ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މިރޭ ވަރުގަދަ ސީރިއާ ކޮޅަށް ލަނޑެއް ޖަހާ އޭނާގެ ފެންވަރު އަނެއްކާވެސް ދައްކާލައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ސީރިއާ ބައްދަލުކުރި މެޗުގައި ދަގަނޑޭ ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި މެޗްގެ 65 ވަނަ މިނެޓުގައެވެ. ދަގަނޑޭ ގޯލު ޖެހީ 2-0 އިން ސީރިއާ ކުރީގައި އޮއްވައެވެ. މިރޭގެ މެޗުގައި ދަގަނޑޭ ކުޅެން އެރުމާއެކު ރާއްޖެ ޓީމުގެ އެޓޭކިންގް ކުރިއަށްވުރެ ވަރުގަދަވެގެންދިޔައިރު ސަސްޕެންޝަނުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވުނު ފޯވަޑް ހަބޭސް އިއްބެގެ ބަދަލުގައި މެޗުގެ ފުރަތަމަ އެގާރައިން ދަގަނޑޭ އަށް ކޯޗު ފުރުސަތު ނުދިނީ ކީއްވެ ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުން ބާކީ ކުރިގޮތަށް ދަގަނޑޭ ގައުމީ ޓީމަށް ނަގާފައިވަނީ މިދިޔަ މަހު ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިންނެވެ. ކޮލިފައިންގައި ގުއާމް މެޗައް ނެގި ގައުމީ ސްކޮޑުން ދަގަނޑޭ އަށް ފުރުސަތު ނުދިނީ އުމުރުން ދުވަސްވެފައި ވުމުން ކަމަށާއި ދިވެހި ޓީމަށް މިހާރު ބޭނުންވަނީ ޒުވާން ކުޅުންތެރިން ކަމަށް ސެގާޓް ވަނީ މީގެ ކުރިން ތަކުރާރުކޮށް ބުނެފަ އެވެ.

ދޮޅުއަަހަރު ފަހުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ދަގަނޑޭ އަލުން ޓީމަށް ނެގުމާއި ބެހޭގޮތުން ސެގާޓް ބުނީ ކޮލިފައިންގައި ގުއާމާއި ވާދަކުރި މެޗު ނިމުނުތަނާހެން ދަގަނޑޭ ކޯޗަށް ގުޅާފަ މަޢާފަށް އެދުނު ކަމަށާއި ދަގަނޑޭ އަށް ވިސްނުނީމަ އުފާކުރާ ކަމަށެވެ. ސެގާޓް އެ އަމާޒުކުރީ މިދިޔަ އަހަރު ބޫޓާން އާއި ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަނެއްގެ ހައިސިއްޔަތުން ދަގަނޑޭ ހާޒިރުނުވި ވާހަކަ އަށެވެ.

ޗައިނާ-ރާއްޖެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްމުން ސެގާޓް ބުނީ އަލީ ދަގަނޑޭ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ޓީމާއި ގުޅުމުން ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ދަގަނޑޭ ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން ރާއްޖެ 2-1 އިން މޮޅުވި މެޗުގައިވެސް ލަނޑު ޖަހާފައެވެ. ދަގަނޑޭގެ ލަނޑުން ރާއްޖެ ލީޑުނަގާފައިވަނިކޮށް ސީރިއާ އަށް އެ މެޗުގައި އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި އަލާ ޝިބްލީ އެވެ. ރާއްޖެ މޮޅުވީ އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވައްދާލި ލަނޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބެއްޔާ

  ނޫން ދޮށްޓެއްނޫން. އަދިކިރިޔާ 18. ލަނޑުޖެހުމުން ޒުޥާންވާކަމެއް ނުދެނަހުރިން. ކިތައްމެ ބޭނުންނުވިޔަސް ދަގަނޑޭ ހަމަ މުސްކުޅި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ އުމުރަށްވުރެން. ގަދަފައިވިއްދާފަ ގައުމީޓީމަށް ކުޅެވިދާނެ 65 ވަންދެންވެސް. އަދި ލަނޑުވެސްޖެހިދާނެ

  10
  63
  • ޝަވީ

   ބެއްޔާ ޖެހޭނީ ހިންދިރުވާލަން. އެއޮތީ ދައްކާފަ. ތީ ކާކުކަން ދެނެހުރީމު. އަލީ އުމަރު ޖެހޭނީ ދެމިޔަކަނިން ސޮނި ފޮހޭން.

