މި އަހަރުގެ ފަހުކޮޅު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ އަމާޒަކީ ތަށި ހޯދުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމްގެ ކަންކަމުގައި ލަފާދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީގެ ފަރާތުން ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ބައްދަލުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއެވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް އަކީ ގައުމީ އަންހެން ޓީމް ތަޖްރިބާ ހޯދަން ދާ މުބާރާތަކަށް ވާން ބޭނުން ނުވާ ކަމަށާއި ޓީމްގެ ފަރާތުން ބޭނުންވަނީ ކާމިޔާބުކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އަންހެން ފުޓްބޯޅަ ލީގެއް އަންނަ މަހު އައްޑޫ ސިޓީގައި ފަށާގޮތަށް ނިންމައިފައިވާ ކަމަށާއި، އަދި އޭގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައިވެސް އަންހެނުންގެ ފުޓްބޯޅަ ލީގެއް ކުރިއަށްގެންދަން ރާވަމުން އަންނަ ކަމަށެވެ.

“ސާފް ގޭމްސްގައި އަޅުގަނޑުމެންގެ ޓާގެޓަކީ މި މުބާރާތް ކާމިޔާބުކުރުން. އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާލަން އެންމެ ފަހުން އޮލިމްޕިކް ކޮމިޓީގަ ބޭއްވުނު ބައްދަލުވުމެއްގަ މަޝްވަރާގެ ތެރޭގަ ދެކެވުނީ ސާފް ގޭމްސް ބޭނުންކުރަންޖެހޭނީ ޑިވެލޮޕްމެންޓް އެއްޗަކަށޭ. އަޅުގަނޑުމެން ބޭނުމެއް ނޫން މި މުބާރާތް ޑިވެލޮޕްމެންޓް އެއްޗަކަށްވާކަށް. އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތުން ކާމިޔާބު ހޯދަން.” ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް އެންމެ ފަހުން ވާދަކޮށްފައިވަނީ މިއަހަރުގެ ކުރީ ކޮޅު ނޭޕާލްގައި އޮތް ސާފް ވިމެންސް ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ. އޭގެ ކުރިން ގައުމީ އަންހެން ޓީމް ވަނީ ސިންގަޕޫރުގައި އޮތް އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކޮށް ތިން ވަނަ މަގާމް ހޯދައިފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ބައްދަލުކުރުމަށް ރޭ ބޭއްވި ހަފްލާގައި ގައުމީ ޓީމުގެ ކަންކަމުގައި ލަފާދޭ ކޮމިޓީގެ ޗެއާޕާސަން އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜީނާ

    މިފަހަރު އުންމީދޭ ތައްޓޭ ނުކިޔަ ، ސޮޕިން ކޮއްލައިގެން އާދޭ ، ދިވެހިބާސްކެޓް ޓީމް ކަންކުރާ ގޮތައް ، ޔަގީން ވާ ކަމެއް ވީމަ ބުނެލީ

    3
    1
  2. ހަގީގަތް

    ބަައްސާމު އަށް ޓީމުގެ ހާލަތު އިގޭތަ ރަށް މެޑަލް އޭ ތި ވިދާޅުވަނީ؟ޓީމު ޕުރެކުޓިސް އެއް ބަލާލިން ތޯ؟ރަގަނޅު ޓްރޭންނިން ދިނީމަ ކާމިޔާބީ ލިބޭނީ، އަދި ރަށް މެޑަލް ބޭނުން ވިޔަކަސް ނުލިބޭނެ،އެހެން ޓީމުތަށް ޓްރައިން ހަދާތާ 3 އައް ވުރެން ގިނަވެއްޖެ.ހަމަ ޓީމު މުބާރާތަށް ފޮނުވުނީމަ ނިމުނީ. ރަގަނޅު ޓްރޭނިން ދިނީމަ އެކުދިންވެސް މެޑަލް ގެންނާނެ.

  3. އަޙްމަދު

    އެކުދިން ދަނީ ހަމައަސްލުވެސް ޝޮޕިންގ ކޮށްކަންތަ؟