ރަޝިއާގެ ވެރިރަށް މޮސްކޯގައި ބާއްވާ ވޯލްޑްކަޕާއި ދިމާކޮށް އެ ސިޓީގެ ބައެއް ހޮޓެލް ތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާތީ އެގައުމުގެ ކޮންސިޔުމާ ޕްރެޓެކްޝަން އެޖެންސީއިން 500 އަށް ވުރެއް ގިނަ ހޮޓެލް ޖޫރިމަނާކޮށްފިއެވެ.

އެގޮތުން އިއްޔަ ރަޝިއާގެ ކޮންސިޔުމާ ޕްރޮޓެކްޝަން އެޖެންސީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ވޯލްޑް ކަޕްއާއި ދިމާކޮށް ހޮޓެލްތަކަށް ޑިމާންޑް ބޮޑުވާނެތީ އެ ހޮޓެލްތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ކަމަށާއި މިހާތަނަށް 539 ހޮޓެލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދިި ވޯލްޑް ކަޕާ ދިމާކޮށް ހޯޓެލްތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓާނެ ކަމަށްވެސް އެ އެޖެންސީއިން ވަނީ ބުނެފައެެވެ. އަދި ހޮޓެލްތަކުގެ އަގު ބޮޑު ކުރުމުން ޖޫރިމަނާ ކޮށްފައިވާ ހޮޓެލްތަށް ޖޫރިމަނާކޮށްފައިވަނީ 76،000 އެމެރިކާ ޑޮލަރުން ކަމަށް ވެސް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

އަދި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ހަދިޔާ ކުރާނީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އަށް ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ޖުލައި މަހުގެ 14 ގައި ވޯލްޑްކަޕް ފެށޭއިރު ވޯލްޑް ކަޕް ފަށާ މެޗުގައި ބައްދަލު ކުރާނީ ރަޝިއާ އަދި ސައުދީ އަރަބިއްޔާއެވެ. އެ މެޗު ކުޅޭނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ރުޒްނިކީ ސްޓޭޑިއަމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއާ

    ލިސްޓް ޖަހާލިނަަމަ ދޯ