ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބެއް ބޭއްވުމަށް ނިންމައި އިންތިހާބުގައި ވޯޓްލެވޭނެ އަށް ކުލަބު ނޯމަލައިޒޭޝަން ކޮމިޓީ އިން އިއުލާންކޮށްފި އެވެ.

ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލުމަށްފަހު އުފެއްދެވި ނޯމަލައިޒޭޝަން ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީގެ ޒިންމާ އަކީ ލަތީފުގެ އެކްސްކޯއާ މެދު ޔޫތު މިނިސްޓްރީން، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅި މައްސަލަތައް ތިން މަސްދުވަހުގެ ތެރޭގައި ހައްލު ކުރުމަށް ފަހު އަލުން އިންތިހާބެއް ބޭއްވުމެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އިން ނެރެފައިވާ އިއުލާނެއްގައި ވީއޭއެމްގެ އިންތިހާބުގައި ވޯޓުލެވޭ ކްލަބުތައް ވަނީ ހާމަކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަނުން ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކަމަށް އެ ކޮމިޓީއަށް ފާހަގަ ކުރެވިފައިވަނީ އަށް ކުލަބު ކަމަށެވެ. އެ ކުލަބުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބާއި، ޕޮލިސް ކްލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އާއި ޔޫތު ނިއު ޖެނަރޭޝަން އާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބާއި ސްޕޯޓްސް ކުލަބު ހޯކްސް އާއި ކުލަބު ހާފް ލައިން ލިންކޭޖް ކަމަށެވެ.

މި ކްލަބުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު ވީއޭއެމް އިން ބާއްވާފައިވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެއްވެސް ކުލަބެއް ވާނަމަ 24 ސެޕްޓެމްބަރުގެ ކުރިން ލިޔުމުން އެކަން ވީއޭއެމްއަށް އެންގުމަށް ނޯމަލައިޒޭޝަން ކޮމިޓީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އެންގި ނަމަވެސް އެފްއައިވީބީ އިން އެކޮމިޓީގެ ޗެއާމަން އަބްދުﷲ އާމިރު އަށް މި މަހުގެ 4 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ނޯމަލައިޒޭޝަން ކޮމިޓީ އެ އިދާރާ އިން ބަލައި ނުގަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެފްއައިވީބީ އިން ނެރުނު ބަޔާނަށްފަހު އެއާ ވިދިގެން ވީއޭއެމް އިން ނެރުނު ބަޔާނެއްގައި މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ އެސޯސިއޭޝަންގެ ނަމުގައި ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ އެއްވެސް ހަރަކާތަކީ އެފްއައިވީބީ އަދި ވީއޭއެމް އާއި ގުޅިފައިވާ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ހަރަކާތެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާަާަަައަސްލު

    މާރިޔާގެ ދީދީގެ ޅިޔަނު އ.އާމިރު

  2. ސައްދާމް

    މުޅި ބާސްކެޓް ފުންޑާލި ކަލޭގެ މީ. ތަނެއް އޮތީވިއްޔާ ބޯކޮށްޕާލާނެ.

  3. ޙާސަރު ހ

    ޢެންމެ 8 ކުލަބުގެ އެސޯސިއޭސަނެއް

  4. ޢެދުރުބެ

    ޓީ ރެކްސް އައްވެސް ވޯޓް ލެވޭނެ ދޯ ،