ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ނުވަތަ ދަ ބެސްޓް މެންސް ޕްލޭޔާގެ އެވޯޑް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހާސިލްކޮށްފިއެވެ.

މިރޭ އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ ފީފާގެ އަހަރީ އެވޯޑު ނައިޓްގައި ދިން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު މެސީ ހޯދީ ހޮލަންޑުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކުރުމަށްފަހު އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ ނިމިގެންދިޔަ ސީޒަންގައި އޭނާ ކުޅުނު 49 މެޗުގައި 51 ލަނޑު ކާމިޔާބުކޮށް 19 އެސިސްޓް ކޮށްދީފަ އެވެ. ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އިތުރުން ލީގުގެ ރަންބޫޓު ވެސް މެސީ ވަނީ ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަދި ކެރިއަރުގައި އޭނާ ހާސިލްކުރި 6 ވަނަ ޔޫރަޕިއަން ގޯލްޑެން ބޫޓާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަންބޫޓު ވެސް ގެންދިޔައީ މެސީ އެވެ.

ފީފާ ދަ ބެސްޓް އެވޯޑަށް މެސީ އާއި ވާދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވެންޑައިކް ވެސް ވަނީ ނިމިގެންދިޔަ ސީޒަންގައި ކްލަބް ލެވެލްގައި މޮޅު ކުޅުމެއް ދައްކައި ތަށިތައް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ވެން ޑައިކް އަށް މިދިޔަ ސީޒަނަކީ ހަނދާނުން ފޮހެލެވޭނެ ސީޒަނެއް ނޫނެވެ. ސީޒަންގެ ފުރަތަމަ މެޗުން ފެށިގެންގޮސް ފަހު މެޗާއި ޖެހެންދެން ލިވަޕޫލް ޓީމުގެ މައިބަދަ އެއްގެ ގޮތުގައި ހުރެ އިނގިރޭސި ޕްރިމިއާ ލީގުގައި ކްލަބަށް 97 ޕޮއިންޓް ހޯދައި 2005 ގެ ފަހުން ޔޫރަޕްގައި ލިވަޕޫލްގެ ފުރަތަމަ ތަށި ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ވެން ޑައިކް އެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން އިނގިރޭސި އެފްއޭ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފަ އެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ޔުއެފާ އެވޯޑް ނައިޓްގައި މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލައި ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވެސް އުފުލާލީ ވެން ޑައިކް އެވެ.

މިފަހަރުގެ ދަ ބެސްޓް އެވޯޑްގެ ތިންވަނަ މަގާމު ހޯދި ރޮނާލްޑޯ ވަނީ ނިމިގެންދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. ގައުމީ ޖާޒީގައި އޭނާގެ ދެވަނަ ތަށި އުފުލާލުމުގެ އިތުރުން ޔުވެންޓަސް އާއެކު ސެރިއާ ލީގާއި ސުޕާ ކަޕް ވެސް ރޮނާލްޑޯ ކާމިޔާބުކުރި އެވެ.

ނިމިގެންދިޔަ ސީޒަންގައި ރޮނާލްޑޯގެ ފަރާތުން މާގިނަ ލަނޑުތަކެއް ނުފެނުނު ކަމުގައިވިޔަސް އޭނާ ވަނީ މުހިއްމު ގިނަ މެޗުތަކުގައި ލަނޑުތައް ޖަހާފަ އެވެ. އެގޮތުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ގެންގޮސްދޭން ހެޓްރިކް ހަދައި ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޔުވެންޓަސް ސަލާމަތަށްކޮށްދިން މެޗުގައި އެތްލެޓިކޯ މެޑްރިޑް ކޮޅަށް އޭނާ ހެދި ހެޓްރިކް ހިމެނެ އެވެ.

ފީފާ ދަ ބެސްޓް މެންސް ޕްލޭޔާ ހޮވާފައިވަނީ 16 ޖުލައި 2018 އިން 19 ޖުލައި 2019 އަށް ކުޅުންތެރިން ދައްކާފައިވާ ޕާފޯމެންސަށް ބަލައި ނޫސްވެރިންނާއި ފީފާގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރު ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން އާންމުންގެ ވޯޓު އެއްކޮށްލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރޮނަަަލްދޮ އިޒް ޓްރޭށް

    2
    5
  2. ޣގ

    ކޮންގްރާ މެސީ!!???އަބަދުވެސް ބެސްޓް ތީ??

    17
    6
  3. ލޮލް

    މެސީއަށް ތިމަޤާމު ހައްގެއްނޫން!
    ޤައުމީޓީމަށް ، އެއްމެލަޑެއްޖެހުނީ!
    ނިމިދިޔަ ސަރަހައްދީ މުބާރާތުގަ!
    ހަތަރު އަހަރުވެއްޖެ ފައިނަލައްވެސް ޔުއެފާ ޗެނަޕިއަންސް ލީގުގަ ނުދާތަން!
    މެސީގާތު ބުނޭ ދަނޑުވެރިކަން ކުރާށޭ!
    ކޮންމެފަހަރަކު ބަލިވާއިރަށް ރެޓެޔާކޮއްފަ!
    ކަންނެލި ދޯނިފަހަރުގަ މީހުންބަދަލްވާހެން!
    އަނެއްކާާ ދޯނިދުއްވާން ހަވާލުވެފަ!
    ބޮޑުގުޅަ މެސީ!!!

    13
    31
    • ލެއްގި ކޮމިޝަނަރ

      ކަލޭ މެސީގާތު ތިހެންބުނަންވީނުންދޯ؟ ލަދުން ބުނަން ނުކެރިގެން ތިއުޅެނީ ކީއްވެގެންތަ؟ ގޮސްބުނޭ ތީ ތިމައްނަގެ އެވޯޑެކޭ، އޮޅިގެން މެސީއަށް ދެވިފައިވާތީ އަބުރާ ހަވާލުކުރަށޭ. އަނެއްކާ ސްޕެނިސް ބަހުން މިހެން ބުނެލަން ލޮލްއަށް ނޭންގޭތީ އެހެން މީހަކު ތުރޫކޮށް ބުނަންތަ ތިއުޅެނީ......؟

      11
      4
    • ލަލީގާ ވާސަސް ސީރިއޭ

      ލޮލް، ތިބުނީ ހަމަ ހަގީގަތެއް. އެކަމަކު މީގަ ބަލަނީ އެސީޒަނެއްގެ ވަކިވަކި ކުޅުންތެރިންގެ އިންޑިވިޑުއަލް ޕާފޯމަންސް އަށް. މިސާލަކަށް ނިމިދިޔަ ސީޒަނުގައި ގޯލްޖެހި އަދަދަށާއި އެކުޅުންތެރިއަކު ކުޅޭ ޓީމަށް ގޯލް ޖަހުމަށް އެސިސްޓްވި މިންވަރަށް. މިހުރިހާ ކަމެއްވެސް ބަލަނީ ސްޕޯޓްސް ޖަރނަލިސްޓުންނާއި، ކުޅުންތެރިންނާއި، ކޯޗުންނާއި، އާއްމުންގެ ވޯޓަކުން.

  4. އައްމި

    ހައްގު މިންވަރު އެގޭތޯ

    12
    1