ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މިއަދު މުގުރާލައިފި އެވެ.

ފްރީޑައިވިން އިން ދެފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މަޝްހޫރު ޑައިވަރު ނިއުޒިލޭންޑްގެ ވިލިއަމް ޓްރުބްރިޖް އިސްވެ ހުރެ އިޓަލީގައި ކުރިއަށްދިޔަ އިވެންޓެއްގައި އެއްފަހަރާ 280 ބައިވެރިންނާއެކު ފްރީ ޑައިވްކޮށްގެން ރެކޯޑު ގާއިމްކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ދިހަ އަހަރު ފަހުން ރާއްޖެއިން މި ރެކޯޑް މުގުރާލީ 521 ބައިވެރިންނާއެކު އެވެ. ފްރީޑައިވް ރެކޯޑް މުގުރާލުމަށް މިއަދު ބަރޮސް މޯލްޑިވްސްގައި ކުރިއަށްދިޔަ ހަރަކާތުގައި 523 ޑައިވަރަކު ބައިވެރިވިއިރު، ޑިސްކޮލިފައިވެފައިވަނީ އެންމެ ދެ ބައިވެރިންނެވެ. މި ހަރަކާތުގައި ރެކޯޑް މުގުރާލުމަށް ޑައިވަރުން ޖެހުނީ 30 ސިކުންތު ވަންދެން މޫދުގެ ތިން މީޓަރު އަޑީގައި ތިބެންށެވެ.

ފްރީ ޑައިވިންގ ގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މުގުރާލުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް ބައިވެެވެވަޑައިގެންނެވިއެވެ. ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން އެހެނިހެން ވަޒީރުންވެސް ވަނީ ފްރީ ޑައިވް ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މިއަދުގެ ހަރަކާތަށް ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ޓީމެއް އައިއިރު އެޓީމުން ވަނީ ރާއްޖެ އިން ރެކޯޑު މުގުލާލުމުން އެކަމުގެ ހަނދާނީ ފިލަ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް އަރުވާފަ އެވެ.

ހަރަކާތުގެ ތެރެއިން ވާހަކަދައްކަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިއްމު ދުވަހެއް ކަމަށާއި ރާއްޖެ ޖަޒީރާ ރާއްޖެ އަކަށް ބަދަލުވެގެންދިޔައީ މިއަދު ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު މިފަދަ ހަކާތެއްގައި ބައިވެރިވުމަކީ މިއަދު ރާއްޖެ އިން މުގުރާލި ރެކޯޑުގެ ހައިބަތު ބޮޑުވެގެންދާ ކަމަށާއި މި ހަރަކާތުގެ ސަބަބުން ބޭރުގެ މާކެޓުތަކުގައި ރާއްޖެ މަޝްހޫރުވެ ފަތުރުވެރިން ޒިޔާރަތްކުރާލެއް ގިނަވެގެންދާނެ ކަމަށެވެ.

ފްރީ ޑައިވިންގ ގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މުގުރާލުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްއޮތީ މާދަމާ ބާއްވާ ޓޫރިޒަމް އޯޕަން ޑޭއެވެ. މިއީ އެ މިނިސްޓްރީގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ސްކޫލްތަކުގެ ދަރިވަރުންނަށް މިނިސްޓްރީ އަށް ޒިޔާރަތްކޮށް މަސައްކަތް ކުރާ ގޮތް ބަލައި ވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޓޫރިޒަމް އޯޕަން ޑޭ އަށްފަހު މި މަހުގެ ތިންވަނަ ދުވަހު ކިޑްސް ފުޓްބޯލް ފިއެސްޓާ އެއް ބާއްވަނަ ނިންމާފައިވާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފިއެސްޓާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތަކީ ޕެރެޑައިސް އައިލޭންޑް ރެސޯޓްގައި ބާއްވާ ޓޫރިޒަމް ކޮންފަރެންސް އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އާރު

  އާދޭސްކޮށްފަ ބުނަން، މި ގައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ޖީބަށް ލުއިވާނޭ ފަދަ ކަމެއް ކޮށްދެއްވަ ބައްލަވާ!

  75
  2
 2. ިޮފަލިނަރަ

  ގަދަ ..އިގޭ.. ސޯގުޑް

  5
  48
 3. ޔާމިން

  އެއީ ރ.ނަޝީދު އާއި ރ.މައުމޫން

  18
  7
 4. އަލ

  އެމްްއައިޓީޑީސީގެ ސްޓާފުން މި ހަރަކާތް އިންތިޒާމް ކުރުމަށް ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް.

  4
  9
 5. ތައްޚާން.

  ރައީސް ހާދަ ގަދައޭ. ފަޚުރުވޭ 2ވަނަ ރެކޯރޑް އެ ހަދާލީ ސާބަހޭ،
  * 1 ރާއްޖޭގެ އެންމެ ބޮޑަށް ދަރުވާލުމުގެ ރެކޯރޑް
  * 2 ފެތުމުގެ ރެކޯރޑް
  އަޅެ ގަދައެއް ނޫންތަ؟

  52
  3
  • Anonymous

   އަސްލުވެސް 5އަހަރަށް ބަނޑު ފުރާލަ ދީ ފި

   17
 6. ހުސޭނުބޭ

  ފްރީ ބަޖެޓް ދިރުވާލުމުގެ ރެކޯޑްވެސްވަނީ ޤާއިމްކޮށްދެއްވާފައި!

  15
 7. އަލްޖިބްރާ

  ތިކަން މިއުޅޭ ޔާމީނުގެ ބައިގަޑަކަށް ހަމު ކުރެވޭނެ ހެނެއް ހިއެއްނުވޭ ! ވަގުތު ކޮޅެއްފަހުން އެކަން އެގިދާނެ !

  2
  21
  • Anonymous

   ޕިސް އަލްޖިބްރާ. ޔާމީން ނޫން އެއްޗެކޭ ގޮވާލަބަލަ އެންމެ ފަހަރަކު ނަމަވެސް.

 8. ތަބްލާ

  ދުވަހުން ދުވަހައް ތަކެތީގެއަގުވަނީބޮޑު އެކަމަކުވެސް ދުނިޔޭގެރެކޯޑުނުހެދިގެން ސާބަސް މިއޮތީވާ ސަރުކާރެއް

  19
  1
 9. ާސައިންޓިސްޓު

  ވެރިން ޕާޓީ ކުރުމާ ކުޅިވަރުގަ...