުމާއި ބަށިބޯޅަ އަކީ ޕްރޮފެޝަނަލް އެތުލީޓުން ބިނާކޮށް ތަމްރީންކުރެވޭ ކުރެވޭ ކަހަލަ ކުޅިވަރަކަށް ނުވާތީ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އިން ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ބަށިބޯޅަ އެސޯސިއޭޝަން އާއި ހަވާލުކޮށްފައިވާ އޮފީސް ހުސްކުރެއްވުމަށްފަހު މިނިސްޓްރީ އާއި ހަވާލުކުރުމަށް ދަންނަވާފަ އެވެ. މިނިސްޓްރީގެ ނިންމުމާއެކު މީގެ ފަހުން ބަށިބޯޅަ އަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ އެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަށިބޯޅަ އިދާރާ ރަޖިސްޓްރީ ކޮށްފައިވަނީ 28 މާރޗް 2016 ގައި ބޭއްވި ކުޅިވަރުގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބުރާހިމް ''ވަގުތު'' އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ މިނިސްޓްރީން ބަށި ކުރިއަށްއޮތްތާގައި ކުރިއަރުވަން ބޭނުންވަނީ މުނާސަބަތުތަކާއި ގުޅިގެން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ކަމަށާއި ބައްޓަކީ ވާދަވެރިކޮށް ކުރިއަށްގެންދެވޭނެ ކުޅިވަރެއް ނޫން ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި ރާއްޖޭގައި ކުރިންވެސް ބަށިބޯޅަ ކުޅެމުން އައި ޘަގާފީ ގޮތަށް އެ ކުޅިވަރުގެ ރޫޙު އާލާކުރުމަށްޓަކައި މިނިސްޓްރީން އެއްބާރުލުން ދޭނެ ކަމަށެވެެ.

'' ބައްޓަކީ ވާދަވެރިކޮށް ކުޅޭ ކުޅިވަރެއް ނޫން. މިނިސްޓްރީން ބޭނުންވަނީ ޒާހިރު ނަސީރު އާލާކުރެއްވި މި ކުޅިވަރުގެ ރޫހު، ފެނިގެންދާ ފަދަ ގޮތަކަށް ބަށިބޯޅަ ކުރިއަށްގެންދަން. ކުޅުންތެރިންނަށް އަނިޔާނުވެ ވީހާވެސް ރާއްޖޭގެ ޘަގާފަތާއި ގުޅިގެންދާ ކަހަލަ ގޮތަކަށް ބަށިބޯޅައިގެ މުސްތަގްބަލް ބައްޓަންކުރަން. ސަރުކާރުން ގައުމީ ހައިސިއްޔަތު ބަށިބޯޅައަށް ނުދިން ކަމުގައިވިޔަސް ކުރިއަށްއޮތްތާގައި ވެސް މި ކުޅިވަރަށް އެކިގޮތްގޮތުން އެހީތެރިވާނެ. އެކަމަކު ވާދަވެރި މާހައުލެއްގައި ބަށިބޯޅަ ކުޅޭކަށް ނުން، ކުރިންވެސް ކުޅެމުން އައި ގޮތަށް ޘަގާފީ ކުޅިވަރެއްގެ ގޮތުގައި މި ކުޅިވަރު އާލާކޮށް ދިރުވުމަށް، '' ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދސދ352ހަސް

    ހިނި އަންނަނީ ލަކުޑި މިސްކިތްމަތީން ހަނދާން ވަނީ

    32
    1
  2. ސަރީފާ85

    ބަށި ހިމާޔަތުގަ ކާކުބާހުރީ

    37
    4
  3. އަލީހަމީސް

    ތަރިކަ ހިމާޔަތް ކުރުން ތަފާތުގޮތަކަށް

    48
    3
  4. ޢަލީ

    ތި ނަޝީދާ ދެކޮޅަށް މަހުލޫފު ނިންމި ނިންމުމެއް، މަހުލޫފު އިސްތިއުފާ ދިނުމަށް ގޮވާލަން، އަދި ހުރިހައި އަންހެނުން އިހުތިޖާޖަށް ނިކުތުމަށްވެސް ގޮވައިލަން. ތި ކުޅިވަރަކީ ހަމައެކަނި ރާއްޖޭގެ އަމިއްލަ އުފެއްދުން ތި އުވާލެވުނީ ޤައުމިއްޔަތުގެ އެއްތަނބު، އޯކޭ އަހަރެމެންގެ ވެރިކަމެއްގައި އަލުން ތިކުޅިވަރު ދިރުވާނަން.

