ފީފާގެ އޮފިސަލް ސްޕޮންސަރެއް ކަމަށްވާ "ގެޒްޕްރޮމް" ގެ ފަރާތުން ކުރިއަށް ގެންދާ "ފުޓްބޯލް ފޯ ފްރެންޑްސް" ގެ ދަށުން ދިވެހި ދެ ކުއްޖަކަށް މޮސްކޯ އަށް ދިޔުމުގެ ފުރުސަތު ދީފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ކޮންމެ އަހަރެއްގެ ވެސް ވޯލްޑްކަޕާއި ދިމާކޮށް "ގެޒްޕްރޮމް" އިން ކުރިއަށްގެންދާ މިހަރަކާތުގައި މިއީ ރާއްޖެއަށް މި ފުރުސަތު ލިބުނު ފުރަތަމަ އަހަރެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އެކި އެކި ސަގާފަތާއި ގައުމުތަކުގެ ކުދިންގެ މެދުގައި ދުނިޔެއަކީ އަމާން އަދި އެކުވެރި މުޖުތަމައުއެއްކަން ދައްކާލުމަށާއި އެކުދިން ބޮޑުވެ ދުނިޔެއަށް ހޭލާއިރު އެކުވެރިކަން އިސްކުރުވުމެއެވެ.

މި ޕްރަގްރާމް ކުރިއަށްދާނީ 8 ޖޫން އިން 15 ޖޫންގެ ނިޔަލަށް މޮސްކޯގައެވެ. މި ޕްރަގްރާމްގައި ކުޅުންތެރިންގެ އިތުރުން އެކިގައުމުތަކުން ޅަ 5000 ޖާނަލިސްޓުންގެ ގޮތުގައިވެސް ކުދިން ހަރަކާތްތެރިވާނެއެވެ. އަދި މި ކުދިންނަށް މޮސްކޯގައި ޖާނަލިޒަމްއާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު މި ޕްރަގްރާމްގައި 64 ގައުމަކުން ބައިވެރިވެފައިވާއިރު ރާއްޖެ ހިމެނޭގޮތަށް މިއަހަރު މި ޕްރަގްރާމްގައި ޖުމްލަ 211 ގައުމަކުން ބައިވެރިވާނެއެވެ. މި މުބާރާތުގައި 32 ޓީމެއް ވާދަ ކުރާއިރު ކުޅުންތެރިން ޓީމްތަކަށް ނަގާފައިވަނީ ގުރުއަތުންނެވެ. އެއް ޓީމެއްގައި އެކި މަގާމްތަކަށް ކުޅޭނީ އެކި ގައުމުތަކުގެ ކުދިންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ 12 އަހަރުން ދަށުގެ ކުޅުންތެރިއަކަށާއި 12 އަހަރުން ދަށުގެ ޖާނަލިސްޓަކަށެވެ. ރާއްޖެއަށް ލިބިފައިވާ ކުޅުންތެރިޔާ ކުޅެންޖެހޭނެ މަގާމަކީ ޑިފެންޑަރެއްގެ މަގާމެވެ. ރާއްޖެ ހިމެނިފައިވަނީ "ވޭލް ޝާކް" ޓީމްގައެވެ. މި ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރެއްގެ އިތުރުން ކޭޕް ވާޑް އައިލެންޑްސްގެ ޑިފެންޑަރެއް، ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރެއްގެ އިތުރުން ލުބުނާނުގެ ފޯވަޑެކެވެ.

މި ކުދިންނަށް މި ޕްރަގްރާމް ފެށުމުގެ ކުރިން 19 ގައުމަކުން ފޮނުވާ ކޯޗުންނާއި ވޯލްޑް ކަޕް މެޗްތަށް އޮންނަ 11 ސިޓީއަކުން އަންނަ ކޯޗުން ހާއްސަ ތަމްރީނުތަކެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު