ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން 13 އަހަރުން ދަށުގެ ސްކޫލް ކުދިންނަށް 'ކިޑްސް ފުޓްބޯލް ފިއެސްޓާ' ގެ ނަމުގައި ޙާއްސަ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މުބާރާތް އިންތިޒާމް ކުރަނީ ޓުއަރިޒަމް މިނިސްޓްރީ އާއި އެފްއޭއެމް އަދި ޓުއަރިޒަމް ސިނާޢަތުގެ ކުންފުނިތައް ގުޅިގެންނެވެ.

މި މުބާރާތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލެގެ 17 ސްކޫލަކުން ބައިވެރި ވާނެއެވެ. މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ)، ކީޕަރު އިމްރާން، އަސްހަދު އަލީ (އަޑުބަރޭ) ބައިވެރިވިއެވެ. މީގެ އިތުރުން އެފްއޭއެމްގެ ރައީސް، ބައްސާމް ވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

02 އޮކްޓޯބަރު ވަނަ ދުވަހުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ 'ނޮކް އައުޓް' އުސޫލުން ކުރިއަށް ގެންދާނެ މުބާރާތެކެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ކުޅުންތެރިއަކަށް ސްޕެއިންގެ ފުޓުބޯޅަ އެކެޑެމީ އަކުން ތަމްރީންތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މުބާރާތުން ހޮވާލެވޭ ޑްރީމް ޓީމް ގައި ހިމެނޭ 08 ކުޅުންތެރިންނަށް ދިވެހިރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.

ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ކުޅުންތެރިން ކުޅޭތަން ބެލުމަށާއި އެހީތެރިވުމަށް ރާއްޖޭގެ ކުރީގެ ގައުމީ ޓީމު ތަކުގެ ކުޅުންތެރިން ހަރަކާތްތެރި ވާނެއެވެ. މި މުބާރާތް ބެލުމަށް ރެއާލް މެޑްރިޑް އާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ސަލްގާޑޯ ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ޑްރީމް ޓީމް ހޮވުމުގައި ސަލްގާޑޯ ގެ ދައުރު ބޮޑު ވާނެއެވެ. މިރޭގެ ޖަލްސާގައި ވަނީ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ޖާޒީތައް ވެސް ދައްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަފީ

    ރާއްޖެތެރޭ ސްކޫލް ތަކައް ކީއްވެތޯ ފުރުސަތު ނެތީ؟