ޒޯން 8ގެ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ހިތަދޫ އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

ހިތަދޫ އެފްސީ އިން ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކުރީ ފުވައްމުލަކުގެ ދޫނޑިގަލޯނާއާ ބައްދަލުކޮށް 0-2 އިންނެވެ. މި މެޗު ކުޅުނީ ފުވައްމުލަކު މައިލޯ ދަނޑުގައެވެ.

މި ދެ ޓީމު ބައްދަކުރާ ދެވަނަ ލެގުގެ މެޗު މި މަހުގެ 10 ވަނަ ދުވަހު އޮންނާނީ ހިތަދޫގައެވެ.

ހިތަދޫ ޓީމުން ޒޯން މުބާރާތުގެ ފައިނަލަށް ދިޔައީ، މިނިވަން ޗެމްޕިއަންޝިޕުގެ އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެޓީމު އެ ބުރުގެ ޗެމްޕިއަންކަން ހޯދީ ފާއިތުވި ތިން އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ފޭދޫ މައްޗަށް ކުރި ހޯދައިގެންނެވެ.

ދޫނޑިގަލޯނާ އަށް ފައިނަލުން ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގައި ފުވައްމުލަކުން ބައިވެރިވި ހަމައެކަނި ޓީމުގެ ހައިސިއްޔަތުންނެވެ.

ފާއިތުވި 3 އަހަރު ވެސް ޒޯން 8 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފޭދޫ އިންނެވެ.