ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ފިލިފީންސްއާއި ގުއާމާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ ދެ މެޗަކީ ރާއްޖޭގެ ވޯލްޑް ކަޕް ކަމުގައި ބަލަންޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި ފިލިފީންސާއި ގުއާމާ ދެކޮޅަށް މާލޭގައި ކުޅޭ ދެ މެޗަކީ ވޯލްޑް ކަޕް ކަމުގައި ބަލަންވީ ސަބަބަކީ މި ދެ މެޗު ކާމިޔާބުކޮށްގެން ނޫނީ ކޮލިފައިންގައި ކުރިއަށް ދިއުމުގެ ފުރުސަތު ނުލިބޭނެތީ ކަމަށެވެ.

މިހާތަނަށް ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ޗައިނާ އާއި ސީރިއާ އަތުން ބަލިވި ކަމުގައި ވީ ނަމަވެސް ގުއާމްއާއި އެކު ކުޅެގެން ރާއްޖެ ވަނީ މޮޅުވެފައެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ މި ދެ މެޗު ކާމިޔާބު ކުރުމަށް ގައުމީ ޓީމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް އޭނާގެ ފަރާތުން ލިބޭނޭ ކަމަށާއި މި މެޗް ކުޅެވޭއިރު ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަކަށް ދަޑަށް ވަދެވޭނޭ ގޮތެއް ހޯދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މެޗްގެ ފޯރި ނެގުމަށްޓަކައި ބޮޑު ބެރު ގްރޫޕްތަކާއި ރާއްޖޭގައި މިހާތަނަށް ސަޕޯޓް ކުރުމުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވިއެވެ.

"ފުޓްބޯޅައިގެ އެންމެ ފޯރި ގަދަ ދުވަސްވަރު ދަނޑުތަކުގައި ސަޕޯޓު ކުރަން ތިބި މީހުން މިއަދު އެތިބީ ހަރުގެ ތަކުގަ" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ބުނެފައި ވަނީ މި މެޗަށް ބެއްލެވުމަށް ގިނަ ސިޔާސީ ބޭފުޅުންނަށް ދެއްވާނޭ ކަމަށެވެ.

"ތިމަންނަ އޮންނާނީ ދަނޑު ބޭރުގައި ޕިކަޕު މަތީގައި ރައްޔިތުންނަށް ގޮވާ ދަނޑަށް ވައްްދަން. ރައީސް ހުންނަވާނެ ތިބޭފުޅުންނާއި އެކީ ދަނޑުގަ" އަލީ ވަހީދު މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދައުވަތު އެރުވުމުން ވިދާޅުވިކަމަށް ވެއެވެ.

އަދި ހަމަ އެޔާއި އެކު އަލީ ވަހީދު ވިދާޅުވީ މެޗުގެ ފޯރި އާއި ޖޯޝް އިތުރު ކުރުމަށް ސިޔާސީ ހުރިހާ ލީޑަރުންނަށް ވެސް މެޗަށް ދައުވަތު ދެއްވާނެ ކަމަށާއި މިހާރު ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޫސާމަނިކް

  ރ.ޔާމިން ދަޑައްވަޑާގެންފިއްޔާ 2މެޗްވެސްރާއްޖެއައްކާމިޔާބްފުރުސަތުބޮޑު އެއީމިރާއްޖެދެކުނުތަރައްގީގެބާނީއިންޝާﷲ.

  8
  3
 2. ހޫން

  ލާދީނީ ފިކުރުގެ މީހަކު ކުރިއަށްލައިގެން ކުރާއެއްވެސް ކަމެއްގަ ބައިވެރިއެއް ނުވާނަން. ނަޝީދު ގެންދޭ

  8
  1
 3. ވަގު

  ޓިކެޓްގެ އަގުހުންނާނީ ނިކަމެތިންނައް ގަނެވޭވަރައްވުރެ މަތީގަ

 4. ާއަހުމަދު

  ތިގޮތަށް ބަލަންޏާ ކިތައް ވޯޑުކަޕު ކުޅެފި
  ހަވާލުވީ އިއްޔެ މާދަމާ އެކުޅެނީ ވޯލްޑުކަޕު ކިހާ މޮޅު