ސައުތު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ ޒުވާން އަންހެން ޓީމު ހޯދައިފި އެވެ.

ނޭޕާލުގައި ކުރިއަށްދާ މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނީ އެ ގައުމުގެ މައްޗަށް 35-25 ޕޮއިންޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރޫ ނިމުނުއިރު ރާއްޖެ ކުރީގައި 10-5 އޮތްއިރު ދެ ވަނަ ކުއާޓަރު ރާއްޖޭން ނިންމާލީ 18-9 ޕޮއިންޓުން ކުރީގައި އޮވެ އެވެ.

މެޗުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ ލީޑު ކުޑަވި ނަމަވެސް ފަހު ކުއާޓަރުގައި 10 ޕޮއިންޓުގެ ލީޑަކާ އެކު 35-25 ޕޮއިންޓުން މޮޅުވެ ރާއްޖޭން މެޗު ކާމިޔާބުކުރި އެވެ. މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖޭން ވަނީ ނޭޕާލުގެ މައްޗަށް ކުރިހޯދާފަ އެވެ. އެ މެޗު ރާއްޖޭން ކާމިޔާބުކުރީ 35-27 ޕޮއިންޓުންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ އައިޝަތު ނުއޫމީ ނާސިރެވެ.

ޖުމްލަ ފަސް ގައުމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުސަތު ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ދެ މެޗުން މޮޅުވެގެންނެވެ. ރާއްޖެ ބަލިވީ އިންޑިއާ އަތުން 41-21 އިން އަދި ސްރީ ލަންކާ ލަންކާ އަތުން 60-16 އަތުންނެވެ.

ރާއްޖެ މޮޅުވީ ޕާކިސްތާން އަތުން 36-10 އަދި ނޭޕާލް އަތުން 35-27 ޕޮއިންޓުންނެވެ. ދިވެހި ޓީމު ސެމީ ފައިނަލުން ބަލިވީ އިންޑިއާ އަތުން 46-25 ޕޮއިންޓުނެވެ.

ކިޔުންތެރިންގެ ހިޔާލު