އަވައްޓެރި ސްރީލަންކާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، ދިނޭޝަން ޗަންދިމާލް އެޤައުމުގެ އަސްކަރިއްޔާ އާއި ގުޅިއްޖެއެވެ.

އޭނާ ލަންކާގެ އަސްކަރިއްޔާ އާއި ގުޅިފައިވަނީ މިއަދު ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ. ދިނޭޝް އަސްކަރިއްޔާގައި މަސައްކަތް ކުރާނީ އަސްކަރިއްޔާގެ ވޮލެންޓިއަރ ފޯސްގެ އޮފިސަރެއްގެ ގޮތުގައެވެ.

ރިޕޯތްތައް ބުނާގޮތުގައި ދިނޭޝް އަސްކަރިއްޔާ އާއި ގުޅުމަށްފަހު ތަމްސީލު ކުރާނީ އެ ޤައުމުގެ ސިފައިންގެ ކްރިކެޓް ޓީމެވެ. މި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިނޭޝްގެ އިތުރުން ލަންކާގެ ޤައުމީ ކްރިކެޓް ޓީމުގެ ހަތަރު އިތުރު ކުޅުންތެރިއަކުވެސް އެޤައުމުގެ އަސްކަރިއްޔާ އާއި ގުޅުމަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ކުރިޔަށް އޮތް ދެ ވަރަކަށް ހަފްތާ ތެރޭގައި އެފަރާތްތައް އަސްކަރިއްޔާ އާއި ގުޅުމަށް ހަމަޖެހިފައިވާކަން ހާމަކުރި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިން

    ސުޕުން ވެސް އަސްކަރިއްޔާ އައް ގެންދޭ ، ދިވެހި ފަސްގަނޑުގަ ހުރި ވަބާއެއް