ގައުމީ ފުޓްބޯޅަ ޓީމު ބިނާކޮށް މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ކުރަން ޖެހޭ 23 ކަމެއް އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފާހަގަކުރައްވައިފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވެފައި ވަނީ ގައުމީ ޓީމުގެ ކޯޗަކަށް ހުންނަ މީހަކު ޓީމު އެކުލަވާލައި، ފައިނަލު ސްކޮޑެއް ނަގާއިރު އެ ނެގޭ ޓީމް އެކުލެވޭނީ 23 ކުޅުންތެރިންގެ މައްޗަށް ކަމަށެވެ. އެކަމާއި ގުޅިގެން ފުޓްބޯޅަ ކުރި އަރުވައި ރަނގަޅު ކުރުމަށް އެބޭފުޅާ ވަނީ 23 ކަމެއް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންނެއް ނޫން ގައުމީ ސްކޮޑު ކަނޑައަޅާނީ، ގައުމީ ކޯޗް ކަނޑައަޅާނީ، އެހެންނަމަވެސް ގައުމީ ސްކޮޑެއް އެކުލަވާލުމަށްޓަކައި 23 ކަމެއް އަޅުގަނޑުމެންގެ ސިކުނޑީގައި މިރެއިން ފެށިގެން ބިންވަޅު ނަގަން އަޅުގަނޑުމެން ބޭނުންވޭ،" ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

މިގޮތުން ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހުންނަން ޖެހޭ ބައެއް ސިފަތަކާއި، ކުޅުންތެރިންގެ އާއިލާއަށާއި ރަހްމަތްތެރިންނަކީވެސް ގައުމީ ޓީމުގެ ބައެއްކަމަށާއި އެބޭފުޅުންގެ ހިތްވަރާއި ސަޕޯޓް މެދު ނެކެނޑި ގައުމީ ޓީމަށް ބޭނުންވާނޭ ކަމަށާއި ކުޅުންތެރިން އުޅޭ މާހައުލު ރަނގަޅު މާހައުލަކަށް ހެދުމުގެ ގޮތުން އާއިިލާތަކާއި މީޑިޔާގެެ ޒިންމާ ވަރަށް ބޮޑުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޅުންތެރިންގެ ބުންވަރާއި ހަށިގަނޑު ވަރުގަދަކުރުމަށް ގިނަ ގނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކުގެ މުހިންމުކަމަށްވެސް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަފީސަ

    ހަރާމްގޮތުގައި ހޯދާފައިވާ ފައިސާ ކާގެން ގައިގަ ޖަހާފަހުރި މަސްތައް ނަރަކައިގެ އަލިފާނުން ސަލާމަތްކުރެވޭތޯ އުޅުން އެންމެހާ ކުޅިވަރަކާއި ވޯލްޑުކަޕަކައްވުރެ މުހިންމެވެ.

  2. ހުސޭނުބޭ

    ކެކެކެކެކެކެ......... ކަލޭމެންނަކަށް ނުފެނުނެއްނު! ހަވާސާއިން ބޭރުގައި އަދި އެބަ އޮތް ދެ ކަންތައް!
    24- ހުރިހައިކުދިން ކިއްލިތަޅައިގެން ކިއްލި ވިއްކާ
    25- ހުރިހައި ކުދިން ނިކަން ޑޮޑެތި ކަރާ ފަޅާތި

    އެންމެ މުހިއްމީ މި ދެކަންތައް

  3. ޔާމިން

    ބޯގަޅި ކަރާހައްދެންދޭ

  4. ނަޝީދު

    ޖީއެމްއާރު އިން ހަމިލިއަންދިން