ރާއްޖޭގައި މިހައިތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭހެން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ ބުރާސްފަތި ދުވަހު ސީރިޔާ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ސައުދީ އަރަބިއްޔާގައި ކޭމްޕު ކޮށްފައި ވާއިރު، މި މަހުގެ ދެވަނަ ދުވަހު ސައުދީ އަށް ފުރުމުގެ ކުރިން ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ޓީމުގެ ފޮޓޯ އެއް ހިއްސާ ކުރަމުން ބުނެފައި ވަނީ ސައުދީގައި ޓީމު އެންމެން އުމްރާގެ އަޅުކަން އަދާ ކުރާނޭ ކަމަށެވެ.

ޤައުމީ ޓީމުގެ އަޔާޒް އަހްމަދު، އަޔާ ހިއްސާކޮށްފައިވާ ފޮޓޯ

މިއަދުގެ ވަގުތެއްގައި އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ދަގަނޑޭ ވަނީ މުހައްމަދު ހަމްޒާ (ހަމްޕު) އާއި އެއްކޮށް ނަގާފައިވާ ފޮޓޯއެއް އޭނާގެ ޕޭޖާއި ހިއްސާކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އަދި އެހެން ކުޅުންތެރިންވެސް ދަނީ އެ ކުޅުންތެރިންގެ މީސް މީޑިއާ އެކަންޓުތަކުގައި އުމްރާ އަދާ ކުރުމަށްފަހު ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ދަގަނޑޭ ގައުމީ ޓީމަށް ނަގާފައި މިވަނީ ދޮޅުއަހަރަށް ފަހު ކަމުގައި ވާއިރު، އޭގެ ފަހުން މިދިޔަ މަހު ވޯލްޑު ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ދަގަނޑޭ ވަނީ ކުޅެން އަރުވާފައެވެ.

ބުރާސްފަތި ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗު އޮންނާނީ އެކުވެރި އަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ. ސީރިއާގެ ހޯމް މެޗުތައް މިހާރު ކުޅެމުން އަންނަނީ އެ ގައުމުގައެވެ. މި ދެ ގައުމު ކުރިމަތިލާއިރު، ރާއްޖެއިން ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ގޯލެއްވެސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާމިނަ

    މާޝާﷲ. އެކަލާނގެ ދެއްވިނިޢްމަތައް ޝުކުރުވެރިވާށެވެ. މާތް އަޅުކަމެއް އަދާކުރުމުގެ ނަސީބު ލިބުނީ އެވެ. ކުރިއަށް އޮތްދުވަސްތައް ހެޔޮގޮތުގައި ލެހެއްޓެމަށް ދުޢާކުރަމެވެ
    ކުޅިވަރު ކުޅޭކުދިން ގިނަކުދިން ހަމަ ނަމާދުވަގުތު އެއްވެސް ސަމާލުކަމެއްނުދީ ކުޅެން އުޅޭތަން ފެނެއެވެ.ދެރަކަމެކެވެ.ނަމާދަށް ފަހު ދުނިޔެވީ މަސައްކަތާއި ކުޅިވަރަށް ހުސްވަމާތޯއެވެ.

    45
    1
  2. ދިރުއްވުމާއި މަރު

    އަލްޙަމްދުﷲ

    38
    1
  3. އަޙްމަދު

    އިޙްރާމް ގައި ތިބޭއިރު އިޙްރާމްގެ ދަށުން ޓީޝާޓް ލެވޭތަ! ހުރިހާ އެންމެނަށް ކަމީޔަބަށް އެދެން!

    32
    • ހަބަރޭ

      އެއީ ބޯ ބާލައިފަ އިޙްރާމް ކެނޑިފަހުން ނެގި ފޮޓޯއެއް

      14
  4. ތެދު

    އުމުރާއެށްކޮއްފަ
    ިކުރިކަންދުނިޔެއަށްދެއްކީމަލިބޭނެސަވާާބާދޭތެރޭ ނިކަންވިސްނާލަބަލަ...ސާހާބީންބިރުވެތިވި ދެއްކުންތެރިކަމަށް..

    25
    4
    • ނަސޭހަތް

      ބައެއް ފަހަރު ދައްކަންވެސް ޖެހޭ. މައްކާގެ މުޝްރިކުން މުސްލިމުން ބަލިމަޑުކަމެއް ޖެހިގެން ބަލިކަށިވެފައި ތިބިކަމަށް ވާހަކަ ފެތުރުމުން ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް އަމުރުފުޅު ކުރެއްވީ ތޮވާފުގެ ފުރަތަމަ 3 ބުރު ދުވާކަހަލަ ގޮތަކަށް ބާރަށް ހިނގައިފަ މުޝްރިކުންނަށް މުސްލިމުން ބަލިކަށިނުވާކަން ފެންނާނޭ ގޮތަށް ބުރުޖަހަން. ހަމަ އެފަދައިން މިއަދު އެބަޖެހޭ ލާދީނީ މީހުންނަށް ދައްކަން މުސްލިމު ޒުވާނުންގެ ދީނަށް އޮތް ލޯބި ބަލިކަށި ނުވާކަން.

      14
  5. ޢަޔްޔަ

    ދަގޭ ވަރައް ރަނގަޅައް އުޅެނީ ތިގޮތުގަ ދެމިހުރެވޭތޯ ބަލާތި ﷲ ރަހްމައްލައްވާށި އާމީން

    21