ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެލުލަވާލައިފި އެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމް އިން މިއަދު އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ބޭއްވުނު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި ކޮމިޓީގެ މަސްއޫލިއްޔަތަކީ ޖޫނިއާ އުމުރުފުރާއިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ގައުމީ ޓީމުތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލަފާދިނުމާއި، ޓީމުތައް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތަކުގައި އެހީތެރިވެދިނުން ކަމަށެވެ.

މިއީ ދެ ވަޒީރަކު ހިމަނައިގެން އެފްއޭއެމުން ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހީނާ

    ގައުމީ ޓީމް ތަކުގެ ކުޅުން ތެރިންނަށް ދޭންޖެހޭ އުޖޫރަ ދިނުމަައް ގޮވާލަން. ވައުދު ފުއްދަދީ

    9
    1
  2. ޕޮގުބާ

    ގައުމް ދިރުވާލައިފި

    6
    1
  3. ާަާަަައަސްލު

    2ރިލޯޑް