ފުޓްބޯޅަ ކުޅޭނަމަ ކުޅޭނީ ފުޓްބޯޅަ ކަމަށާއި ސިގިރެޓް ބޮންޏާ ބޯނީ ސިގިރެޓް ކަމަށް މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަދި އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން، މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންދިޔުމަށްޓަކައި "ޓުވާރޑްސް ފިއުޗަރގެ" ނަމުގައި އެފްއޭއެމްއިންނާއި ޔޫތު މިނިސްޓްރީގެ އިތުރުން މިނިސްޓަރ އަލީ ވަހީދު އިންތިޒާމްކޮށްގެން ރޭ ޕެރެޑައިސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުޓްބޯޅައިގެ ތެރޭގައި ރިވެތި އަހްލާގު ހިފެހެއްޓުމުގެ ގޮތުން ފުޓްބޯޅަ ކުޅުންތެރިން ސިނގިރެޓު ބުއިން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ ކުޅުންތެރިންނަށް ސިނގިރެޓު ބުއިން ހުއްޓުމަށް އިލްމާސްކޮށްފައި ވާއިރު އެކަމުގެ ސަބަބުން ހަށިގަނޑަށް ލިބިގެންދާ ގެއްލުންތަކަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސިނގިރެޓް ބޯ މީހެއްގެ ފުއްޕާމޭ އާއި ސިގިރެޓް ނުބޯ މީހެއްގެ ފުއްޕާމޭގެ ތަފާތު މިނިސްޓަރ ކިޔައިދީފައިވެއެވެ.

"ސިނގިރޭޓް ބޯ ކުޅުންތެރިޔާ މިތާ ލީގްގައިވެސް ފަސް ލަނޑު ޖެހޭނެ، އެހެންމަަވެސް 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝީޝެލްސްގެ ކުޅުންތެރިޔާއާ ދެކޮޅަށްވެސް އަޅުގަނޑުމެންނަށް ނުކުޅެވުނު، މިދިޔަ ފަހަރުވެސް ވީ އެހެން." ސިނގިރޭޓު ބުއިމުން ހަށިގަނޑުގެ ބުންވަރު ދަށްކޮށްލާކަން ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ހަމައެޔާއި އެކު ސިގިރެޓް ގަވާއިދުން ބޮމުން އަންނަ ކުޅުންތެރިޔަކަށް ކުއްލިއަކަށް އެކަން ހުއްޓާލަން އުނދަގޫވާނޭ ކަންވެސް އޭނާ -ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި ކޯޗުންވެސް އެއްބާރުލުންދީ ސަމާލުކަން ދިނުމަށް މިނިސްޓަރ ވަނީ ގޮވާލާފައެވެ.

"ބައެއް ފަހަރު ފެނިގެން ދޭ ހާފްޓާއިމް ގަޑީގަ ކޯޗުން ނުފެނިގެން ހޯދާއިރު ދަނޑު ބޭރުގައި ފުލުފުލުން ސިގިރެޓު ދަމާލަ ދަމާލަ ހުންނަތަން. މެޗް ހޫނުވުމުގެ ސަބަބުން އޭނާގެ ޕްރެޝަރު ދުއްވާލުމަށްޓަކައި. އެކަމަކު ހަގީގަތުގައި މިކަމުން އެ ލިބޭ ހިތްހަމަ ޖެހުމަށްވުރެ ވާ ގެއްލުން ބޮޑު" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުޓްބޯޅަ މެޗްތަކުގައި ފަސްޓް އެއިޑް ދިނުމުގެ ނިޒާމް މިހާރަށް ވުރެ ހަރުދަނާ ކުރުމަކީ މިހާރު ހަދަމުންދާ ފިއުޗަރ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ފުޓްބޯޅާގެ މައިދާނުގައި ފެންނަ ހަމައެކަނި ދިވެހި ސިއްހީ މާހިރު ކަމަށްވާ ޝަކީބްގެ މަސައްކަތަަށް ތައުރީފު ކުރަމުން މިނިސްޓަރ ވިދާޅުވީ ހެދިގެންދާ މި ޕްލޭންގެ ދަށުން ދަނޑުތަކުގައި ދިވެހި ފަސްޓް އެއިޑް ދިނުމަށާއި ސިއްހީ ގޮތުން އެހީވެދިނުމަށް ދިވެހިން ތަމްރީނު ކުރެވިގެން ދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުހައްމަދު

  ހޫން ތެދުފުޅެއް އުތަ ކިއްލި ތަޅުއްވާނަމަ ކިއްލި ތަޅުއްވާނީ ކިޔަވާދޭނަމަ ކިޔަވާދޭންވާނީ އަދި ހަޅޭއްލަވާނަމަ ހަޅޭއްލަވާފަ ތިމާޔަށް ކަންކަން ނުކުރެވުނީމަ އެހެން މީހުންގެ ބޮލުގަ އަޅުވައިގެން ފިލަންވީކީނޫން ދެއްތޯ

  25
  1
 2. ކޮތަރު

  މަނިކުފަަނުވެސް މަޤާމުގެ ވާޖިބު އަދާކުރައްވަންޏާ އެކަން އަމާނާތްތެެރި ކަމާއިއެކު ކުރައްވާނީ. ކުރީގެ ސަރުކާރަށާއި އެސަރުކާރުގެ ވެރިންނަށް މަލާމާތާއި ފުރައްސާރަ ކުރައްވަންޏާ އެކަން ކުރައްވާނީ.

  23
  2
 3. އަނިޔާ

  އަލީވަހީދުވެސް މަހްލޫފުވެސް މަޤާމް ދިފާޢުކުރެވޭތޯ ބަލަނީ ޤަވްމަކަށް ދީނަކަށް ނުބަލާ މިމީ ޖައްޖާލުކުރައިން ސައިވެސް ބޯނެ

  18
 4. Anonymous

  ކިއްލި ކެއިއްޔާ މާ ރަނގަޅު

  12
  • ދދދދދދ

   ކިއްލި ތަޅަންޏާ ކިއްލި ތަޅާނީ. ބަނޑިޔާ ޖަހަންޏާ ބަނޑިޔާ ޖަހާނީ.

 5. ާއައްޑޫ އަލިބެއްޔާ

  ކިއްލި ވަހީދު ކަލޭ ދޭ ކިއްލި ތަޅަން

 6. ތިނަދޫ ސޮރު

  ޓުަރިޒަމް މިނިސްޓރުކަން ވެޖެއްޔާ ނަމަ މިނިސްޓަރުކަން، ފުޓބޯޅަ ވެއްޖުއްޔާ ފުޓުބޯޅަ. ބުރޯ ވިސްނާލައިގެ ބަސް .