ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ.

އަސްޢަދު އެ މަގާމަށް ހަމަޖައްސާ އެކަމުގެ ލިއުން މިހާރު ވަނީ ހަވާލުކޮށްފައެވެ. އޭނާއާ އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްެއެންޑީއެފް އިން ވިދާޅުވީ، އޭނާ އެ މަގާމަށް ހަމަޖެއްސުމުން، އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެންޑީއެފް ކިޅިވަރު އެމްބެސެޑަރެއްގެ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު އޭނާ މަސައްކަތް ކުރާނެ އެވއެ،

އަސްޢަދު ޢަބްދުލްޣަނީ އަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކޮށްފައިވާ ދިވެހި ކުޅިވަރުގައި ކާމިޔާބު ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައްލަހެ

    ކަލޯ ސިފައިންގޭގަ ނެތީތޯ އެމްބެސެޑަރުކަން ކުރެވޭނެ ވަރުގެ ކުޅިވަރު ޝަހުސިއްޔަތު ހުރި މީހެއް. ޝިފާޒު ސާއިދު އައްމަޑޭ ލޯންގޭ އެޑަމް އަނިލް މަންކޭ މީ ކީއްކުރާ ބަޔެއް

    11
    2
    • ޓިނު

      ތިޔަބުނާ ބައަކު ހޯދަދިން ރީތިނަމެއް ބުނެބަލަ ދިވެހިންނަށް

      4
      6
  2. ޢާސިފު

    ޢެބުނާހެން ކަޓިލަ ވެސް އެއީ މޮޅު ވޮލީ ކުޅުން ތެރިއެއް. ޢޭނަ އެމްބަސެޑަރުކަން ދޭން ފެނޭ.......

    1
    1
  3. Anonymous

    ނެތީތޯ އެމްބެސެޑަރުކަން ކުރެވޭނެ ވަރުގެ ކުޅިވަރު ޝަހުސިއްޔަތު ހުރި މީހެއް. ލޯންގޭ ކީއްކުރާ މީހެއް

    1
    1