ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ކިތަންމެ އިސްކޮޅުން ކުޑަކޮށް ހުރި ނަމަވެސް ކުރިމަތިލާން ޖެހިއްޖެއްޔާ މިނިސްޓަރ ފުޑާލާނޭ ކަމަށް އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޕެރަޑައިސްގައި ރޭ ބޭއްވި "ޓުވާރޑްސް ދި ފިއުޗަރ" ގައި ގައުމީ ޓީމު އެކުލަވާލުމުގައި މައިގަނޑު ހަތަރު ކަމަކަށް ބެއްލެވުމަށް ހުށައަޅަމުން މިނިސްޓަރ ވިދާޅުވީ މެސީ ކިތަންމެ އިސްކޮޅުން ކުޑަކަމުގައި ވީނަމަވެސް މެސީ އޭނާ އެއްފަހަރުން ފުޑާލާނެކަމަށެވެ.

މިނިސްޓަރ މެސީއަށް މިސާލު ޖައްސަވާފައި ވަނީ "ފިޒިކަލް ފިޓްނެސްގެ" ވާހަކަ ދައްކަވަމުންނެވެ. މިގޮތުން ރާއްޖޭގެ ފިޒިކަލް އެޑިއުކޭޝަނާއި ފިޓްނަސް ދާއިރާއާ، ކުޅުންތެރިންގެ ފިޒިކަލްއާ ހުރި ގުޅުން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އަބަދުވެސް އަޑު އިވޭނީ ރާއްޖޭގެ ކުޅުންތެރިންގެ ފިޒަކަލް ދަށްކަމަށް ބުނާ ވާހަކަ ކަމަށާއި ކުރިމަގަށް ޓީމެއް ބިނާ ކުރާއިރު އެކަން ބަދަލުވާން ޖެހޭނެ ކަމަށެވެ.

ގައުމީ ޓީމެއް އެކުލަވާލުުމުގައި ބަލަން ޖެހޭ މައިގަނޑު ހަތަރު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައި ވަނީ ކުޅުންތެރިންގެ ފިޒިކަލް ފިޓްނެސްއާއި ކުޅުމުގެ ފެންވަރާއި ހުނަރުގެ އިތުރުން ޓެކްނީކްއާއި ސައިކޮލޮޖިކަލީ އޭނާއަށް ބޭނުންވާނޭ އެހީތެރިކަން ފޯރުކޮށްދީ ކުޅުންތެރިޔާގެ އާއިލާއާއި ދިރިއުޅުމުގެ ކަންކަން ގާތުން ބަލޭނޭ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. އަދި ހަމަ އެހެންމެ މުޖްތަމައު ތެރޭގައި އަދި ސޯޝަލް މީޑިޔާ ތެރޭގައި އެ ކުޅުންތެރިޔެއްގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިގެން ދާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ވާހަކަތައް ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިނގިރޭސި ނޮން ލީގްގައި އޭނާ މަސައްކަތް ކުރެއްވިއިރު މެޗަކުން ބަލިވެއްޖެނަމަ ރަނގަޅަށް ނުވެސް ނިދޭ ކަމަށެވެ. އަދި ބަލިވާން ޖެހުނީ ކީއްވެގެންތޯ އެތައްފަހަރަކު މެޗު އެނަލައިސްކޮށް ބަލާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ކޮންމެ ދުވަހަކީވެސް އާ ކަންކަން ދަސް ކުރާ ދުވަހެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަހަހަހަ

    ކީއްކުރާ މެސީ އެއް ތޮއްޑޫ ކަރަޔައް ފައިން އަރާ އަހަރެމެން ވެސް ފުނޑާލާނަން

    22
    5
  2. ހުސޭނުބޭ

    މެސީ ނޫޅެ ކަލޭ ފަހަތުންނެއް! ކަލޭ ތީ ދިވެހި ތާރީޚްގައިވެސް އެންމެ ފުރަތަމަ ކިއްލި ތަޅާ ވަނެއްގެ ތެރޭގައި ތެޅި ފުނޑުފުނޑުވީ މީހާ! މީހަކު އިތުރަށް ފުނޑުކުރުމުގެ ބޭނުމެއްނެތް! މިހާރު ތީ ހައްޕުނޑުގަނޑެއް!

    22
    2
  3. ކޮތަރު

    ހާދަ ބަސްމަގު ރީއްޗޭ މިނިސްޓަރޫ!

    9
    2