    48
    8
  5. ކަމާލު

    މި ރާއްޖޭގެ ކާބަފައިންގެ ކުޅިވަރު އުވާލާ ނެތިކޮށް ލުމަކީ ކޮންކަހަލަ ކަމެއްބާ؟

    މަންމަމެންވެސް މާމަމެންވެސް ބަށިބޯޅަ ކުޅެ އުޅުނު.

    ބަށި ބޯޅަ އުވާ ލުމަކީ އެހެން ގޮތެއް

    45
    5
  6. ހަޤީގަތް

    ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ޒަމާނުއްސުރެ ކުޅެމުން އަންނަ ބަށި ބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލަން ޔޫތް މިނިސްޓްރީން ނިންމުމަކީ ވަރަށް ހިތާމަހުރިކަމެއް. އެއީ ބަށިކުޅުމަކީ ދިވެހި ޘަޤާފީ ކުޅިވަރަކަށް ވެފައި މުޅި ދުނިޔޭގަވެސް މިކުޅިވަރު ކުޅެނީ ދިވެހިރާއްޖޭގަ ކަމަށް ވާތީ. މީ ދިވެހިންގެ ތަރިކައެއް. އެއްބަޔަކު ޤައުމީ ތަރިކަ އާއި ޘަޤާފަތް އާލާކުރާއިރު އަނެއްބަޔަކު ޤައުމީ ތަރިކަ އާއި ޘަޤާފަތް އުވާލަނީ.

    44
    3
  7. ކަނބުލޮ

    ޖަޒީރާ ވަންތަކަން ފެނޭނު.

    36
    3
  8. ބޮއިކަޓް ޢަލީ

    ޤައުމިއްޔަތު

    28
    2
  9. ނަޖީބު އައްބާސް

    ބަލަ ތިކުޅޭ ކޮންމެ ކުވަރަކީވެސް ކޮންވެސް ގައުމަކުން އުފެދިން އައި ކުވަރެންނޫންތޯ! އެކުވަރެއް ތަރައްގީކޮއް ބައިނައަލްއަގުވާމީ މައިދާނުގަ ވާދަކުރވޭވަރު ކުވަރަކަން ހެމަކީ ކުވާބޭހޭ ވުޒާރާގެ ކަމެއްނޫންތޯ

    41
    2
  10. Anonymous

    ދެން މަށާ މަހުލޫފު އާއި ދެމީހުންވެގެން ބަށި ބޯޅަ ކުޅޭނީ.

    13
  11. އަމީނުދީދީ

    ބަލަ ދޫނިރާއްޖެއޭކިޔައިގެން ދިވެހި ބޯގަޅިނއނަށް އެޖެންޑާ 19 ހެހެހެހެ

    12
  12. ޢަހުރނ

    ލިޔުމުގައި އޮންނަ ގޮތް ބަދަލު ކޮއްލުމަކީ ވ ފަސޭހަ ކަމެއް.. ތިޔަވެސް ވ ބޮޑު ހިދުމަތެކޭ ކިޔަންވީދޯ.. އަމަލީ ގޮތުން ކަމެއް ކޮށްނުލެވޭ އަނގަ ގަދަ ކުރި މަހެއަށް

    14
  13. ޙާމިދު

    މަހުލޫފު ޓްވީޓެއް ނެތްތޯ މިސަރުކާރުގެ ދުވެލި ބާރުކަމުން އެތައް އަހަރެއް ވީއިރު ކުޅެމުން އައި ކުޅިވަރެއް މިސަރުކާރަށް އަހަރެއް ނުވަނީސް އުވާލެވުނީމަ އެކަން ފާހަގަކުރަން

    3
    1
  14. ނޫގަލަން

    ކަމުގެ ގޮތުން ތިޔަނިންމެވި ނިންމުން ރަނގަޅުކަމުގައި ދެކެން. ނަމަވެސް އޭގެބަދަލުގައި އަންހެނުންނަށްޓަކައި އެކަށީގެންވާ އިންޓަނޭޝަނަލް ކުޅިވަރެއް ތަޢާރަފް ކުރުމަށް ފެނޭ.

  15. ނަން

    ބަށި