ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ކޮމިޓީއާއި ވަގުތީ ގޮތުން އުފެއްދެވި ނޯމަލައިޒޭޝަން ކޮމިޓީއާ ދެމެދު އުފެދިފައިވާ މައްސަލައަކީ ޔޫތު މިނިސްޓްރީއާއި ބެހޭ ކަމެއް ނޫން ކަމަށާއި އެއީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމްގެ ކަމެއް ކަމަށް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ނިންމެވީ މިދިޔަ ޖޫންމަހުގެ ތެރޭގަ އެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ދަށުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް އިސްމާއިލުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ނިންމެވީ ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ޙަވާލުކޮށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް އެ އެސޯސިއޭޝަންގެ މައްސަލަ ހަމައަކަށް އެޅުއްވުމަށެވެ.

"ވޮލީބޯޅަ އެސޯސިއޭޝަންގައި ހިނގަމުންދާ މައްސަލައަކީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. އެއީ ސްޕޯޓްސް ކޮމިޝަނަރުގެ ކަމެއް. ސްޕޯޓްސް ކޮމިޝަނަރަކީ އިންޑެޕެންޑެންޓްކޮށް މަސައްކަތްކުރާ ބޭފުޅެއް. އެ އެސޯސިއޭޝަނުގެ ތެރޭގައި ޖެހިފައި ހުރި މައްސަލަ ބަލަން ކޮމިޝަނަރު އިސްވެ ކޮމިޓީއެއް ހެދުމުން، ލިޔުންތަކެއް އައިކަން އަޅުގަނޑަށް ވެސް އެނގޭ،" އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވިއެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އަންގާފަ އެވެ. އޭގެ ޖަވާބުގައި އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ވީއޭއެމް ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ ކޮމިޓީ އެފްއައިވީބީން ބަލައިނުގަންނަ ކަމަށާއި އެ އިދާރާއިން ގަބޫލުކުރަނީ އިންތިހާބަކާ އެކީ އައިސްފައިވާ ވީއޭއެމްގެ ލީޑަޝިޕް ކަމަށެވެ. އެއީ އެންމެ ފަހުން އޮތް ލަތީފްގެ ލީޑަޝިޕް އެވެ.

އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރު އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން ވީއޭއެމްގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެފްއައިވީބީން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ސަރުކާރުން ވޮލީގެ ކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެ ފެޑެރޭޝަނުން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އިތުރަށް މައްސަލަ ގޯސްވާކަމަށްވާ ނަމަ، މިނިސްޓްރީން ވެސް އެކަމުގެ ތެރެއަށް ވަންނާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު ވޮލީބޯޅަ ކުލަބަކަށް ފުރުސަތު ދީފައި އެއޮތީ އެމީހުން ކޮންގްރެސްއެއް ބާއްވައިގެން، އެހެންކަމުން އެ އިދާރާއިން އާ އިންތިހާބެއް ބޭއްވީމަ އަޅުގަނޑު ގަބޫލުކުރަނީ އެ މައްސަލައެއް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށް. އަދި ހަމައެއާއެކު އިންތިހާބެއް ބޭއްވުމުން އެފްއައިވީބީއާ ދެމެދު އޮތް މައްސަލައަށް ވެސް ހައްލެ ލިބި ރާއްޖޭގެ ވޮލީބޯޅަ ރަނގަޅު ފައްތަރަކަށް އެޅިގެންދާނެ ކަމަށް، " މިނިސްޓަރު ވިދާޅުވިއެވެ.

ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް، ރައީސްކަމުގެ ހައިސިއްޔަތު ބޭނުންކުރަމުންދާތީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާކުރަން ފޮނުވާނެ ކަމުގެ އިންޒާރު، ދާދި ފަހުން ސްޕޯޓްސް ކޮމިޝަނަރު ވަނީ ދީފައެވެ. ލަތީފަށް ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ނޯމަލައިޒޭޝަން ކޮމިޓީ އުކުލަވާލުމާއެކު ރައީސްގެ ހައިސިއްޔަތު ލަތީފަށް ގެއްލިފައިވުމުން، ވީއޭއެމް ލެޓާހެޑާއި ރިފަރެންސް ނަމްބަރު ބޭނުންކޮށްގެން މުއާމަލާތު ކުރުމުގެ ރަސްމީ ހައިސިއްޔަތު އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

ކޮމިޝަނަރ އަހުމަދު ސަލީމް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޙްމަދު

    އެއްވެސް ސްޕޯޓްސް ކަމަކީ މީނާއާ ބެހޭ ކަމެއްނޫން. ހިންދީ ފިލްމްސްޓާރުންގެ ކަންކަމާ މީނާ ޙަވާލުވެގެން ހުންނަނީ. އެވެސް އެމީހުންނާއި އެކު ސެލްފީނެގުމާއި ފޮޓޯނެގުން!

    19
  2. މުހައްމަދު އަލީ

    ލަތީފް ފުވައްމުލަކު ރައްޔަތޔުން ކުރިމަތީގައި ވައުދުވި ފުވައްމުލަކުގައި ރނގަޅު ފެންފަރުގެ ވޮލީ ކުޅޭ ތަނެއް ހަދައި ދިނުމަށް އަދިވެސ

  3. މުހައްމަދު އަލީ

    ލަތީފް ފުވައްމުލަކު ރައްޔަތުން ކުރިމަތީގައި ވައުދުވި އަޑު އަޅުގަނޑު އެހިން ފުވައްމުލަކުގައި އެސޯސިއޭޝަންކަޕް ބާއްވާނީ ތަނގަޅުފެންވަރުުގެ ވޮލީ ކޯޓަކާއި ތަނެއް ހަދައިނެނޭ ހަދައިދޭިނަމޭ އަދި އަދިވެސް އެތަނެއް ބަޔަކަށް ނުފެނޭ ފުވައްމުލަކުގައި ބާއްވާ ވޮލީ މުބާރާތަކީ ރާއްޖޭގެ ނިސްބަތުން ފޯރިގަދަ ބޮޑު މުބާރާތެއް.......

  4. މުހައްމަދު މޫސާ

    ކޮބައިތަ ފުވައްމުލަކު ރައްޔަތުން ކުރިމަތީގައި ވީ ވައުދު............

  5. ވަގުލޫފު

    އެކަމަކު އެމްއެމްޕީއާރުސީގެ ފައިސާގެ ޚިިޔާނާތުގެ މައްސަލައަކީ ތިބޭފުޅާއަަށްވެސް އޭގެން ބައިލިބުނު މައްސަލައެއް.

  6. ދަންސޫރަ

    ކަލެއާ ބެހޭކަމެއް އެބައޮތްތަ؟ ކޮންމެކަމެއްވެސް ދަނީ ފަނާވަމުން އެކަމަކު ޔޫތު މިނިސްޓރ

  7. ޖާޒީރާ ބޯއީ

    ފުޓުބޯޅާގެ ތެރެއަށް ބޭނިގަތީ މީނާގެ މެންޑޭޓަކަށް ވީމާނޫންތަ. މީހަމަ އަސްލުވެސް ބުރާންޗެއް.

  8. ާއަހުމަދު

    ކަޓުނުލިބޭ ކަމަކާއި ނުބެހޭނެ