އަންނަ އަހަރަކީ އެފްއޭއެމުގެ އިންތިޚާބު އޮންނަ އަހަރު ކަމުގައިވީ ނަމަވެސް އެފްއޭއެމްގެ ރައީސް ކަމަށް އޭނާގެ ޝައުގުވެރިކަން ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެފްއޭމްގެ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން ކަމުގައިވެސް ހުރި އަލީ ވަހީދު ވިދާޅުވެފައި ވަނީ އޭނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީއާ ހަވާލުވީ ފުޓްބޯޅަ އަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އަދި މި މަސްއޫލިއްޔަތާއި ހަވާލުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ހުއްދައާއެކުގައި ކަމަށާއި، މިކަމުގެ ސަބަބުން އޭނާގެ ރަސްމީ މަސައްކަތަށް އެއްވެސް ކަހަލަ ބުރޫއެއް ނާރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަގާމާއި ހަވާލުވީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން އެނގިހުރެ ކަމަށާއި އެއީ ފުޓްބޯޅަ ކުރިއަރުވާ އެހީތެރިވާން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުންނުވާތީ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި ފުޓްބޯޅަ ތަރައްގީކޮށް ދިގު މުއްދަތުގެ ޕްލޭން އެކުލަވާލައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެތޭގައި އާއްމު ކުރާނެ ކަންވެސް އޭނާ ހާމަކޮށްފައިވެއެވެ.

ހަމަ އެޔާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފްގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

މިގޮތުން ދާދި ފަހުން އަލީ ވަހީދު ވަނީ ފުޓްބޯޅަ ކުރި އެރުވުމަށްޓަކައި ކުރެވިދާނޭ ކަންތައްތައް މަޝްވަރާކުރުމުގެ ގޮތުން ކްލަބް ތަކުގެ ކޯޗުންނާއި އަދި ނޫސްވެރިންނާއި އެކު ބައްދަލު ކުރައްވާފައެވެ. މިހާރުގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ކުރީގައި ނިއުރޭޑިއަންޓްގެ ޗެއާމަން ކަމާއި ޤައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ.

ވަހީދު ވިދާޅުވީ އަންނަ އަހަރަކީ އެފްއޭއެމްގެ އިންތިހާބު އޮންނަ އަހަރު ނަމަވެސް އޭނާ ބެލުމުގެ ދަށުން ހިނގާ އެއްވެސް ހަރަކާތަކީ އެއްވެސް ފަރާތެއް އިންތިހާބު ކާމިޔާބު ކުރުމަށް އަދި އެކަމަށް ހުރަސް އެޅިގެންދާނެ ހަރަކާތަކަށް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އަންނަ އަހަރު އެފްއޭއެމްގެ ބަޖެޓުގައި ކާނެ މާގިނަ އެއްޗެއް ނެތީމާ ތިހެންވެދާނެ!

  2. ޔާމިން

    ރަގަޅީވެސް ކާރިނުވިއްޔާ

    10
  3. މާރިޔާ

    ތިޔައީމިގައުމައްހުރިބޮޑުވަބާއެއް

    10
  4. ކޮތަރު

    ތިޔަހެން ބުނެފިއްޔާ ތިޔަކަމަށް އެއްމެފުރަތަމަ ކުރިމަތިލާނީވެސް ތިކަލޭގެ. އެހެން އެބުނީވެސް ތިޔަކަުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުން. ބުނާނެ ތިމަންނަ ބޭނުންވެގެނެއް ނޫނޭ. ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންނޭ.

  5. ހިސެން

    ވަގެއް ތެ ދެއް ނަހަ ދާނެ.

  6. މޫސާމަނިކް

    ދެކިބަލާ މަސްގަޑާދިމާލައްވަގުބުޅާބަލަހެންއެހެރީ

  7. ާއަހުމަދު

    ފުޓުބޯޅައަށް ލޯބި ނިއު ހަލާކު ކޮއްފަ ދެން ގައުމީޓީމު ހަލާކުކުރަން ތިއުޅެނީ

  8. އަޙްމަދު

    ޝައްކެއް ނެތްވަރަށް ޔަގީންވެޖެ ވާދަކުރާނެކަމަށް.