ބަންގްލަދޭޝްގެ ޗިއްޓަގޮންގްގައި ބާއްވާ ސައުތު އޭޝިއަން ކުލަބް ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވާ ރާއްޖެ ޓީމް އިއްޔެ ބަންގްލަދޭޝްއަށް ފުރައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އައިލެންޑް އޭވިއޭޝަން ސާރވިސް ލިމިޓެޑްގެ މޯލްޑިވިއަަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެއެވެ.

ބަންގުލަދޭޝްގެ ޗިއްޓަގޮންގްގައި ބެއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މާދަމާ (ހޮނިހިރު) މުބާރާތް ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތް ނިމޭނީ މިމަހު 9 ވާ ހޯމަ ދުވަހުއެވެ.

މި މިބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަކީ

އަލީ އާދަމް މަނިކް
މުޙައްމަދު މައިޒާރު އާދަމް ޒާހިރު
އިސްމާއިލް ސުޖާއު

ޓީމްގެ މެނޭޖަރެއްގެ ގޮތުގައި އަހުމަދު އާސިފް ޓީމާއެކު ބަންގުލަދޭޝްއަށް ގޮސްފައިވާއިރު ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އެކްސްކޯ މެމްބަރ އިބްރާހިމް ޝިއުރީ ވެސް ވަނީ މި ދަތުރުގައި ބައިވެރި ވެފައެވެ.

މިއީ މި ސަރަހައްދުގައި ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތަށްފަހު ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 11 ވާ ބުދަދުވަހުއެވެ.