ރާއްޖެއިން އަނެއްކާވެސް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

ރާއްޖެއިން ދުނިޔޭގެ ރެކޯޑެއް މުގުރާލާފައި ވަނީ، ކެނެޑާގެ ދުވުންތެރިޔާ މިކަލް ކެޕްރަލް ގެނެސްގެންނެވެ. މިއީ އޭނާ ރާއްޖޭގައި ހެދި ދެވަނަ ދުނިޔޭގެ ރެކޯޑެވެ.

މިކަލް، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއާއެކު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއަދު ހަވީރު ސަލްޓަން ޕާކްގައި އޭނާ އެ ރެކޯޑް ހަދާފައިވަނީ ހުއްޓާ ނުލައި ސަލްޓަން ޕާކުގައި އޮންނަ ސިޑި މަތީ ބޯޅަ އުކަމުން ސިޑިން އަރައި ފައިބަމުންނެވެ. މި ރިކޯޑްގައި ހަމަ އެކަނި ގުނާފައިވަނީ ސިޑިން މައްޗަށް އަރާވަރެވެ. ތިރިއަށް އަންނަ ވަރު ގުނާފައެއް ނުވެއެވެ.

މިކަލް އުފާ ފާޅު ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އޭނާ މިއަދު މުގުރާލާފައި ވަނީ މީގެ ކުރިން އޮތް 600 ފިޔަވަޅުގެ ރިކޯޑެވެ. އޭނާ އެ ރެކޯޑް މުގުރާލާފައި ވަނީ ކިތައް ފިޔަވަޅުން ކަން އަދި ނޭގެއެވެ. އެއީ އޭނާ އަދިވެސް ހުއްޓާ ނުލާ އެ ސިޑި މަތީ ބޯޅަ އުކަމުން ސިޑިން އަރައި ފައިބަމުން ދާތީއެވެ. މިހާރު އޭނާ ވަނީ 2544 ފިޔަވަޅަށް ވުރެން ގިނައިން އަޅަފައިކަން ފާހަގަކޮށްލެވެއެވެ.

މިކަލް ރެކޯޑް މުުގުރާލަން ޖަގެލް ކުރަމުން އަރާ ފައިބަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިކަލް ކެޕްރަލް މީގެ ކުރިން ހަދާފައިވާ ދުނިޔޭގެ ރެކޯޑަކީ އައްޑޫގައި ހަތަރު ބޯޅަ ޖަގަލް ކުރަމުން 10 ކިލޯ މީޓަރ ދުވުން އެންމެ އަވަހަށް ނިންމައިގެން ހެދި ރެކޯޑެވެ. މިކަލް ރާއްޖޭގައި މިހާރު މުގުރާލާފައިވާ ދެ ރެކޯޑާއި އެކު ބޭރު ޤައުމުތަކުގައި ރާއްޖެ ބޮޑަށް އިޝްތިހާރުވެގެން ދާނެކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ދުނިޔޭގެ ރެކޯޑް ހަދަން މިކަލް ކެޕްރަލް އައްޑޫ އަށް ދިޔައީ މިދިޔަ މަހުގައެވެ.

މި ރެކޯޑާއި އެކު ރާއްޖެއިން ވަނީ މިހާތަނަށް ދުނިޔޭގެ 3 ރިކޯޑެއް މުގުރާލާފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރެކޯރޑް

    ރާއްޖެއިން މި ރެކޯރޑް މުގުރާލިކަމަށް ވާނެބާ. މަށަށްހީވަނީ މިޝަލް ކިޔާމީހަކު ރާއްޖޭގައި ރެކޯރޑް މުގުރާލިޔޭ ކަންނޭގެ ބުނަމްޖެހޭނީ.

    13
  2. ސާބަސް

    ރާއްޖެއިންނެއް ނޫން ދޯ، ރާއްޖޭގައި ދޯ....!

    12
    1
  3. މަޒް

    މީހަކު ކުރި ކަމަކުން ރާއްޖެ އެ ރެކޯޑް މުގުރި ކަމުގެ ޝަރަފު ތި ހޯދީ ކިހިނެއް. އަނެއްކާ އެއީ ދިވެއްސެއްވެސް ނޫން.. ތި ދެން ބޮޑުވަރު އަލީ ވަހީދޫ..

  4. ހެހެހެ

    3 ރެކޯރޑެއް ނޫން 4 އޮ 4 ވެސް ނޫން 5 ތިޔަށް ހިމަނާލަންޖެހޭ އެންމެ ބޮޑަށް ރާއްޖެ ދަރުވާލި ރެކޯރޑާ، ވެރިލަމެއްގައި އެންމެ ބޮޑަށް ދީނަށް ހަޖޫ ޖެހުމުގެ ރެކޯރޑްވެސް އަދި އެވެސް ދީނީ އިލްމް ވެރިންގެ ތާޖް އަޅައިގެން ކަހަލަ ގޮތް ނޭގޭ މީހުންގެ ހިމާޔަތުގެ އެހީގަ

    12
    2
  5. ފަރޭ

    ރާއްޖެއިންނެއް ނޫން. ރާއްޖޭގައި ބިދޭސީއަކު