   35
   2
  • ޟލަހަ

   ދަގަނޑޭ. ވަރު. މީހަކުނެެ

   19
 2. ޙުސެން

  ތީ އަޅެ މޮޔަިންތަ ޔަހުޔާ ކާޅުވެސް ހިފަ އެހެންނޫނަސް ކެޔޮޅުން އަތުންދޯ ބުޅިކެނޑޭނީ ބޮޑުކަމެއް މޮތިބަގަމާރުންނާހުރެ

  8
  53
  • އިސްރަފު

   ހުސެން ކޮމެންޓް ކުރާއިރު މީހުނަށް ކިޔަން އިގޭގޮތަށަ ލިޔެބަލަ. ސޮރީ ލިޔަން ކިޔަން ނޭގޭ ގޮލައެއްތީ. ބުޅިކެނޑޭނީ ކެޔޮޅުއަތުން. މީމަޖާޒީ މިސާލެއް ކަމެއް ގޯސްވެގެން ބުނާ. މިހާލަތުގައި ބޭނުންކޮށްފައި އޮތީވެ އިގޭ ހުސޭނު ގެ ގަމާރުކަން.

   25
   1
 3. ރާއްޖެ ބޯއީ

  ދަގަޑޭއަށް ވަގުތު ނުދިނުމަކީ ކޯޗުގެ ރޭވުމެއް. މިނުބައި ނުލަފާ ޖައްބާރު ބޭރުކުރޭ.

  26
  1
 4. އިޒް

  ޅަވުމާއި މުސްކުޅި ވުމަކީ އުމުރުގެ މައްސަލައެއް ނޫން. ތިމާގެ ހިއްވަރުން އެފަރަގު ކުޑަކުތެވޭނެ. އެފަދަ ހިތްވަރެއް ދަގަނޑޭ އެދައްކަނީ މިކަމާ ދެރަވިޔަސް ދެން ލަލަލާ.

  39
 5. ބަކާ

  އަލީ އުމަރަށް ވަރަށް ސަލާން ދެން ބލ.

  21
 6. ސެންޓް

  ދަގޭ މުސްކުޅި ވަނީ އުމުރުން. ފުޓޫބޯޅާގެ ދަނޑުގައި އޭނާއެއީ ޒުވާނުންގެ ޒުވާނާ. އައްޔާ ދެން ލަލަލާ.

  35
 7. އުތީމު

  އަލީ އުމަރު އިސްތިއުފާ ބޭކާރު ގޮލައެއް. ދަގޭގެ ކާމިޔާބީއަށް ހަސަދެވެރިވާ ގޮލައެއް.

  30
 8. އުސްތާޒު

  އަލީ އަޝްފާގު މުސްކުޅި ކަމަށް ދައުވާ ކުރަނީ އަލީ އުމަރު. ދިވެހި ފުޓުބޯޅާގެ ރަސްގެފާނަކީ ދަގަނޑޭ. ހަމަޖެހޭނީ ހަޖަމްކުރަން.

  33
 9. ާަޕޮގުބާ

  މޮޔަވޭ

  14
  1
 10. ދަންސޫރަ

  ބަލިވީ ދޯ

 11. ާައަސްލަމް

  ވަރަށް ފޫހިވެ މޮޅުވާތި މޮޅެއްލިބޭނަ މަ ރަނގަޅު މޮޅުވާން

  5
  1